އަންނަ ބޮޑު އީދު ދުވަހު މާލޭ މަގުތަކުގައި ހިނގާފައި އުޅޭނެ ވަގުތެއް ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ މަޝްވަރާ ހޯދުމަށް މާލެ ސިޓީ ކައުންސިލްގެ ޕޯލްއެއް ހުޅުވައިފިއެވެ.

މި ޕޯލްގައި ވަނީ ހުޅުމާލެ ނުހިމެނޭ ގޮތަށް މާލެމަގުތަކުގައި ވެހިކަލް ނުދުއްވޭނެ ވަގުތެއް ކަނޑައެޅުމަށް ރައްޔިތުންގެ ހިޔާލަށް ހުޅުވާލާފައެވެ.

ޓުވީީޓާގައި ހުޅުވާފައިވާ މި ޕޯލްގައި ހަތަރު ހިޔާލެއް ވެއެވެ. މިއިން ކޮންމެވެސް އެއް ހިޔާލަކަށް ކޮންމެ މީހަކަށް ވެސް ވޯޓު ދެވޭނެއެވެ.

ފުރަތަމަ ހިޔާލުގައި ވަނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހިނގާފައި އުޅުމަށެވެ. ދެ ވަނަ ހިޔާލުގައި ވަނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް ހިނގާފައި އުޅުމަށެވެ. ތިންވަނަ ހިޔާލުގައި ވަނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއިި ހަމައަށް ހިނގާފައި އުޅުމަށެވެ.

އަދި ހަތަރު ވަނަ ހިޔާލުގައި ވަނީ ބޮޑު އީދު ދުވަހު މާލެ މަގުތަކުގައި ހިނގާފައި އުޅޭނެ ގަޑިއެއް ނުވަތަ ވެހިކަލް ދުއްވުން މަނާ ގަޑިއެއް ކަނޑައަޅަން ނުފެންނަ ކަމަށެވެ.

https://twitter.com/MaleCitymv/status/1413049683811835905

ސައްވީސް ގަޑިއިރަށް ހުޅުވާލާފައިވާ މި ޕޯލްއަށް ހިޔާލް ހުށަހެޅުން ބަންދުވާނީ މާދަމާގެ މެންދުރު 1:17 އަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

މީގެ ކުރިންވެސް ބައެއް މުނާސަބާތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުކޮޅެއް ކަނޑައަޅައެވެ. މި ވަގުތުކޮޅުގެ ބޭނުމަކީ ބާރު ބޮޑު މަގުތަކުގައި ހިތްހަމަ ޖެހިލާގެން ހިނގާލާނެ ވަގުތުކޮޅެއް ފަހިކޮށްދިނުމެވެ. އެއީ އާއިލާތަކުގެ ކުޑަކުދިން މިނިވަންކަމާއި އެކު ދުވެ މަޖާކޮށް އަދި އެކުދިން ގޮވާގެން މާލެ މަގުތަކުގައި ހިނގާލަން ދެވޭނެ ހިއްފަހި އަދި އަމާން ވަގުތުކޮޅެއް ދިނުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާތު

    މުއިޒު މިހާރު ހާދަ ރަގަޅޭ. ކަންކަން ނިންމާއިރު ރައްޔިތުންގެ ހިޔާލު ހޯދާތީ މިހާރު ވަރައް އުފާވޭ. ހައުސިން މިނިސްޓަރަކައް ހުރިއިރު ކަންކަން ނިންމާއިރު ރައްޔިތުންގެ ހިޔާލު ނުހޯދީތީ އޭރު ވަރައް ހިތްހަމަ ނުޖެހޭ މުއިޒުއާ ދޭތެރޭ. ތީ ވަގުތީ ކަމަކައް ނުވާނެކަމައް އުންމީދު ކުރަން. މިހެން ބުންޔަސް، ސިޔާސީ މީހުންނަކީ ވަރައް އިތުބާރު ކުޑަބައެއް