ފޮރިން މިނިސްޓަރުގެ މަގާމައި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ތެރެއިން ކޮންމެ ވެސް އެއް މަގާމެއް އަބްދުﷲ ޝާހިދު އިޚްތިޔާރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވަނީ ސަރުކާރު ހިންގަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަލީ ހުސައިން ވިދާޅުވީ އދ. ގެ މަތީ މަގާމެއް ދިވެއްސަކަށް ލިބުމަކީ އަޅުގަނޑުމެން ދިވެހިން ފަޚުރުވެރިވާ ކަމެއް ކަމަށް ވިޔަސް، އެއަށް ވުރެ ބޮޑަށް ފަޚުރުވެރިވާނީ އަމިއްލަ ގައުމުގެ ގާނޫނު އަސާސީގައިވާ ގާނޫނުގެ ވެރިކަން ހިންގުމުން ކަމަށެވެ.
"ގާނޫނު އަސާސީން ކަނޑައެޅިގެން އެބަ ބަޔާން ކުރޭ ވަޒީރުން ކުރަން ނުޖެހޭ ކަންކަން. އޭގައި އެބަ އޮވޭ އެއްވެސް މާލީ މަންފާއެއް ލިބޭ އިތުރު އެއްވެސް ކަމެއް ވަޒީރަކަށް ނުކުރެވޭނެ ކަމަށް،" އަލީ ހުސައިން ވިދާޅުވިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދަށް މާލީ މަންފާ ލިބިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޝާހިދު ކަނޑައެޅިގެން ހުންނެވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން ޖެހޭނީ، ފޮރިން މިނިސްޓަރު، އިއްޒަތްތެރި ވަޒީރޭ، ކޮންމެވެސް އެއް މަގާމެއް އިޚްތިޔާރުކުރަން ޖެހޭ، ދެ މަގާމު ފުރުމަކީ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫނޭ،" އަލީ ހުސައިން ވިދާޅުވިއެވެ.
ގާނޫނު އަސާސީގައި މިހެން ކަނޑައެޅިގެން ބަޔާން ކޮށްފައިވަނިކޮށް، ފޮރިން މިނިސްޓަރު ޝާހިދު އދ. ގެ އިތުރު މަގާމެއް އަދާ ކުރަމުން ދަނިކޮށް، ފޮރިން ސާވިސް ބިލެއް އައުމަކީ ކަންބޮޑުވުން ހުރި ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރަށް، ބޭރުގެ އެތައް ގައުމެއްގައި އެމްބަސީ ގާއިމްކޮށް އެ އެމްބަސީތަކުން ވަޒީފާ ދެމުން ދަނީ ވަކި އާއިލާތަކެއްގެ ބަޔަކަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންވެ ފޮރިން ސާވިސްގެ ބިލަށް ބެލުމުން ވެސް ފެންނަނީ "އާއިލީ ވެރިކަމެއް" ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"ވަކި އާއިލާއެއްގެ ބަޔަކަށް ވަޒީފާ ދިނުމަށް ގައުމުތަކުގައި އެމްބަސީތައް ހަދައިގެން ތިބުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން، މި ތަންތަނަކީ ރާއްޖެއަށް ފައިދާ ކުރާނެ ތަންތަން ކަމަށް ވާން ޖެހޭ،" އަލީ ވިދާޅުވިއެވެ.
އެމްޑީޕީގެ ވަޒީރެއްތަ؟ 4 .މަގާމުވެސްއަދާކުރެވޭނެ،
ތިޔައީ އިބުރާހީމް މުޙައްމަދު ސޯލިހުގެ ޒިންމާ އެއް ނޫންތޯ؟ ހަމަ ވަކިކޮށްލީމަ އެ ވަކިވީނުންތޯ؟އިބޫ އަޑީގަ ހުރެގެން ހިންގާ ނުބައި ނުލަފާ ޖަރީމާ ހުރިހާ ކަމަކީވެސް. އިޚުލާސްތެރި އެކަކުވެސް ނެތްކަން ވަރަށް ސާފު
އައްޔާ ކަލޭލޯލައް ފެނިކަނފަތައް އަޑުއިވޭދޯމިހާރު
ވަކިއާއިލާ އެއް ވާހަކަ އެއީ ވަރަށް ބޮޑު ތެދެއް!!!
އަލީ އަކީ ޤާނޫނީ ވަކީލަކަށްވީއިރު ތިމައްސަލަ ސުޕްރީމް ކޯރޓަށް ހުށަހަޅައިގެން ދިވެހި ރައްޔިތުން މިގިލެންވެރިކަމުން ސަލާމަތްކުރަންވީނޫންތޯ.
މީ ހެޔޮވެރިކަމުގެ ނިޒާމް އޮންނަގޮތް. ހަޖަމުކުރަން ދަސްކުރޭ.
ކަލޯ އައްޔާ ހަމަހޭވެރިކަމަށް އާދެވުނުއިރު ވާނެއެއްޗެވެނިމިއްޖެ ދެންއަތްޖަހާ ގެރިއަކީ އިންސާނުންނާވަރަށް ތަފާތުއެއްޗެއް އައްޔަށް އެނގޭތަ ގެރިހިނގާނީ ހަތަރުމޮއްގަނޑު ޖަހައިގެންނޭ!
"އަޅުގަނޑު ދަންނަވަން ޖެހޭނީ، ފޮރިން މިނިސްޓަރު، އިއްޒަތްތެރި ވަޒީރޭ، ކޮންމެވެސް އެއް މަގާމެއް އިޚްތިޔާރުކުރަން ޖެހޭ، ދެ މަގާމު ފުރުމަކީ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫނޭ،" އަލީ ހުސައިން ވިދާޅުވިއެވެ.