ހިޔާ ފްލެޓާއި ބެހޭ ގޮތުން ސުވާލު ކުރަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމެޓީގެ ރައީސް ތޯހާ މުހައްމަދު މާދަމާ މަޖިލީހަށް ހާޒިރުކުރާ ވަގުތު މަޖިލީހަށް ފްލެޓް ނުލިބުނު މީހުންގެ ދިފާއުގައި މަސައްކަތް ކުރާ އާއްމުންގެ އެކުވެރި ގުޅުމުގެ މެންބަރުން ދާނެ ކަމަށް އެޖަމިއްޔާ އިން ބުނެފިއެވެ.
އާއްމުންގެ ޖަމިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރ އަސްލަމާއި ތޯހާ އަކީ ހިޔާ ފްލެޓުތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމުގައި މީގެ ކުރިންވެސް އިތުރުފުޅު ހައްދަވާފައިވާ ދެބޭފުޅުން ކަމަށެވެ. "މި ދެބޭފުޅުން މާދަމާ އަނެއްކާވެސް ކޮމެޓީއަށް ހާޒިރު މިކުރެވެނީ ހިޔާ ފްލެޓާއި ބެހޭ ސުވާލުތައް ކުރުމަށެވެ. ކޮމެޓީ ބައްދަލުވުންތަކަށް އާންމުން އަދި މީޑިއާ ތަަކަށް ވަދެވޭނެއެވެ. ވީމާ މާދަމާގެ މި ސުވާލު/ޖަވާބު ސެޝަން އަޑުއެހުމަށް މި ޖަމްއިއްޔާގެ ފަރާތުން ވަނީ ދާން ނިންމާފައިއެވެ. އަޅުގަނޑުމެންގެ މެންބަރުންގެ ތެރެއިން އަސްލަމް އަދި ތޯހާ އާއި ކުރެވޭ ސުވާލާއި އެބޭފުޅުންގެ ޖަވާބު އަޑުއެއްސެވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުންވެސް މާދަމާ ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ދޮށަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ." ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.
ހުމާއި ރޯނގާގެ އެެއްވެސް އަލާމާތެއް ހުރި ފަރާތެއްނަމަ މަޖިލީހަށް ވަޑައިނުގަތުމަށާއި މަޖިލީހަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުން މާސްކް އެޅުއްވުމަށް ޖަމިއްޔާ އިން ވަނީ އެދިފައވެެ. އަދި ރައްޔިތުންގެ މަޖިލިސް ތެރޭގައި ގައިދުރުކަން ދަމަހައްޓައި، ތަނުގެ މުވައްޒަފުން ދޭ އިރުޝާދު ތަކާއި އެއްގޮތަށް ބަހާއި އަމަލު ބެހެއްޓުމަށް ވެސް ޖަމިއްޔާ އިން ނަސޭހަތްތެރިވިއެވެ.
ޖަމިއްޔާގެ މެންބަރުން މަޖިލިސް ކުރާގެ އަށް ދިއުމަށް އެޖަމިއްޔާ އިން ދައުވަތު ދީފައި ވަނީ މާދަމާ 12:00 އަށެވެ.
ހިޔާ ފްލެޓްތައް މިސަރުކާރުން އަލުން ބަހާލި ގޮތުން ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެއްކޮޓަރީގެ އެޕާޓްމަންޓްތައް ސަރުކާރަށް ނުގަނެ ވިއްކާލުމުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ރަނގަޅު އެކަނިވެރިމައިން ދެކަނިވެފައިތިއްބައި އިންޓަވިޔުކޮށްފަވެސް ފުލެޓުދިނީ މިސަރުކާރުން އައްޗި ސަރުކާރެއްމީ
ކަލޭމެން މީހުންނަށް ވަގުތުން ފުލެޓު ދެވޭނެ އިންތިޒާމު ހަމަޖެހޭތޯ އެބަ ބަލަން
މާޅޮހެއް ލޮނޑު ނަނެއްގައި ބާނައިގެން އުޅޭ މަންޒަރު ބަލަން ތޯޅުވާ ކުދިން އެއްވަނީތާ!
ބިންވެރިން އުޅެނީ އެމީހުންގެ ބިމުގެ ކުލި ނުލިބިދާނެތީ ގޭސް އަބުރަނީ، ބޯހިޔާ ވަހިކަން ނުދޭން ވަރުދައްކަނީ ބިންވެރިން އެމީހުންގެ ބިމުގެ އަގުވެއްޓިދާނެތީ ! ގޭސް ! ގޭސް ! ގޭސް !