ހއ.ހޯރަފުށީގެ މަައިމަގުތަކުގަައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދު ހަބީބެވެ. އެމްޓީސީސީގެ ފަރާތުން އެ ޢެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ޝާހިދު ހުސެން މޫސާ އެވެ.
މިއީ 71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
470 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން އެރަށުގެ 5.3 ކިލޯ މީޓަރު މަގުގައި ތާރު އަޅާނެ އެވެ.
އަދި މަގުތަކުގައި ބައްތި ޖަހައި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމް ކުރާނެ އެވެ.
ތަރިބާލާދިނަސް މިފަހަރު ތިލަފަތައް ވޯޓު ނުލާތި!!! ޤައުމު ހަލާކުކޮށްލަން ވޯޓުނުދޭތީ!! ހަނދާންކުރާތި!!!
ސާބަހޭ ކައުންސިލްވޯޓައް ހާދަ ހިންގާލާފަޔޭދޯ މިތިބީ ކިހާވަރަކުންދާނެބާ