މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ ހަވާލު ކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަން "ވަގުތަށް" އެނގިއްޖެއެވެ.

އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ އިންޑިއާ އާއި އެހެން ބައެއް ސަރަހައްދުތަކުގެ ބްރިޖުތައް ވެސް ހަދާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. ބްރިޖުތަކުގެ އިތުރުން ޒަމާނީ ފެންވަރަށް މަގުތައް ހެދުމަކީ ވެސް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީ ކޮލިފައި ކުރިއެވެ. އަދި އޭގެ ތެރޭގައި އެފްކޮން ވެސް ހިމެނެއެވެ. އިންޑިއާ ހައި ކޮމިޝަނުން ކުރިން ބުނި ގޮތުގައި މި ހަތަރު ކުންފުންޏަކީ ވެސް މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް އަދި ގާބިލިއްޔަތު ހުރި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެކެވެ.

މާލެ-ތިލަފުށި ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރެވެމުންދާ ގުޅީފަޅު ޕޯޓުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް ކޮންމެހެން މުހިންމު ބްރިޖު އަދި ކޯޒްވޭއެކެވެ. މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

މި މަޝްރޫއުގައި ހިމެނޭ ކޮންމެ ރަށެއްގެ ދޭތެރޭގައިވާ ކަނޑުއޮޅިތަކުގައި 140 މީޓަރުގެ ނެވިގޭޝަން ބްރިޖަކާއި ފުން ކަނޑުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓަކާއި ތިލަ ކަނޑު އަދި އެއްގަމުގައި 2.23 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި 2.96 ކިލޯމީޓަރުގެ އެޑް ގްރޭޑް މަގުތައް ބިނާ ކުރެވޭނެއެވެ. އަދި މާލެ އާއި ވިލިމާލެ ގުޅޭ ސަރަހައްދުތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންތަކާއި، ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑްއަބައުޓްތައް ހިމެނޭނެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް މެއިންލައިން އާއި ގާތް ޖަންކްޝަން ތަކުގައި ބަސް ޓާމިނަލްތައް ގާއިމްކުރެވޭނެއެވެ.

އެފްކޮން އިން ހެދި ބްރިޖެއް

މި މަޝްރޫއުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރެވޭނެއެވެ. އެގޮތުން މަގު ބައްތި، ނެވިގޭޝަން ލައިޓިން، ޑެކް ސެލްޓް ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ލައިޓިންގެ އިތުރުން އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެއެވެ. އަދި ލޭމްޕް ޕޯސްޓްތަކުގެ މަތީގައި އަދި ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ވެސް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޅ.ނޫރާނީއާގޭ

    ކަމަކުނުދޭ

    27
    3
    • ދެން އެމީހުން ނުފައިބާނެ މިރާއްޖެއިން!

      މިއޮތީ ރަގަޅަށްވެސް އިންޑިއާގެ އަޅުވެތިވެފައި. އިންޑިއާގެ ސަރވެއިލަންސް ސެޓެލައިޓް ތަކާއި އެމީހުންގެ މިލިޓަރީވެސް މިތަނުގައި. މީގެ ކުރިންވެސް ޔާމީނު ކިޔާ މީހަކު ވެރިކަންކޮށްފައި ދިޔަ. ނަމަވެސް މިވަރެއް ނުކުރޭ.

      31
      2
    • ޚާރު

      ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ. ލޯނު ނުދެއް ކިގެން އަޢްޑު އިންޑިޔާ އަށް ދޯ

      29
      2
  2. ޔާމިން

    ވަރައްފޫހިވާބައެއް

    35
    2
  3. ވިލޭ

    ސަކަރާއް ބޭނުމެއްނޫން ރޭޕިސްޓް

    36
    2
  4. ލައިލާ

    އޯނޯ ހުރިހިތާމައެއްގެބޮޑުކަމާ

    34
    2
  5. މާރިޔާ

    ނޭޅޭނެއިންޝާﷲ

    36
    6
  6. ކޮވިޑް

    " 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ." 100 މިލިއަން ޑޮލާރ ހިލޭ؟ އަދި ތި މަސްރޫޢޫ ނެފެށޭ 100 މިލިއަން ގެ ބަދަލުގެ ގޮތުގައި ހަނިމާދު ގަން އައްޑޫ އިންޑިއާ އަށް ދިވެހިންގެ މި ތިން އެއަރ ޕޯރޓް ގެ އަގު 100 މިލިއަން އެއީ ތޯ ހައްޤުވާ މިންވަރަކީ؟ ކޮބާތަ ޔާމީން ބްރިޖް އަޅަން ފެށުމުން ކެކި އަރާ އުޅުނުން އެމްޑީޕީ ކުދިން ކޮޅު. މިސަރުކާރަށް ދެއްކިއްޖެތޯ ޗައިނާ އަށް ޔާމީން ދިން އެކައްޗެއްވެސް؟ ރަށެއް ވެލި ކޮޅެއްވެސް. ދެން ލަލަލާ،،،،،،

    51
    2
    • ....

