މާލޭގެ ދަފްތަރަކީ މާ ކުރިއްސުރެން ވެސް އުވާލަން ވެފައިވާ އެއްޗެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ ދަފްތަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލިހުގައި އެއްސެވި ޖަވާބުގައި އަސްލަމް ވިދާޅުވީ މާލޭ ދަފްތަރަކީ މާ ބޮޑު ފައިދާއެއް ކުރާ ދަފްތަރެއް ނޫން ކަމަށާއި އޭގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އަދި މާލޭގެ ދަފްތަރަކީ އޮންނަން ޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
"އުމުރުން ފަސް އަހަރުން ފެށިގެން މާލޭގައި އުޅުމަކީ މާލޭގެ ރަޖިސްޓްރީގައި ޖައްސަން ޖެހޭ ސަބަބެއް ކަަމަކަށެއް ގަބޫލެއް ނުކުރަން، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީ،" އަސްލަމް ވިދާޅުވިއެވެ.
ރަށްރަށުން ފަހި ނުވާކަންކަން ހާސިލް ކުރުމަށް އަތޮޅު ތެރެއިން މާލެއަށް އަންނަ މީހުން މާލޭ ދަފްތަރުގައި ޖެހޭއިރު، ރަށްރަށުގައި އުޅޭނެ ގެދޮރު ހުރެ ތަނަވަސްކަމާއެކު އުޅެވެން އޮތް ނަމަވެސް ބައެއް މީހުން މާލެއަށް އައިސް މާލޭގެ ދަފްތަރުގައި ޖެހެންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު އެންމެ ގިނަ ބަޔަކު މާލޭގެ ދަފްތަރުގައި ޖައްސާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރު އެކަނި ވެސް 2000 ވުރެ ގިނަ މީހުން ދަފްތަރުގައި ރަޖިސްޓްރީކުރިއިރު އޭގެ ތެރޭގައި މާލޭގައި ނުޅޭ މީހުންވެސް ހިމެނެއެވެ.
ހިޔާ މަޝްރޫއަށް ހުޅުވާލިއިރު އެންމެ މައްސަލަ ބޮޑުވި އެއް ކެޓަގަރީއަކީ ދަފްތަރެވެ. މާލޭގެ ދަފްތަރު މީހުންނަށް 1044 ފްލެޓް ދޫކުރަން ނިންމުމުން 3،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހެޅިއެވެ.
ދުވަހަކު ނުދެކެން އިންތިހާބެއް ކާމިޔާބު ނުވެދާނެތީ މިހާ ބިރުން އުޅޭ ބައެއް.
ރަނގަޅު. ދަފްތަރު އުވާލާ...އަދި ފަހުން ޖެހުނު މީހުންގެ ނަން ބާތިލް ކުރޭ!!!
ޢަސްލަމްވިދާޅުވިފަދައިންދަފްތަރުއެއީއޮންނަންވާނެއެއްޗެއްނޫން. ހަމައުވާލަންވީ. އަދިކުރީގައިރަށްރަށު ގެރަޖިސްޓްރީ ގައޮންނަ މީހުން ކޮންމެފަހަރަކުގޯތިދިނުމަށް އިޢްލާންކޮށްލާއިރަށްމާލޭގެ ރަށްޓެހިންގެ ގޭގެނުވަތަ ބޮޑެތިގޯތިއޮންނަ އަބިމީހާ/ފިރިމީހާގެ ތިމާގެމީހުންގެގޭގަ ރަޖިސްޓްރީ ގައިޖެހިިކުރިމަތި ލުމުން އެމީހުންނަށްމަތިން މާރކްސްލިބިފްލެޓްތައްލިބުމުން ބިކަވެގެން ދަނީ މާލެއަށް އުފަން މާލޭގެ ރައްޔިތުންކަ ންއެންމެން ނަށްވެސް އެގޭނެ.
އަސްލަމުމެން އަބަދު އަމާޒު ދިރާސާ ވިސްނުން ޚިޔާލު ދެން ގޮންޖެހުން ދުވަހަކު ކަމެއް ނުކުރެވޭ ތަނަކު ގާބުރިއެއްވެސް ބާއްވާލެވިފައެއް ނެތް ލަދުގަންނަން ވެސް ނޭތްގެނީބާ ބައްލަވާ ދެއިރުދެދަޅަޔައް ތިދައްކާ ވާހަކަތައް ދިވެހިންނައް އިވެޔޭ
މާލޭ މެދުން ތަންކޮޅެއް ހާވާލާފަ އިންތިހާބީ ދާއިރާއެއް ހަދާފަ ތިޔަ ބުނާ ދަފުތަރުން ޕާޓީ މީހުން އެދާއޮރާއަށް އަޅައިގެން 100 ވޯޓުގެ ތަފާތަކުން ގޮންޑި ކާމިޔާބުކުރެއްވެވި މަޖުލީސް ރައީސްއަށް އެނގޭނެ ދަފުތަރުގެ މުހިންމުކަން! ބޭފުޅިޒަމްއާއި ނަސްލީ ތަފާތުކުރުމާއި އިންސާނީ ހައްްގު މީ ކޮންތާކު؟! ބޮޑު އުނދަގުލަކަށް ވަންޏާ އިސްތިއުފާދޭން ވީނު؟!