އަލަށް އުފައްދާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަސާސީ ގަވާއިދު ފާސްކުރާނީ ކައުންސިލުން އެކުލަވާލާ އަސާސީ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދުމަށް ފަހު ކަމަށް އެ ޕާޓީގެ މުއައްސަސުން ވިދާޅުވެއްޖެއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމްއެވެ.
ކްލަބް ހައުސްގައި އެމްއެންޕީން ކުރިއަށް ގެންދިޔަ އޮންލައިން ޖަލްސާއެއްގައި މެންބަރު އުޝާމް ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ޚިޔާލު ހޯދާނީ ހަމައެކަނި ޕާޓީގެ އާންމު މެންބަރުންނަށް އެކަނި ނޫން ކަމަށެވެ. އެ ކަމުގައި އާންމުންގެ ޚިޔާލަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުޅުވާލަން އާންމުންގެ ޚިޔާލު ވެސް ހުށަހަޅަން އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދަށް، މުޅި އާންމުންގެ ޚިޔާލުތަކަށް ބިނާކޮށްފައި ކައުންސިލުން އަޅުގަނޑުމެންގެ އަސާސީ ގަވާއިދު އެކުލަވާލައި ފާސްކުރާނީ،" އުޝާމް ވިދާޅުވިއެވެ.
މި ޕާޓީ އުފެއްދެވުމުގައި އިސްކޮށް ދެން އުޅުއްވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވަނީ އެ ޕާޓީގެ ކައުންސިލްގައި ރާއްޖޭގެ އިންތިޚާބީ 87 ދާއިރާއިން އިންތިޚާބު ކުރެވޭ ދާއިރާ ރައީސުން ތިބޭނެ ކަމަށެވެ.
އެމްއެންޕީގެ އަސާސީ ގަވާއިދުގައި ހިމެނޭނެ މާ ގިނަ ކަންކަން ނުހިމެނުނު ނަމަވެސް، ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުރެވޭނީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީ އުފައްދަނީ މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ އަސާސްތައް ކަމު ނުދާތީ، މި އާ އަސާސްގެ މަތީގައި ކަމަށެވެ. އެހެންވެ އެ އާ އަސާސް މި ޕާޓީގެ މުއައްސިސުންނާއި މެންބަރުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން އެ މުއްދަތު ހަމަވީމަ އެ ލީޑާޝިޕުން އަޅުގަނޑުމެނ ފެޔަށް ޖެހޭނަން، މި ޕާޓީ އުފައްދާ ފަރާތްތަކަކީ އެ ވަރުގެ ވިސްނުމެއް ހުރި އެ ކަން ކުރަން ކެރޭ ވަރުގެ ބަޔެއް ކަން އަޅުގަނޑު ދަންނަވާލަން އޮތީ،" ނާޒިމް ވިދާޅުވެފައިވެއެވެ.
ތިންހާސް މެންބަރުން ހަމަކޮށްގެން ޕާޓީ އުފެއްދެން އޮތް ނަމަވެސް އެމްއެންޕީން އަމާޒުކުރަނީ ދިހަ ހާސް މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަންއަށް ހުށަހެޅުމަށެވެ. ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާ ލިބެނީ މަދުވެގެން ދިހަ ހާސް މެންބަރުން ތިބޭ ޕާޓީތަކަށެވެ.
މި ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ އުޝާމްއާއި، ނާޒިމްއާއި، ރިޔާޒްގެ އިތުރުން، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.
ގައުމު ވިއްކާލި އިރު ރައްޔިތުންގެ ޙިޔާލެެއް ނުހޯދި ބަޔަކު ތިކަހަލަ ކަމަކާ ރައްޔިތުންގެ ޚިޔާލު ހޯދާ ވާހަކަ އިވުނީމަ ހަމަ ހެވެނީ.
އެމްއެންޕީގެ އަސާސީ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދާނެ
5 ދުވަސް ކުރިން ( އޮގަސްޓް 9, 2021 )
މިއީ ރައްޔިތުންގެ ވޯޓުން ހޮވިރައްޔިތުން ވަކިކަމަކަށް ވޯޓްލައި އެރައްޔިތުންގެ އެދުމަށް
ޚިޔާނަތް ތެރިވެ، ނާޖާއިޒު ފައިދާއެއްހޯދިން އަމިއްލަ އެދުމުން ފުރިފައިވާ ބަޔަކު ވެގެން
އުފައްދާ މަޖިލީހުގެ ޕާޓީއަކާ ވައްތަރީ .ރައްޔިތުންނަށް ގެއްްލޭނީ ރައްޔިތުންގެ ޖީބާ، ބޯހިޔާ
ވެހިކަމާ، ކުރިމަގުގެ އުންމީދު. މީދޮގުނުވާ މުޖައްރިބު ވާހަކައެއް.
India out #India out #India out #India out #India out #
India out #India out #India out #India out #India out #