މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމަށް ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރިމަތިލައްވައިފިއެވެ.
އެމްއެންޕީގެ އިންތިގާލީ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހުޅުވާލި އިރު، އެ މުއްދަތު ހަމަވެފައި ވަނީ އިއްޔެއެވެ. ވަގުތީ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި ޕާޓީގެ ރައީސްގެ މަގާމު ހިމެނެއެވެ.
ޕާޓީގެ ރައީސަކަށް ނާޒިމް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައެވެ.
އެކި ސަރަހައްދުތަކަށް ހާއްސަކޮށް އެ ޕާޓީގެ ހަ ނައިބުން ހޮވާއިރު، މި މަގާމްތަކަށް ނުވަ ބޭފުޅުން ކުރިމަތިލައްވައެވެ.
މި މަގާމުތަކުގެ އިތުރުން އަންހެނުންގެ ވިންގް ލީޑަރު، ޒުވާނުންގެ ވިންގް ލީޑަރު، ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އައްޔަން ކުރަން ނިންމާފައި ވަނީ 21 މެމްބަރުންނެވެ. އޭގެ ތެރެއިން ހަތް މަގާމު ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.
އެމްއެންޕީން ބުނީ މި އިންތިހާބުގައި ބައިވެރިވުމަށް 54 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
އެމްއެންޕީގެ ލީޑަޝިޕްގައި އެންމެ ގިނަ ވެގެން އަދާކުރެއްވޭނީ ދެ ދައުރު ކަމަށް އެ ޕާޓީގެ ބައެއް މުއައްސިސުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީއަކީ "އެކަކު ވަށާ އެނބުރޭނެ" ޕާޓީއެއް ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
އެމްއެންޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ.
އެމްއެންޕީ އުފައްދަން އިއުލާންކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުން ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ.
ސަލާމް،
ތިގޮތަށް ޕާޓީގެ ލީޑާރޝިޕްގައި 02 ދައުރު އަދާކުރެވޭގޮތަށް އޮތުމަކީ ޒުވާނުންނާއި ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަގަޅު ކަމެކެވެ. އެހެން ޕާޓިންވެސް ނަމޫނާ ދައްކަން ވެއްޖެވެ.
އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ދެ ދައުރު އޮތުން މުހިންމެވެ. އެހެންކަމަށްވާނަމަ ގިނަ ބަޔަކަށް އޭގެ ފައިދާކޮށް ގިނަ އާއިލާތަކެއް ރަގަޅަށް ހަމަޖެހޭ ދިރިއުޅުމެއް ލިބިގެންދާނެއެވެ.
އެހެން މިހާރު ބުނާނެ ފަހުން ތިބޭތިބަލަން ވާނުވާ، ތިޕާޓީގެ ނަމަކީވެސް ފުރަތަމަ އެމް.އެން.ޕީ ތިމާ މީހާގެ ނަމާގުޅުވާ ހެދި ޕާޓީއެއް
ޑިމޮ ކުރަސީގެ ފޮނިރަހަ ގަދަވިވަރުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލީ އެއްމެ މީހެއް..ޒުވާނުންނަ ފުރަސަތު އޮހިގަތީ އޮބިނޯންނަވަރަށް...ދެދައުރެއްނޫން ދެދުވަހުން އެއްދުވަހު ރައީސަ ކަށް ޒުވާނަ ކު އައްޔަންވާނެ މ ނ ޕ ..މުހައްމަދު ނާޒިމު ޕާޓީގަ..އިރު ހުޅަނގު ވަ ކިނުވާމީހުންނަ ތި ކަހަލަ ދަޅައިގަ ޢަގު ކުރެވިދާނެ..މިގައުމުގަ ތެދަށްވުރެ ދޮގު ހިގާނެ..ގިނަމީހުން ތިބެނީ ތެދަށްވުރެ ގުދު ކޮށްވީމަ..
މިއީ އަނެއްކާ ނުކުޅެދުންތެރިކަން ހުއްނަ މީހެއް ނޫންބާ ؟
ބޭކާރު!
މައުމޫން ނަންވާނީ
އެހެން މީހަކު ކުރިމަތި ލީނަމަ އޮންނާނީ ބޮޑާހާކާފައި ގޭގައި، ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ބޭފުޅެއް ނޫން ނާޒިމްއަކީ .......
ނާޒިމަކީ ފައްކާ ދެބޯގެރިއެއް. ރައްޔިތުންވަރަށްބޮޑަށް ވިސްނާތި.
ތިޔަޕާރޓީއެއް އުފެއްދުމުގެ ބޭނުމަކީވެސް ތިއީ !
ވެރިކަން ކުރާ ހިތްވާ މީހުން މިގައުމުގަ ހާދަ ގިނަ. ދެރައީ 3 ވޯޓްވެސް ނުލިބޭނެތީ. ހަރުގަޑު އެޅިމީހުންވެސް އެތައްފަހަރު ހުދުވަލުގެ ނިވަލުގަވެސް ދިމާކޮށްފި. ހަމަލިބުނީ 3 ވޯޓް. އެ އުޅޭ ސައުދާގަރުވެސް ހުރިހާއެއްޗެއް ވިއްކާފަވެސް އެތައްފަހަރު ދިމާކޮށްފި.