ހުޅުމާލެއާއި، ގުޅީފަޅު ވެސް މާލެ ސިޓީގެ އިހްތިސޯސްއަށް ގެންނާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް" އިން މިއަދު މެންދުރުފަހު ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޑރ. މުއިއްޒު ވިދާޅުވީ ގުޅީފަޅުގެ ބޮޑު ބަޔެެއް މާލޭގެ އިހްތިސޯސްގެ ތެރެއަށް ވަންނާނެ ކަމަށެވެ.

ގުޅީފަޅަކީ ވިލިމާލެ ސަރަހައްދުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ވިލިމާލެ ދެވަނަ ފިޔަވަހީގެ ނަމުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ވެސް އޭރު އިއުލާން ކޮށްފައިވެއެވެ.

އެހެން ނަމަވެސް ގުޅީފަޅާއި ތިލަފުށީގެ މަޝްރޫއަށް މި ސަރުކާރުން ބަދަލު ގެނެސް، ގުޅިފަޅުގައި މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ބަދަލު ކުރަން ނިންމާފައިވެއެވެ. މި ކަން ބަދަލުކޮށް ގުޅިފަޅަކީ މާލޭގެ ރަށްވެހިންނަށް ބޯހިޔަވަހިކަން ދެވޭ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަކީ މުއިއްޒުގެ އިންތިޚާބީ ވައުދެކެވެ.

މުއިއްޒު މިއަދު ވިދާޅުވީ ގުޅީފަޅަކީ ވިލިމާލޭގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ވެއްދުމަށްޓަކައި ވަކާލާތު ކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ތަންފީޒުކުރާނަމަ ސަރުކާރަށް ވެސް އެރަށް ތަރައްގީ ކުރެވޭނީ އެ ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅީފަޅުގެ ކަންކަމާ މެދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ހުޅުމާލޭގެ ކަންކަން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ބާއްވާ ސިޔާސަތާ މެދު ވެސް މުއިއްޒު ނުރުހުން ފާޅުކުރެއްވިއެވެެ.

ލާމަޒުކަޒީ ގާނޫނުގައި ހުޅުމާލެއަކީ މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމާއި، ހުޅުމާލެ ދާއިރާ ކައުންސިލަރަކު ވެސް އިންތިޚާބު ކުރާ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އެ އަވަށުގެ ކަންކަން ބަދަލު ކުރެވެން ޖެހޭ ކަމަށެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެޗްޑީސީ އުފައްދާފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަގައި ހުޅުމާލެ ހިއްކިއިރުއެވެ. އެ ކުންފުނި އުފެއްދުމަށްފަހު އެރަށުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރިއެވެ.

އޭގެ ފަހުން ކޮންމެ ސަރުކާރެއްގައި ވެސް މި ސިޔާސަތު ތަންފީޒުކުރިއެވެ. މިހާރު އެކަމަކު ޕީޕީއެމްއާއި އެމްޑީޕީގެ ވެސް ބައެއް އިސް ބޭފުޅުން ވަނީ އެ ސިޔާސަތު ބަދަލުކޮށް މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސަށް ގެންނަން ވަކާލާތު ކުރައްވައިފައެވެ.

އެޗްޑީސީއަށް މިލްކުކޮށްދީފައިވާ ހުޅުމާލެ ބިމުގައި އެއްވެސް ކަމެެއް ކުރާ ނަމަ އެ ކުންފުންޏާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހައިޖަންޕު

    ލާމަރުކަޒީ ގާނޫނަށް ވަރަށް އަވަ ހައް އިސްލާ ހު ހުށަ ހަޅާފާސްކުރާނެ.

    17
    3
  2. އިބްރާ

    ލާމަރުކަޒުކުރަން ނޭނގޭ އެމްޑީޕީ ސަރުކާރު

    24
    9
  3. ސައީދު

    މި އިނީ ކުޑަވަރެއްގެ ރައީސެއްތަ. ނުވަތަ ޤަމާރެއްތަ؟ ބުނެވޭ ނުނުނެވޭ އެއްޗެހވެސް ނޭގޭ ވަރަށް މީހާ އޮޅުނީތަ ސަރުކާރަށް ގޮވާލަން ތިމީސްމީހުން ޤައުމުން ކޮށްފައިވާ ވައްކަމުގެ މަސްއަލަ އަވަހަށް ތަހުޤީޤުޔ ކޮށް މީހާ ޒައިޒުކޮށްފަ ބަހައްޓަން

    10
    24
  4. ސައީދު

    ލާމަރުކަޒީ ޤާނޫނަށް އަވަހަށް ބަދަލް ގެނެސް ކުރީގައޮތް ގޮތަށް ބަދަލަ ކުރުމަށް ގޮވާލަން ފެންވަރު އޮޅިއްޖެ ތިޔަ އިނދިކޮޅުމީހުންނާށް

    10
    14
  5. ބޮކި

    ހުޅުމާލެ 2 މިލްކުކޮށްދިނީ ކާކުގެ ސަރުކާރަކުން ތޯ.................

    9
    2
  6. ރާގޮޑިރާޖަ

    ތިތަންތަން ގެންނަންވީ ދިމްޔަތުގެ އިހ ހްތިސޯސުގެ ތެރެއަށް. 10 ކުޅަނދު މަދުވީތޯ.

