އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމޭގައި ދެއަހަރު ވަންދެން އޮތް ޕިނެއް އައިޖީއެމްއެޗްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ނަގައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ނޭވާލާނިޒާމްގެ ބަލިތަކަށް ހާއްސަ އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އިސްމާއީލް އެވެ. ޕިން ނެގުމުގެ ޕްރޮސީޖާގައި އެތެރެހަށީގެ ޑޮކްޓަރ މުހައްމަދު އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑރ.މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ޕިން ނެގުމުގެ ޕްރޮސީޖާ ކުރިއަށް ގެންދިޔައީ އިއްޔެއެވެ. ކުއްޖާގެ ފުއްޕާމެއިން ޕިން ނެގިއިރު ޕިނުގައި އޮތީ ދަބަރު ވެސް ޖަހާފައެވެ.
ޕިން ނެގި ފަހުން ކުއްޖާގެ ހާލު ރަނގަޅެވެ.
A 12 year old girl survived with a pin in the lung for ~2 years and see the the horrifying moment of its removal today!!! Great positioning by Dr Moosa and a firm grip by @Moxamedalu, pin was out in one go. Thank you anesthesia and pulmo teams of @igmhmv pic.twitter.com/y5bZvrQOgU
— M. Ismail (@drmodismail) March 1, 2021
ޕިން ނަގަނީ މީހާ ހޭނައްތާލައިގެންނެވެ. އެހެންކަމުން މިއީ އުނދަގޫ އަދި ނުރައްކާ ވެދާނެ ފަދަ ޕްރޮސީޖާއެކެވެ.
ޕިނެއް ދިރުވާލައިގެން ހޮސްޕިޓަލަށް ގެންގޮސްފި ނަމަ އެކްސްރޭ ނަގައި، އެ ޕިން އޮތް ތަން އެންމެ ފުރަތަމަ ދެނެގަންނަނީ އެވެ. ނޭވާލާ ހޮޅި ނުވަތަ ފުއްޕާމޭގެ ތެރޭގައި ޕިން އޮންނަ ތަނުގެ ސަބަބުން އެކްސްރޭ އިން ނުފެނިއްޖެ ނަމަ ޖެހެނީ ސީޓީ ސްކޭން ހައްދާށެވެ. ޕިން އޮތް ތަނާއި ނޭވާލާ ހޮޅިއަށް ޕިން ހެރިފައި ހުރިތޯ އާއި ހޮޅިތަކުގެ ފަލަމިން ވެސް އެ އެކްސްރޭއިން އެނގޭނެ އެވެ.
ޕިން ދިރިގެން ވަރަށް ގިނައިން ރާއްޖޭގައި މިފަދަ ޕްރޮސީޖާތައް ކުރިއަށް ގެންގޮސް ޕިން ނަގަން ޖެހެއެވެ. ޕިން ފަދަ އެއްޗެހި އަނގައަށް ނުލުމަށް ޑޮކްޓަރުން ތަކުރާރުކޮށް ނަސޭހަތްތެރިވެއެވެ. ޕިން ފަދަ އެއްޗެއް ދިރިއްޖެނަމަ ބައެއް ފަހަރު ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ވެސް އޮވެއެވެ.
ކީއްވެބާ ތިކަމަށް 2 އަހަރު ނެގީ؟
ކުއްޖާގެ ހަށިގަނޑު ގެ ތެރެޔަށް ޕިން ދިޔަކަން ނޭނގުނީ. 2 އަހަރު ވީ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އިރުވެސް އެެއްވެސް އުނދިގުލެއްނުވެ. ދެއަހަރު ފަހުން ކަރުން ލޭ އަންނާތީ ޑޮކްޓަރަށް ދެއްކުމުން އެނގުނީ ޕިން އޮތްކަން
އިންޝާ ﷲ