      100 މިލިއަން ހިލޭ އޭ އެބުނަނީ އެ އަނބުރާ ދައްކަން ނުޖެހޭ ވާހަކަ އެއްނޫން...އެއީ އިންޓްރެސްޓަކާ ނުލާ ދޭ ވާހަކަ...އެވެސް އަނބުރާ ދައްކަން ޖެހޭނެ...

  7. ކޮރަލް

    އެއްވެސް ބަޔަކަށް ފުރުސަތު ނުދީ ފުރުސަތު ދިނީ ހަމަ އެކަނި އިންޑިޔާގެ ކުންފުނި ތަކަށެވެ. އޭގެ ގެއްލުން ވާނީ ރައްޔިތުންނަށެވެ.

    43
    3
  8. ހާކާލިބުރުވާލި

    އިންޑިއާގެ ކުންފުނިން ތިޔަ މަޝްރޫއު ނިންމުމުން ރާއްޖޭން އެކުންފުނަޏަށް ދެނީ ކިތައް ރަށާ ފަޅުތޯ؟

    40
    2
  9. ފައުޒީ

    ތީ އެއްގަމުގަ ބުރިޖު އަޅާބަޔެއް.

    23
    2
  10. ވަކަރުގޭ

    ޗައިނާއަށް ވިއްކާލި ރަށްތައް އަތުލަހަށޭ. ކޮބާތަ އަންނި؟ ހާދަ ދޮގުހަދާ ބައެކޭ. މޑޕ އަކީ ދެދުނިޔޭގެ ގެއްލުން ޕުރޮމޯޓު ކުރާބައެއް.

    29
    1
  11. ގަސަނާ

    ލޮލް، ރާއްޖެ ޒަމާންދިޔައީ، ތީ އަދި މިހާތަނަށް ޑީޕްސީ ބްރިޖެއް އެޅިބައެއްނޫން،

    24
    3
  12. ޢބްދުއްﷲ

    މާލެ-ތިލަފުށި ބްރިޖް މަޝްރޫއު އިންޑިއާގެ އެފްކޮންއަށް

    1 ގަޑިއިރު ކުރިން ( ޖޫން 29, 2021 )

    ކޮބާ ؟ކޮބާ ؟މިފަހަރު ކަޓުއެޅެނީ ކިހާވަރެއްގަތަ؟ ސަހަލު ގޮތަކަށް ނުދާނެ.

    ވައްތަރީ ތިއީ ބްރިޖެއްނޫން ކަމަށް . ދަރިންގެ ދަރިން ބަދަލުދޭންޖެހޭ މަކަރު ވެރި ހިޔަޅު

    ދަންތުރައެއް ކަމަށް.

    27
    2
    • ވެސުން

      ޗައިނާމީހުން ބުރިޖް މެއިންޓަނަންސް އަދި ކޮލިޓި ހިފަހައްޓާގޮތަށް ކޮލިޓިއެއް ނުހިފެހެއްޓޭނެ... އެފެންވަރަށް ނޭޅެންޔާ ބޭނުމެއްނޫން

      8
      1
    • ތޔރ

      Roanu edhuru alert

  13. އިހުސާސް

    ވިސްނާލަން ޖެހޭ ކަމެއް

    2008ގެ ވެރި ކަމުގައި އިންޑިއާގެ ޓާޓާ އާ އިމާރާތް ކުރަން ހަވާލު ކުރި ތަންތަނުން ނަތީޖާ ނުނެރެވި މައްސަލަ ތަ ކެއް ދިމާވެ ކޯޓް މަރުހަލާއަށް ކަންތައް ތައް ދިއުން

    އިންޑިއާ ކުންފުނިތަ ކުގެ މަސައްކ ކަތް ދުވަހަށް ނުނިއްމާ ދިގުދައްމާލާ އަހަރު ތަ ކަކަށް ދެމިގެން ދާ ކަމެއް

    މިފަދަ ބޮޑު ޕްރޮޖެއްކްޓެއް އިންޑިއާ އަށް ދީ ދަރިންގެ ދަރިންނަށް ދާންދެއް މަސައް ކަތް ކުރުމުގައި ނުނިމި ދިގުދަންމާ ނުވިތާ ކަށް ވެރި ކަން ބަދަލުވެއްޖެނަމަ މަސައް ކަތް ދިގުދަންމާ ތާއީދު ކުރާ ވެރި ކަމެއް އަންނަންދެން މަސައް ކަތުގައި ކޮއްޓާލަ ކޮއްޓާލަ ނުވިތާ ކަށް ކޯޓް މަރުހަލާ އަ ކަށް ދާން ނުޖެހި ކަން ކަން ނިމިފައި ނުވޭ،

    ކޮންމެ ވެރިކ ކަމެއް އަޔަސް ކަން ކަން ކޮށްދޭ ދުއްތުރާ ނު ކުރާ ފަދަ ބަޔަ ކަށް މަސައްކކ ކަތް ހަވާލު ކުރުން

    ޤައުމު ބައެގެ އަޅުވެތި ކަމަށް' އަދި ޤައުމު އޮޔާ ދުއްވާ ނުލާ

    ހިތާމަ ހުރި ކަން ކަން ، ތިބައި މީހުން މިޤައުމަށް އެދުމެއް ނެތި ވެދުމެއް ކޮށްފައި ވޭބާ

    ޤައުމު ދަރުވާ ނުލާ