ޒުވާންކަން ގެއްލި މުސްކުޅިވާ ދުވަހު ސިޔާސީ މަސައްކަތުން ދުރުވާން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން އެގޮތަށް ވިދާޅުވީ ވޯލްޑް ހިއުމަނިޓޭރިއަން ޑްރައިވް އިން ކުރިއަށް ގެންދިޔަ "އިންސްޕައަރިންގް މިލިއަންސް" ކިޔާ ޝޯއެއްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އިސް ސަފަށް ޒުވާނުން އަންނަން ޖެހެއެވެ. ނަމަވެސް އެކަން ވާނީ ގައުމުގެ ވެރިކަން ކުރެއްވި ލީޑަރުންނާއި މަތީ މަގާމްތައް އެތައް ދުވަހެއް ވަންދެން ފުރުއްވި ބޭފުޅުން ފެޔަށް ޖެހިވަޑައިގެން ދަސްކޮށްގެން ކަމަށް ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ މުސްކުޅިވާ ދުވަހު ސިޔާސީ މަސައްކަތުން ދުރަށް ދާން ޖެހެނީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ނަމަވެސް އެ މަންޒަރު ރާއްޖެއިން ފެނިގެން ނުދާކަން އަލީ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ވެރިކަމުގެ ބާރުވެރިކަމަކީ ދެވިހުފުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"މަސްތުވާތަކެއްޗަށް ދެވި ހިފާ ގޮތަށް، ބާރުވެރިކަމަކީވެސް ދެވިހިފާ އެއްޗެއް. ވެރިކަމަށް ކޮށްލަން ލިބުމުން ދެން ބޭނުމެއް ނުވާނެ ސިޔާސީ މަސައްކަތުން ދުރަށް ދާކަށް. މަރުވަންދެންވެސް އެ ބާރުވެރިކަން މުށުތެރެއަށް ލައިގެން ހުންނަން ބޭނުންވަނީ" އަލީ ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު ބަހުގެ ހަމަލާތައް ރައްދު ކުރާނެ ކަމަށެވެ. ނަމަވެސް އެއް ލީީޑަރަކު އަނެއް ލީޑަރަކަށް މާފްކުރަން ދަސްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެެވެ.
މި ޕްރޮގްރާމްގައި އަލީ އެންމެ ބޮޑަށް ފާޑުވިދާޅުވެފައި އެވަނީ 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށެވެ. އަދި އޭނާގެ ބައެއް ވާހަކަތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށްވެސް ރައްދުވެއެވެ.
މަލްޓި ޕާޓީ ނިޒާމެއް ރާއްޖެއަށް ތައާރަފްވުމަށްފަހު މިހާތަނަށް ވެރިކަން ކޮށްފައިވާ ކޮންމެ ބޭފުޅަކުވެސް ދެވަނަ ދައުރަކަށް ނުކުންނަވާފައިވެއެވެ.
ދުނިޔޭގެ ގިނަ ތަންތަނުގައި ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅެނީ އުމުރުން ދުވަސްވެ ތަޖުރިބާ ލިބިފައި ތިބި މީހުން. އެމެރިކާގެ ރައީސާއި އިންޑިޔާގެ ބޮޑުވަޒީރަށް ބެލިޔަސް މިކަން އެނގޭނެ. ޢަލީ ޙުސައިން ތިޔަ އުޅެނީ އޮޅިގެން. ޢަލީ ޙުސައިން ކީއްވެބާ މުސްކުޅިޔަކު އިސްކޮށް ހުރި ޕާޓީއެއްގައި ތިޔަ އުޅެނީ؟
މިގައުމުގެ ބޮޑުވަޒީރު ނުފެތޭ އެއްވެސް ގިނތިއަކައް.
ދެން އެހެންވިއްޔާ އަލީހުސޭނުވެސްތިހުރީ މިހާރު ކެންދޫދާއިރާގެ މަޖިލިސް މެންބަރުކަމަށް ދެދައުރު ހޮވި ދާއިރާއަށް މުސްކުޅިވެފަ ދެން އެހެން ޒުވާނަކަށް ދާއިރާގެ މެންބަރުކަން ދިނުން މުހިއްމު އެއިރުން ދާއިރާގެ މައިރަށަށާއި ދާއިރާއަށް އަންނަ ތަރަށްގީ އެހެން މީހެއްގެ ފަރާތުން ފެނިގެންދާނީ މިހާރު ތިހުރީ ނަމެއްގަ ދާއިރާއަށް އައި ހެޔޮބަދަލެއް ނެތް.....!!!!