ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އޭނާގެ ކުރީގެ އަނބިމީހާ އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން އެދި އަސްރާ ތަކުރާރުކޮށް އެތައް ފަހަރަކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން ވެސް މައްސަލަ ކުރިއަށް ގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފިއެވެ.
"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި މައްސަލަ އަނބުރައި ގެންދިއުމަށް އެދި އަސްރާ އެންމެ ފަހުން ޕީޖީގައި އެދުމުން ޕީޖީ އޮފީހުން އަސްރާގެ ވަކީލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަސްރާގެ ސިޓީގައި ލިޔުއްވާފައިވާ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށާއި، އެ މައްސަލައިގައި ލިބިފައިވާ ހެކިތަކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް، އެ މައްސަލައިގައި ޕީޖީ ނިންމާފައިވަނީ މައްސަލަ ކުރިއަށް ގެންގޮސް، ޝަރީޢަތުން ގޮތެއް ނިންމުން ރަނގަޅުވާނެ ކަމަށެވެ.
އަސްރާ އަށް މިމައްސަލައާ ގުޅިގެން، ނުވަތަ އެނޫންވެސް މިބާވަތުގެ ކަމަކާ ގުޅިގެން، ސޯޝަލް ސަރވިސްގެ ދާއިރާއިން އެހީތެރިކަމެއް ބޭނުންފުޅުނަމަ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ގުޅުއްވައިގެން ކުރިއަށް ގެންދެވުން ރަނގަޅުވާނެކަމަށް ފެންނަ ކަމަށް ވެސް ޕީޖީ އޮފީހުން އަސްރާއަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
އަދި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، މިމައްސަލަ ކުރިއަށްދާއިރު ބޭނުންފުޅު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް އޮތްނަމަ، ޕީޖީ މިއޮފީހުގެ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ޕީޖީ އޮފީހުން ވަނީ އަސްރާ އަރިހުން އެދިފައެވެ.
އީސަ އާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި، އީސަ އާއި ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވުމަށް ފަހު ފަހުން އަސްރާ ވިދާޅުވެފައި ވަނީ އޭނާ އަށް ފުލުހުންނަށް ބަޔާން ދެއްވުނީ "ޖަޒުބާތުގައި" ކަމަށެވެ. މައްސަލަ އަނބުރާ ގެންދަން އަސްރާ އެދުނު ނަމަވެސް އީސަގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވޭނީ ފުލުހުން ވެސް ނިންމީ މައްސަލަ ކުރިއަށް ގެންދާށެވެ.
އެމް.އެމް.ފީ.އާރް.ސީ ގެ މައްސަލަ ޕީޖީ އޮތޯ ކޯމާގަ
އެމް.އެމް.ޕީ.އާރ.ސީ ގެ ދިފާއީވަކީލްކަން ކޮށްފައިވާ ފރާތަކަށް އެހިޔާނާތުގެ މައްސަލަ އަދުލުވެރިކަމާއެކު ބެލޭނެތޯ؟ އެކަމުގައި ކޮންފްލިކްޓް އޮފް އިންޓްރަސްޓެއް ނުހިމެނޭނެތޯ؟ ހަމަ ނޭނގޭތީ އަހާލީ.
ކަމަނާ ނުވިސްނެނީތޯ؟ އެބޭފުޅާ ޓުވީޓް ކުރެއްވީ ' ނިމުމުގެ ފެށުން ކަމުގައި' އެއީ ހުރިހާ މައްސަލައކަށް ރިއަޔަތްކޮށް ވިދާޅު ވި ބަސްފުޅެއް މަހުލޫފުގެ މައްސަލަ ނުބެލުން އދި ކަމަނާ ވިކްޓިމްވެފއިވާ މައްސަލަ ބެލުންވެސް ހިމެނޭ ގޮތައް.
އެހެންވީމާ އެއްވެސް އަސާސެއްނެތް ކަމެއްގައި ކމަނާ އިތުރުފުޅުހެއް ދެވީތޯ؟ ފަންސޫރަކުން ގަނޑެއްގައި ލިޔެލައްވާފައި ފުހާ ރަބރަކުން. އެ ފުހެލަން އުޅޭ ބީދައިން އަމަލުފުޅު ތިޔަ ކުރައްވަނީ. ދެން އަނެއްކޮޅުން އެބޭފުޅައަކީ ދޫދެއްވާ ބޭފުޅެއްނޫން، މުނާޖާކޮނޑު އަޅައިމް ތެދުވެ ކޮންމެ ދޔވަހަކު ދުވުއްވާ ފތާހަދާ މީހުންގެ އަތުގައި ނުޖެހި އުޅުއްވާ. އަދި ހާއްސަކޮށް އެއްވެސް އަސާސެއްނެތް މައްސލަތަކުގައި ދޫނުދެއްވާނެ.
އިތުރަށް ގެވެށި އަނިޔާ ލިބިގަންނަން ބޭނުންވަނިދޯ އަސްރާ
ޔޫ ބޭނުންވީމަ ބޭނުން ވަގުތަކު ބެރުޖަހަން ތިބި ބަޔަކު ތިބިތަނެއް ނޫން ޕީޖީގަ ތިބީ. ޕީޖީން މައްސަލަ އަނބުރާ ނަގައިފީއްޔާ ގެވެށިއަނިއާޔައް ދެވޭ ހިއްވަރަކަށްވާނީ
ތިޔައީ ބަޔަކު ލާރިގަޑެއް ދީގެން ކުޅޭ ޑްރާމާއެއް ތަ ؟
މައްސަލަ އަނބުރާ ގެންދަން ބޭނުންވާ މައިގަނޑު 3 ސަބަބެއް އޮތީ.
1- އީސަގެ ފަރާތުން މައްސަލައިގަ އަސްރާއަށް އިތުރު ބިރުދެއްކުމާއި އިންޒާރު ދިނުން.
2- އީސަ އަސްރާގެ ފަރާތުން މާފަށް އެދުން.
3- ގެވެށި އަނިޔާ ދިންކަމަށް ބުނެ އަސްރާ ހެދީ ދޮގު.
މި 3 ސަބަނުން ކުރެ ސަބަބެއް މެދުވެރި ވެގެން އަސްރާ މައްސަލަ އަނބުރާ ގެންދާން އެދޭނީ.
ކުޅުދުއްފުށީގަ އެބައިން އަނިޔާވި ފަރާތް ބުނެ ބުނެ އޮއްވަ ޕީޖީ ޑީލް އިން ދައުވާ ނުކޮށްފަ.. ކޮންވައްތަރު ޕީޖީ ، ފުލުސް މީހާ ހުންނަނީ..