ބައިނަލް އަގްވާމީ މަސްރަހުގައި އެންމެ ނުފޫޒު ގަދަ ގައުމުތައް އިސްވެގެން ދުނިޔެއިން ޓެކްނޮލޮޖީގެ އާ އުސްމިންތަކަށް ވާސިލްވަމުންދާ އިރު ރާއްޖޭގެ ސަރުކާރު އޮތީ ކޭބަލް ކާރު އެޅިދާނެ ކަމަށް ގަބޫލު ކުރަން ވެސް "ނުކުޅެދޭ" ހާލަތުގައި ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިއަދު އެގޮތަށް ވިދާޅުވީ، އެމެރިކާގެ އުޅަނދު މާސް ޕްލޭނެޓްގެ ބިމަށް ޖައްސާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކާ ހަވާލާދީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ. އެއީ ނާސާއިން 2.7 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫއެއްގައި ޕާސިވިއަރެންސްއިން ނަގާ ސާމްޕަލްތައް ކުދިކުދި ޓިއުބްތަކެއްގައި މާސްއަށް ޖައްސާ ގޮތަށް ގެންދާ ކަމެކެވެ.
"ދުނިޔެއިން ޖައްވު ފަތަހަ ކުރަން އަމާޒު ހިފިއިރު އަޅުގަނޑުމެން މި ތިބީ ކޭބަލް ކާރު އެޅިދާނެ ކަމަށް ގަބޫލު ކުރަން ނުކުޅެދިފައި،" ދިޔާނާ ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
ކޭބަލް ކާރު އެޅިދާނެ ކަމަށް ދިޔާނާ ވިދާޅުވިއިރު، ކ. ކާށިދޫއާއި އެ އަތޮޅު ގާފަރާއި ވެރިރަށް މާލެ ސިޓީއާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރުގެ ނިޒާމު ގާއިމް ކުރުމަކީ ދިޔާނާގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ތަސައްވުރެކެވެ.
Dhuniyen javvu fathahakuran amaazu hifi iru alhugandumen mithibee cable car eh elhidhaanekamahves qaboolukuran nukulhedhifa. pic.twitter.com/3iA7BYg3yr
— Dhiyana ?🌹 (@dhiyanasaid) February 20, 2021
ޑީއާރުޕީގެ ލީޑަރު ކަމުގައި ވެސް ހުންނެވި ޖާބިރު ވަނީ މަޖިލީހުގެ އިންތިޚާބުގައި އެ ކަމުގެ ޕްލޭން އެކުލަވާލައި ނިންމަވާފައިވާ ކަން ހާމަކުރައްވައި ވައުދެއްގެ ގޮތުގައި ކާށިދޫއާއި ގާފަރު ރައްޔިތުންނަށް ހުށަހަޅުއްވައިފައެވެ. އަދި މެންބަރު ކަމަށް އިންތިޚާބުވި ފަހުން އޭގެ ލިޔުންތައް ސަރުކާރަށް ހުށަހަޅުއްވާފައިވެއެވެ. އެކަމަކު އެ މަސައްކަތް ކުރިއަށް ނުގެންދާން ސަރުކާރުން ނިންމިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެފަދަ މަޝްރޫއެއް ނުގެންދަން ސަރުކާރުން ނިންމި ސަބަބަކާ ގުޅޭ ގޮތުން ޖާބިރު ސުވާލު ކުރެއްވުމުން އޭގެ ޖަވާބުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ކާށިދޫއިން އެއްވެސް ރަށަކާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރު އެޅުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ހަމަ ބުއްދި ހުރި މީހަކު ނުދެކޭނެ ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.
ތިހެންބުނި ނަޝީދުވެސް ކިހިނެއްހޭ ހުޅުލެޔާމާލެޔާ ދޭތެރޭ ބުރިޖެއް އަޅާނީ އެކަންކުރެވޭ ވަރުމީހުން އެއޮތީ އެކަންވެސް ކޮއްފަ މިހާރު އެސޮރު ބްރިޖް ރަގަޅައް ނުފެންނާތީ އައިނުގެ ބިއްލޫރި ދެއިންޗައް ބޯކޮއްފިކަމައްވަނީ މިގައުމުގަ ވާނެކަމެއް މިސަރުކާރުން ބުނާނީ ނުވާނެޔޭ އަބަދުވެސް އަދިވެސްހޮވާ މިކަހަލަ ބޯބުރާން ތިން ........
އެޅޭނެ! ފޮނިނުކަނޑާ ތިޔެއް އަޅެ އަޅާދީބަލަ!
ކަޑުކޮހަކާއި ޖެހި ވިސްނުންތެރިޔާވެސް ހަލާކުވެދާނެ.
ތީ ވަރަށް ގޮތެއްނެތް ބައެއް، މިރަށުން (ކާށިދޫން) ގޯތިތައް ގަނެއްފަ އެއްބައި ފައިސާ ދީފަ ބާކީ ލާރި ނުދީ އެހެން އުޅޭތާ 2 އަހަރު ވީ. ގޯތި ވިއްކި މީހުން މި ދެމަފިރިންނަށް ބާކީ ފައިސާ ހޯދަން ގުޅަން ހެދީމަ މިހާރު އެ ގުޅާމީހުންގެ ނަންބަރުތައް ބްލޮކް ވެސް ކޮށްގެން އުޅެނީ. އަހަރެމެނަށްވެސް ދުވަހެއް އަންނާނެ އިންޝާﷲ. ވިސްނާތި.
ލޮލީ އަގައިން ބުނި އެއްކަމެއް ވެސް ވުޖޫ ދަކަށް އަ ދި ނާ ދޭ@ ކަމަނާ އުޅެނީ އޭނާ އަށްވުރެ ފަހަތުގައި
ކޭބަލަކީ ސަރުކާރާބެހޭކަމެއްނޫން. އެއީ ސަރުކާރީވައުދެއްނޫން. އެއީ ޖާބެ މަތިންބަންޖެހިގެން ބޮލުގާއެޅިކަމެއް.
ދިޔާނާ ބުނަންވާހަކައެއް ރާއްޖެފަގީރީ ފައިސާނެތީ ކޭބަލްކާރުކީއްކުރަން މައަލާނީކޭބަލްކާރެއްނޫން އެވަރަށް ފައިސާ ހުރިއްޔާ ރާއްޖޭގެ ހުރިހާރައްތަކެއް ކަންޑުގެއަޑިން ކޮނެގެން މަގުހަދާފަ ހައިސްޕީޑް ރެއިލްވޭ އަޅާނީ އިންޓަރ އެޓޯލް ހައިޕަރލޫފް ލިންކް ދެން އެޓޯލް ހައިޕަރލޫޕް ލިންކް އޭރުން ރާއްޖޭގެ ހުރިހާރަށްތަކަކަށް އެއްގަމުމަގުން މަތިންދާބޯޓް ސްޕީޑްގަ ދަތުރުކުރެވޭނެ ދިޔާނާޖާ ތިއުޅެނީ އަދި މާފަހަތުގަ
ޑިޔާނާ ހީކުރަނީ ދިވެހިރާއްޖެއްކީ އެމެރިކާކަމަށްތަ؟؟ މިމަންޖެވެސް ޖާބިރުމިހިރީ ސިކުނޑި ދޮވެލާފަ! އަނގަގަ ދަނުކޮށް ތި ކޭބަލްކާރެއް އަޅާބަލަ!!