ދިވެހީންގެ ތެރޭގައިވެސް ވަރަށް މަގްބޫލު ބިސްކޯދެއް ކަމަށްވާ މެލޭޝިއާގެ މަޝްހޫރު ހަޕްސެންގ ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ "އެކްރިލެމައިޑް" ފެނިފައިވީނަމަވެސް، ކެއުމުގައި ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން ހާމަކޮށްފި އެވެ.
މެލޭޝިޔާގެ ހެލްތު މިނިސްޓްރީ އާއި ހަވާލަދީ އެމްއެފްޑީއޭ އިން ވިދާޅުވީ، ހަޕްސެންގ ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާ ހުރީ ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ބެންޗް މާކް ލެވަލް އިން ވަޒަންކުރާ މިންވަރަށްވުރެ މަދުން ކަމަށް ވުމުން މިއިން ނުރައްކާތެރި ކަމެއް ނެތް ބިސްކޯދެއް ކަމަށެވެ.
އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާ އެއްވެސް މާއްދާއެއް އެއްވެސް ކާއެއްޗެއްގައި ހުރިނަމަ އެމްއެފްޑީއޭއިން ވަގުތުން ރައްޔިތުންނަށް އެކަން އަންގާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މެލޭޝިޔާގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ މި ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ހުރިކަމަށް ރިޕޯޓުކޮށްފައެވެ.
ޒަމާނުއްސުރެ ވެހިންގެ ކެއުމުގައި ހަވީރުގެ ސަޔަށް އަދި ހެނދުނުގެ ސަޔަށްވެސް ހަޕްސެންގ ބިސްކޯދު ކައިއުޅެއެވެ. މިއީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ލިބޭ ބިސްކޯދަކަށްވާއިރު މިއީ އަގުވެސް ހެޔޮ ބިސްކޯދެކެވެ.
ތިޔަ ބިސްކޯދުގައި ގޮތެއް ހުރޭ !
ތިވާނީ ވިސްނުމުގަ ހުންނަ ކަމަކަށް.
ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ.