ގއ. ކޫއްޑޫއާއި ގއ. ވިލިނގިލިއާ ދެމެދު އަޅަން ސަރުކާރުން ނިންމާފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ވީހާ ވެސް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ކޫއްޑޫ-ވިލިނގިލި ބްރިޖަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންނަމަވެސް ދާދިފަހުން ރައީސް ވިދާޅުވެފައިވަނީ ބްރިޖް އަޅާ ސަރަހައްދަކީ މިޔަރު އާލާވާ ސަރަހައްދެއް ކަމުން އިތުރު ދިރާސާތަކެއް ވެސް ކުރަން ޖެހޭ ކަމަށެވެ.

މި ކަމަށް ރައްދު ދެއްވަމުން ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޫއްޑޫއާއި ވިލިނގިލި ކަނޑު އޮޅީގައި ބްރިޖް އެޅުމަކުން އެ ސަރަހައްދުގައި އުޅޭ އެއްވެސް ދިރޭ ނަސްލަކަށް ގެއްލުން ވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ކޫއްޑޫ ވިލިނގިލި ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް،" ރައީސް ސޯލިހްއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޓެގް ކުރައްވައި ސައުދު ލިޔުއްވާފައިވެއެވެ.

ވިލިނގިލީގެ ވަރަށް ގިނަ މީހުން ވެސް މި ކަމާއި ގުޅިގެން ޓްވީޓްކޮށް އެ މަޝްރޫއު އަވަސް ކުރަން ގޮވާލަމުން ދެއެވެ. އެ ސަރަހައްދުގައި މިޔަރު އާލާވާ ކަމެއް ހުވަދު އަތޮޅު މީހުނަށް ނޭނގޭ ކަމަށް ބުނެ ވެސް ބައެއް މީހުން ޓްވީޓް ކޮށްފައިވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ބްރިޖް މަޝްރޫއު ހިންގަން ރައީސް ސޯލިހް ވައުދުވެވަޑައިގެންފައިވެއެވެ.

މާލެ ސަރަހައްދުގެ ބޮޑު ބްރިޖްގެ އިތުރުން، އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖާއި، ތ. ވޭމަންޑޫއާއި ކިނބިދޫގެ ބްރިޖާއި، ބ. ފެހެންދޫއާއި ގޮއިދޫގެ ބްރިޖާއި، ޅ. ނައިފަރުން ފެށިގެން ހިންނަވަރާ ހަަމައަށް ބްރިޖްއެއް އެޅުމަކީ ރައީސް ސޯލިހްގެ ވައުދެކެވެ. އަދިވެސް އެއް ފަޅެއްގައި ކައިރި ދެ ރަށް ހިމެނޭ ގޮތަށް އޮތް ނަމަ ކޯޒްވޭ އެޅުމަށް ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ލިޔެފައި އޮތެވެ. ނަމަވެސް މިއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައުދު ހުސެއިންގެ ކޮއްކޮ

    ތި ވިލިނގިލީ މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. އަދި އަޅާ ވިލިނގލީ އެއަރޕޯޓް އެއްވެސް. ހެހެހެހެ... ބޯހަލާކު. 3 މިނެޓުން ފެރީގަ ދެވޭ ތަނަކަށްވެސް ބްރިޖް އަޅަން.. ޕިސް ޕސް. އެހެން ކަމަކާ އުޅެބަލަ ބޭބޭ....

  2. Anonymous

    ވިލިގިލި ކޫއްޑޫ ބުރިޖް އޮތީ އަޅާނިމިފަ ތިލަމާލެ ބުރިޖު ވެސް ނިމިފަ ިބުރާ ހިންގާ ޕްރޮޖެކްޓު ނުފެންނާނެ

  3. އޖ

    މިޔަރު ނެތަސް އޯކޭ. ބުރިޖް ބޭނުންވަނީ

  4. ސައުދު

    ބަނިހާ މިޔާ ދައްކަނެ ކޮހޮ ވާހަކެ. ގާމުން މާމެންދުވާއި ކޫއްޑުވާއި ދޭތެރޭޔޯ ތި ބުރިޖެކެ އޮޑަން ނިންމޫ. މިކަލެ މިޔާ މި ކެޔަންނު ކޭކިޔޯ.

  5. އޖ

    މިޔަރު ނެތަސް އޯކޭ. ބުރިޖް ބޭނުންވަނީ ، ތިޔަ މިޔަރަކާއި ހުރެ މަސްވެރިންނަށް މާކަނޑުން މަހެއް ބޭނޭވަރު ނުވޭ. މިޔަރު އުރަހައިން އިންޑިއާ ލަންކާ އެތަކެއް ޑޮލަރު ނަގަމުން އެދަނީ. ދިވެހިން އެއްތިބެނީ އޭތި ހިމާޔަތްކޮއް، ފުރާނަ ނުރައްކަލައް ލާއިގެން. ބުރިޖް ވ މުހިއްމު.

    4
    1
  6. އަޙްމަދު

    ކަލޭ ހަމަތަ ނަކޮވާ
    ބަލަ ތީކީ މިވަގުތު މި ގައުމުގެ އިޤްތިޞާދު ތަންދޭ މިންވަރުން ކުރެވޭނެ ކަމެއް ނޫން

  7. ޢަލީ ޝާޙް

    ތިޔަ ގޮވަނީ މޮޔަ އެޅޭނެ ބުރިޖެއް ވާނެ ކަމެއް ނެތް. ބާސާ ނުކަނޑާ ސައިޒުގަ މަޑުމަޑުން ހުރެ ދައުރު ނިންމާލުމަށް ދަންނަވަނެ.

  8. އެލެކްސް ގަންޖާ

    ނަނާހުވަފެން