ނ. ވެލިދޫ ސިއްހީ މަރުކަޒުން ލޭ ލިބުން ދަތިވެެ އާންމުންގެ އެހީީއަށް އެދިއްޖެ އެވެ.
ހެލްތު ސެެންޓަރުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ސެެންޓަރުގައި ލޭ އަޅަމުން އަންނަ ނުވަ ކުއްޖަކަށް ލޭ ލިބުމުގައި ދަތިތަކެެއް ކުރިމަތިވާތީ ކުރިއަށް އޮތް މަސް ދުވަހަށް ލޭ ބޭނުންވާ ކަމަށެވެެ. އެެގޮތުން 17 ޑޯނަރުން ބޭޭނުންވާ ކަމަށް ސިއްހީމަރުކަޒުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
ބޭޭނުންވާ އަދަދާއި ލޭޭ ބޭނުން ގްރޫޕުތައް:
- 5 ޑޯނަރުން (ބީ ޕޮޒިޓިވް)
- 10 ޑޯނަރުން (އޯ ޕޮޒިޓިވް)
- 2 ޑޯނަރުން (އޭޭބީ ޕޮޒިޓިވް)
ވެެލިދޫ ހެލްތު ސެެންޓަރުގެެ ފަރާތުން މައުލޫމާތު ދެއްވަމުން އެެ ސެެންޓަރުގެ އެޑްމިނިސްޓްރޭޓިވް އޮފިސާ އަކުރަމް އަލީ ވިދާޅުވީ، އަތޮޅުގެެ ނިސްބަތުން އެެވްރެެޖްކޮށް އެެންމެެ ގިނަ ކުދިިން ލޭ އަޅަމުން އަންނަނީ ވެލިދޫގައި ކަމަށާއި، ވެލިދޫ ސިއްހީ މަރުކަޒުގައި ނުވަ ކުއްޖަކު ލޭ އަޅަމުން އަންނަ ކަމަށެެވެ.
ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުކޮށްފައި އޮތް ހާލަތުގައި ވަރަށް ރަނގަޅަށް އެެރަށު ސިއްހީ މަރުކަޒަށް ބޭނުންވާ ލޭ ލިބެެމުން ދިޔަކަން ފާހަގަކުރައްވާ އަކުރަމް ވިދާޅުވީ ލޭ ހޯދުމަށް އެހާ ދަތިކަން ކުރިމަތިވެފައި ވަނީ އެެރަށުގައި ތިބިި ރިސޯޓު މުވައްޒަފުންތައް ރިސޯޓުތަކަށް ގެެންދިއުމުން ކަމަށެެވެެ.
މީގެ އިތުރުން ލޭ ހަދިިޔާކުރަމުން ދިޔަ ފަރާތްތަކުން ބައެއް ސަބަބާއި ހުރެ އެކަން ކުރުން ހުއްޓާލާފައިވާކަމަށާއި، އޭގެ ތެރޭގައި ބޭސްކާން ޖެހުމާއި، ޕްރެެޝަރަށް މައްސަލަ ދިމާވުން ފަދަ ކަންކަން ފާހަގަކުރެެވޭ ކަމަށެވެެ.
އެކަމާއި ގުޅިގެން ކުރިމަތިވި ތަދިިތައް ލޭޭ އަޅާ ކުދިންގެ ބެލެެނިވެރިން ބައްދަލުކޮށް ހިއްސާކުރުމަށް ފަހު ކިޔައިދިން ކަމަށާއި، އެެފަރާތްތަކުން އެދުނީ ސިއްހީ މަރުކަޒުން އިއުލާންކޮށްދިނުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެެ.
"ފަހަކަށް އައިސް މި ދެތިން ހަތަރުމަހު ލޭ ލިބުން ވަރަށް ދަތިކޮށް މިދަނީ. މައިންބަފއިން އައީ އަޅުގަނޑުމެެންނާ މަޝްވަރާ ކުރަމުން އެެ މައްސަލަ އާއި ގުޅިގެން" އަކްރަމް ވިިދާޅުވިއެވެެ.
އަކްރަމް ވިދާޅުވީ، ރަށުން ބޭރުން އައިސް ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށްވެެސް އެެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މަނަދު އަށް އަހަރުމެން ދަނީ. ވެލިދޫ ކަމަކުނުދެ