ރާއްޖޭގައި ވަޒީފާއެއް ނެތި، އަދި ނުކިޔަވާ އުޅޭ ޒުވާނުންގެ ނިސްބަތް ގިނަ ކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި ޒުވާނުންގެ އާބާދީގެ ގޮތުގައި ބަލަނީ 18 އަހަރާއި 35 އަހަރާއި ދެމެދުއެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ރާއްޖޭގެ ޒުވާނުންެ އާބާދީއަކީ 257،215 އެވެ. އޭގެ ތެރެއިން 69،123 މީހުންނަކީ އަންހެނުންނެވެ. އަދި 188،092 މީހުންނަކީ ފިރިހެނުންނެވެ.

ރާއްޖޭގެ މުޅި ޖުމްލަ އާބާދީގެ 45 އިންސައްތައަކީ ޒުވާނުން ކަމަށް ތަފާސްހިސާބުތައް ބުނެއެވެ.

ޒުވާނުންގެ މަސައްކަތްތެރިކަމުގެ ނިސްބަަތަށް ބަލާއިރު، 2019 ވަނަަ އަހަރުގެ ސާވޭއިން ދައްކާގޮތުން 138،755 ޒުވާނަކު މަސައްކަތުގައި އުޅެއެވެ. އޭގެ ތެރެއިން އާއްމުދަނީ ލިބޭ މަސައްކަތް ކުރަނީ 89،956 މީހެކެވެ.

އަދި މީގެ އިތުރުން ވަޒީފާއެއް ނެތި އަދި ތައުލީމް ހާސިލް ކުރަމުން ނުދާ ޒުވާނުންގެ ނިސްބަަތަށް ބަލާއިރު، 2019އާ ހަމައަށް މަސައްކަތް ނުކުރާ އަންހެނުންގެ ރޭޓް އުޅެނީ 41%ގައެވެ. އަދި ފިރިހެނުންގެ ރޭޓް އުޅެނީ 15%ގައެވެ. އޭގައި ފާހަގަކޮށްފައިވާގޮތުން އޭގައި އަންހެނުން ގިނަވަނީ އަންހެނުން ގިނަ ވަގުތު ގެތޭރެގެ މަސައްކަތުގައި އުޅުމާއި އާއިލާއަށް ހިދުމަތް ކުރުމުގައި އުޅޭތީއެވެ.

މިގޮތަށް ތަފާސްހިސާބުތައް ދެއްކި ނަމަވެސް، ޒުވާނުންގެ ތެރެއިން ގިނަަބަޔަކު މިހާރު މަސައްކަތުގައި އުޅޭކަން ފާހަގަކުރެވެެއެވެ. ހާއްސަކޮށް ފަތުުރުވެރިކަމުގެ ދާއިރާގައި ޒުވާނުން ގިނައެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގައިވެސް ޒުވާނުން އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    ވަޒީފާ ތައް ލިޔެ ކިއުން ނެތް ބިދޭސީން އަތުގަ އެވެ.

  2. އިންތި

    ވަކި ވަޒީފާ އެއްނޫނީ ބޭނުން ނުވާތީ އެހެން ވަނީ. ހީވާގި ދިވެހިން ހޯދުމަކީ ވަރަށް އުނދަގޫކަމެއް.

  3. ހުސޭނުބޭ

    ތިހެން ބުނީމާ ހީވަނީ ފަޒީފާތައް ހުހަށް އޮންނައިރުވެސް ޒަވާނުން ކަންނެތްކަމުން ވަޒީފާ އަދާނުކުރަނީހެން. ޒުވާނުންނާ ދިމާލަށް އިގިލިދިއްކުރުމުގެ ކުރިން ވަޒީފާ އުފައްދާބަލަ!

  4. ސސ

    ރާއްޖޭގެ ކުންފުނިތަކުންވެސް ވަޒީފާ ދެނީ ލޯ ކޮލިޓީ ލިޔެކިއުންވެސް ނުހުންނަށް ބިދޭސީންނަށް، ދޭސީންނަށް ވަޒީފާ ނެތޯ އަންގނީ !

  5. ފައިދާ

    ބިދޭސީންލައްވާ ގިނަވަގުތު މަސައްކަތުގައި ގެންގުޅެވޭ.... ދެ އަހަރުން އެއްއަހަރު ޗުއްޓީ ދޭންޖެހެނީ.... ފައިދާ ބޮޑީ ބިދޭސީން ގެންގުޅުނީމާ....