ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމް) އިން ކުރިޔަށް ގެންދާ އެމްކިޔުއޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކާ ގުޅިގެން މައްސަލަތަކެއް ފާހަގަ ކުރެވިފައިވާތީ އެތަނުގެ ހުއްދަ ބާތިލްކޮށް އިންސްޓިއުޓް ބްލެކްލިސްޓް ކޮށްފިއެވެ.
މިގޮތަށް ނިންމިނަަވެސް މިހާރު ސީއައިޓީއެމް އިން ހިންގަމުން ގެންދާ ބެޗްތައް ނިންމުމުގެ ފުރުޞަތު ވަނީ ދީފައެވެ. ދަރިވަރުންނަށް ސަނަދު ދޫކުރުމުގެ ކުރިން ސީއައިޓީއެމް އިން އެމްކިއުއޭއަށް މިހާރު ހުށަހަޅަންޖެހިފައިވާ ސުޕަވިޝަން އާ ގުޅުންހުރި ލިޔުންތައް، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ނިންމުމާ އެއްގޮތަށް، މިޢަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެމްކިއުއޭއަށް ހުށަހެޅުމަށް މިހާރު ސީއައިޓީއެމް އަށް ވަނީ އަންގާފައެވެ.
އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ސީއައިޓީއެމް އާއި ގުޅޭ ގޮތުން ފަސް ކަމެއް ފާހަގަ ކުރެވިގެން އެމައްސަލަތައް ބަލާފައި ކަމަށެވެ.
އެގޮތުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ސީއައިޓީއެމް އިން ކުރިޔަށް ގެންދާ އެމްކިޔުއޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތު ހަމަނުވާ ބައެއް ދަރިވަރުން ވެއްދުން ފަހަގަ ކުރެވެއެވެ. އޭގެއިތުރުން ބެޗްތައް ނިންމުމަށް ފަހު ސަނަދު ދޫކުރުމުގެ ކުރިން މި އޮތޯރިޓީއަށް ހުށަހަޅަން ޖެހޭ މަޢުލޫމާތުތަކާއި ލިޔުންތައް ބަރާބަރަށް ހުށަނާޅައި ސުޕަވިޝަން މަރުހަލާ ފުރިހަމަ ނުކުރާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.
ސުޕަވިޝަން މަރުހަލާ ފުރިހަމަނުކޮށް ސަނަދު ދޫކުރުމުގެ ހުއްދަ އެމްކިއުއިން ހުއްދަ ދިނުމުގެ ކުރިން ބައެއް ދަރިވަރުންނަށް ސަނަދު ދެމުންދާ ކަމާއި އަދި ސީއައިޓީއެމް އިން ކުރިއަށް ގެންދާ އެމްކިޔުއޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް މި އޮތޯރިޓީން ސަނަދު ދިނުމުގެ ޙުއްދު ދިން ނަމަވެސް، ސަނަދު ދޫ ނުކުރުމާއި ސަނަދު ދިނުން ލަސްވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
2014 ވަނަ އަހަރުން ފެށިގެން އެމްކިއުއޭއަށް ހުށަހަޅަން ޖެހޭ ބިފޯރ ކޮމެންސިންގ ފޯމް ސީއައިޓީއެމް އިން ހުށަހަޅަމުން އައިސްފައި ނުވާކަންވެސް އެމްކިއުއޭ އިން ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލަ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑަށް ހުށަހެޅި، ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ސީއައިޓީއެމް އަށް ހިންގުމުގެ ހުއްދަދީފައިވާ ހުރިހާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ދީފައިވާ ހުއްދަތައް ބާޠިލުކޮށް، އެ މަރުކަޒު ބްލެކްލިސްޓް ކުރުމަށެވެ.
އެމްކިއުއޭ އަކީ ގައުމަށް ޖެހިފައޮތް ބޮޑު ވަބާއެއް
ހުޅުމާލޭގައި ހުންނަ މައި ކޮލެޖްވެސް ތީ އެކަހަލަ ތަނެއް
އެމްކިޔޫއޭގެ މަސައްކަތް މިއަށްވުރެވެސް ރަނގަޅުވާން އެބަޖެހޭ! މޮނީޓޮރިންނާއި އޯޑިޓިން ހަރުދަނާކުރަންއެބަހޭ، ނޫނީ ރާއްޖޭނެ މަތީ ތައުލީމުގެ ފެންވަރު ހަރާބުވެ ސެޓްފިކެޓަކީ ހަމައެކަނި ވިއްކާ އެއްޗެއް ކަމުގައިވެދާނެ! މިއީ ކުރާ ވަރަށް ބޮޑު ވިޔާފާރިއެއް
އެނމެ ފުރަތަމަ ވީ އެވިޑްގެ ހުއްދަ ބާތިލް ކުރަން