މާލޭގެ މިސްކިތްތަކުގައި މިއަދު މެންދުރު ނަމާދުން ފެށިގެން ގައިދުރުކޮށް ނަމާދުކުރަން ފަށައިފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް ބައްޔަށް ހުށަހެޅެން ފެށުމާއެކު މިސްކިތްތަކުގެ ޖަމާއަތްތައް މެދު ކަނޑާލުމުގެ ބަދަލުގައި ގައިދުރުކޮށް ނަމާދުކުރަން ފެށުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
މިކަން އިއުލާނުކޮށް އިސްލާމިކް މިނިސްޓްރީއިން ނެރިފައިވާ އިއުލާނެއްގައި ވިދާޅުވީ މިއަދުގެ މެންދުރުގެ ނަމާދުން ފެށިގެން ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުން ލުޔެއް ލިބެންދެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައި ދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރަން ނިންމާފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައި ވަނީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމެއްކަން ފާހަގަކުރައްވަމުން އިސްލާމިކް މިނިސްޓްރީއިން ވަނީ މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތްތައް ބަަންދު ކުރުމުގެ ބަދަލުގައި ގައިދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް ހެދުން ކަމަށް ވިދާޅުވެފައެވެ.
މާލެ މިސްކިތްތަކުގައި ގައިދުރު ކުރުމަށް ފާހަގަ ޖެހުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.
ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 63 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާތަނަށް އައިއިރު، 120،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ވަނީ ދީފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންވެ، ސިއްހީ މާހިރުން ސިފަ ކުރެއްވި ގޮތުގައި ރާއްޖެ އަށް މިހާރު ވަނީ ތިން ވަނަ ރާޅެއް އަރައިފައެވެ. ރާއްޖެ އަށް ކުރިން އެރި ރާޅުތަކާ ބަލާފައި ތިން ވަނަ ރާޅުގެ ބާރު ގަދަވެފައި ނުރައްކާތެރިއެވެ.
ހުކުރު ކުރެވޭނެބާ
އައްދެ، ތީ ރަސޫލު ޒަމާނުގަ ކޮއް އުޅުނުކަމެއްތަ؟ ކޮބާ ސޭކުންގެ ރައުޔަކީ؟؟!
ޖަހާހާ ބެރަކަށް ޙަޤީޤީ މުސްލިމުންނެއް ނުނަށާނެ.! މީ ވަރަށް މާނަ ފުން ބަސްކޮޅެއް.
މިނޫނީ މިސްކިތާ އަޅައިގަނެގެން އުޅޭބައެއް ނޭގެ ދުނިޔޭގަވެސް އުޅޭކަމެއް... އެކަމަކު ނަމުން މުސްލިމު...
ބޮޑު ވެގެންވާ ބިދުއައެއް.
މަގޭ ގާތަށް ހަމަ ހިނި އަންނަނީ. ރެސްޓޯރަންޓް ތަންތަން ފުރިފައި މީހުންނާއިގެން، އޮފީސްތަށް ތޮއްޖެހިފައި މުވައްޒަފުން ނެރެގެން، ޕާރކްތަށް ފުރިފައި މީހުން ގިނަކަމުން. އެކަމަކު މައިމޫނާއި އަދި ނަޒްލާ އަށް ފެންނަނީ މިސްކިއްތަށް. މުޅި މިޤައުމުގައި ކޮވިޑް ފަތުރާނީ އެޗްޕީއޭ. ޓީވީ އަށް އަރާ މޮޅުވާހަކަ ދައްކަން އިނގެނީ
މީ އަނެއްކާ ބިދުއައެއްނޫންބާ.
އެހެންވެއްޖިއްޔާ ހޮޓާ ތަކާއި، މާރުކޭޓް ތަކާއި، ސްވިމިންސޕޫލް ތަކާއި. ކުޅިވަރުކުޅޭދަނޑުތަކާއި. މަގުމަތީގައި، ހިނގައި ދުވެހަދާ ޓްރެކްތަކުގައި ނުޖަހާތޯ
ތިޔަބުނާ ވަރުގެ ކޮވިޑްގެ ބިރުވެރިކަން ނުރައްކާ އޮންނަމަ ތިޔަ ފުރައުންޓް ލައިންގައި މަސައްކަތް ކުރާ މީހުނަށް ތިޔަ ބަލި ޖެހުނީސްތާ މިހާތަނަކަށް ﷲ ގެ ހެޔުރަހުތުން އެއިން މީހަކަށް ބަލިޖެހިގެން ބަލިވެޔަކު ނޫޅޭ ! ދެން ކީއްވެތޯ މިސްކިތުގައި ތިޔަބަލީގެ ތިހާ ވަރުގެ ބިރުވެރިކަން އޮންނަންވީ !
ޝޭޚުން ވިޔަސް ސޭކުން ވިޔަސް ދީނީ ކަންކަން ނިންމަން ޖެހޭނީ ސުންނަތުން ނުވަތަ ޞަޙާބީންގެ ޢަމަލުފުޅުން ނުވަތަ ސަލަފުން ގެ ޢަމަލު ފުޅުން ދަލީލް ދައްކާފަ، އެނޫން ގޮތަކަށް ނިންމާނިންމުމަކީ ބާތިލް ނިންމުމެއް.
ފުރަތަމަ ކެފޭ ބަންދުކުރޭ! ޢެޗްޕީ ބުނިގޮތުގައި މިސްކިތުން ކޭސަސް އެންމެ މަދީ! އަހަރުމެން ފުރިހަމައައް އަޅުކަން ކުރިއަދީ! ކަލޭމެން ބިރުގަންނަންޔާ ގޭގަ ތިބޭ!
ދީނީ ޝިޢާރު ފާޅުކުރުން އެއީ އިސްލާމިކް މިނިސްޓަރގެ ޒިއްމާގެ ދަށުން ކުރެވޭކަމެއް !
ކަލޯ ރީނދޫގުރޫޕު މިސްކިތް ދެކެމިގަންނަނީ އަމަށަކު ބިރެއްނޫންދޯ ރައީސްއޮފީސް ތެރޭ ނަސީދުގެ އުނގުގައި އިބޫ ބޯއަޅައިގެން އޮތަސްއޯކޭދޯ ހަމަ ސާބަސް...