    7
    12
  7. ހައްވަ

    މިމީހުންނައްހީވާކަހަލަ ހުލހުމާލެހިއްކަނީމާލޭމީހިންދޢފައިސާއިންކަމައް ގަދަބަސްބުނަނީ

    5
    5
  8. ހައްވަ

    މިމީހުންނައްހީވާކަހަލަ ހުލުމާލެހިއްކަނީ މާލޭމީހުންގެ ލާރިންހެން ބަލަޓެކުސްނަގަނީހަމައެކަނިމާލޭމީހުންއަތުންހެން ބަލައެންމެންއަތުންނަގާއެއްޗެކޭ ވޯޓުވެސްލައޭރާއްޖެތެރެނިކަމެތިންވެސް

    8
    2
  9. މާނިއުމާނި

    ހުޅުމާލެއަކީ މިހާރުވެސް ސިޓީކައުންސިލުގެ އިހުތިސާސްދޯ އެހެހެންވެދޯ އެތަނުން ކައުންސިލަށް މެމްބަރެއްވެސް ހޮވައިފަ އެހެރީ، ދެން މުއިއްޒު ބޭނުންހާކަމެއްވެސް ނުކުރެވޭނެކަންވެސް ދަންނާތި

    14
    3
    • ކުރެވޭނެ

      ގާނޫނުގައި އޮންނަ ބާރާ އެއްގޮތަށް ކުރެވޭނެ. ރައީސަށްވެސް ބޭނުންހާ ކަމެއް ނުކުރެވޭ. އެކަމަކު އެއީ މުޅި ގައުމުގެ ރައީސް.

      8
      2
  10. Happy

    👍👌

    2
    2
  11. ގުދުގުދާބެއްޔާ

    ގުޅީފަޅުވެސް، ހުޅުމާލެވެސް އޮންނަންޖެހޭނީ ސިޓީކައުންސިލްގެ ދަށުގައި. އެމްޑީޕީ އިން އަޑަށް ބާރުލާފައި ލާމަރުކަޒީގާނޫނޭ ކިޔަން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް! ބަލަ ރަށްރަށުގައި އެރަށްރަށުގެ ބިމުގެ ބާރު އަތޮޅުކައުންސިލްއަށް އޮންނައިރު މާލޭ ސަރަހައްދުގެ ބިމުގެ ހުރިހާބާރެއްވެސް އޮންނަންޖެހޭނީ މާލޭ ސިޓީކައުންސިލްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި. އެތަންތަނުން ގޯތި ދިނުމާއި ފުލެޓް އަޅުމުގެ ހުރިހާކަމެއް ސަރުކާރުގެ މިނިސްޓްރީއާއި ގުޅިގެން ކުރަންޖެގޭނީ ސިޓީކައުންސިލުން! އެޗްޑީސީ ކިޔާ ކުންފުންޏަކުން ނޫން! މިގޮތައް ނޫންގޮތަކަށް އޮވެއްޖެނަމަ މިސަރުކާރަށް މާލޭސިޓީގެ ރައްޔިތުން މިތިބީ ވޯޓްދޭގޮތަކަށް ނޫން!

    15
    5
  12. މަމޮޅު

    މުއިއްޒު ސައިޒު އޮޅިވަޑައިނުގަނޭ! ކުޑަކުޑަ ބާރެއް ލިބޭއިރަށް ހިތް މި އޮންނަނީ ސިދުރަތުލްމުއްތަހާއަށް އަރާ.

    4
    1
  13. ޤާނޫނު

    މޭޔަރުކަން ލިބުމަކީ ކޮށްފަހުރިވައްކަންތައް އަފޫ ވާ ވަރުގެ ކަމެއްނޫން!

    2
    1
  14. ގލ

    ހުޅުމާލެ އާއި ގުޅިފަޅުވެސް އޮންނަންވާނީ ސިޓީކައުންސިލްގެ
    ކޮންޓްރޯލްގައެވެ އެޗްޑީސީ އަކު ނޫނެވެ އެހެން ނަމަވެސް
    މިސަރުކާރުން ލާމަރުކަޒީ ގާނޫން ތަންފީޒް ކުރާނެކަމަށް
    ނުބެލެވެއެވެ އަ ދި ގުޅިފަޅުން މާލެ ރައްޔިތުންނަށް
    ގޯތި ދޭން މިސަރުކާރުން ބޭނުމެއްވެސް ނުވާނެއެވެ.

  15. ގާދިރު

    ބޯގޯސް ވާހަކަ ނުދައްކާ ތި ގޮނޑީގަ އިނދެވޭތޯ ބަލާބަލަ

  16. ޔާމިން

    ސާބަހޭ މޭޔަރު

  17. ޅ.ނޫރާނީއާގޭ

    ވަރައްރަގަޅުވާހަކައެއް

  18. ލައިލާ

    ބަރާބަރުވާހަކައެއް މުއީޒް

  19. ވިލޭ

    ސަޅި ވަރައް ރަގަޅުވާހަކައެއް

  20. މާރިޔާ

    ފެލާފަވެސްގެންނާތި

  21. ނަޝީދު

    އޯކޭ ވިލްހެލްޕްޔޫ