ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޒަމާނީ އާ ޓާމިނަލް ކަމަށް ބުނެ، މި ސަރުކާރުން އާންމު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަހާފައިވާ ޓާމިނަލްގެ ފޮޓޯތަކެއް ކަމަށް އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އާ ޓާމިނަލްގެ ބޭރު ޑިޒައިންކޮށްފައި ވަނީ ރާޅުތަކެއްގެ ސިފަވާ ގޮތަށެވެ. އަދި ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ އިހުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ.
އާ ޓާމިނަލްގެ ކުރެހުންތައް ހާމަކޮށްފައިވަނީ އެއާޕޯޓު ހިންގާ އެމްއޭސީއެލުންނެވެ. ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދެވޭ އާ ޓާމިނަލަކީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި އެމަނިކުފާނު ފެއްޓެވި މަޝްރޫއެކެވެ.
އެ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނެއެވެ. އަދި 10 ސްކީރިން މެޝިނާއި 10 ގޭޓް ހުންނާނެއެވެ. އަދި ޓޫރިސްޓު ރިސެޕްޝަންތަކަށް ހާއްސަ ސަރަހައްދަކާއި 19 ރިސޯޓް ލޯންޖާއި 1،800 އަކަމީޓަރުގެ ވީއައިޕީ ލައުންޖެއް ވެސް ހުންނާނެއެވެ.
މި ފޮޓޯތައް އާންމުވުމާ ގުޅިގެން މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް ކަމަށާއި އެމަޝްރޫއު ހުއްޓުވުން ފިޔަވައި އިތުރު އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.
"މި ސަރުކާރުން ކުރި އެއްވެސް ކަމެއް ނޯންނާނެ. އެ މަޝްރޫއު ހުއްޓުވުން ފިޔަވައި، ޑިލޭ ކުރުން ފިޔަވައި. އެ މަޝްރޫއަކީ ހަމަ މުޅިންހެން ކުރީ ސަރުކާރުގެ މަޝްރޫއެއް" ސައީދު ވިދާޅުވިއެވެ.
އެގޮތުން އާ ޓާމިނަލް ރަމްޒު ކޮށްދެނީ ޔާމީންގެ ތަސައްވަރުކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ މަޝްރޫއު ކުރިޔަށް ދާއިރު އަންނަ ކުދިކުދި ބަދަލުތައް ފިޔަވާ މުޅި ޕްރޮޖެކްޓަކީ ވެސް ކުރީ ސަރުކާރުގެ މަސައްކަތް ކަމަށެވެ.
މިހާރަށް ވުރެ ބޮޑު ޓާމިނަލެއްގެ ބޭނުން ޖެހިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލްގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭރު އޮތް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއިއެކު މަޝްރޫއު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގަން ނިންމާފައިވާ މި މަޝްރޫއު ހިންގަނީ ސައުދީ ފަންޑާއި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގެ އެހީ ހޯދައިގެންނެވެ.
މި މަޝްރޫއު ކުރިއަށް ނުގޮސް ވަރަށް ބޮޑަށް މަޑުޖެހިފައި އޮއްވައި އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން އަލުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. މިހާރު އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އަހަރެމެނަށް އެންގޭ ތިޔަކީ ހިންނަވަރު މަރުކޮހަށް ކުރެވޭނެވަރުގެ މަސްކަތެއްނޫން ކަން ، އެ ސޮހޮލުގެ ނުހުންނާނެ ތިވަރުގެ އިލްމަކާއި ހިލްމެއް ޗައަކީ ފަހާމަތުއް ރައީސް ރައިސް ޔާމިންގެ ދުރުވިސްނޭ ސިޔާސަތު
ސުކުރިއްޔާ ރައީސް ޔާމީން
ދެން އެ ސަރުކާރުގަ ހަދަން ފެށިތަނެއްވީމަ އޭރުގެ ކުރެހުމާ ފޮޓޯ ނޫން އެއްޗެެއް މިވެރިންނަށް އާންމު ނުވެސް ކުރެވޭނެތާ ކިތަންމެ ބޭނުންވިޔަސް.. ދެން މަމެންގެ ސައިޓެ ވެސް ދައްކާވާހަކަ ދޯ؟؟
އޮށްޓަރު ހުރި ކަމެއްވިއްޔާ ޔާމީނު ކޮއްފަ މިއޮތީ. އެމްޑީއެން އެމްޑީޕީ އިން މި ކަހަލަ ތަރައްޤީ ގެ މަޝްރޫޢުތަށް ލަސްކޮއް،އެއީ ތިމަންމެންގެ ޕްރޮޖެކްޓް ކަމަށް ހަދަންވެގެން ވަރަށް މަސައްކަތް ކުރޭ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ،މާލޭ ސަލްމާން މިސްކިތް ވެސް ހަމަ މިގޮތަށް ނުހުޅުވާ ދިގުދެންމީ.
އޮޅުވާލާ ބަޔަކަށް ހިތްހަމައެއް ނުޖެހޭނެ އެއްވެސް ކަމެއް އޮޅުވާ ނުލެވެންޏާ.
ލަދުފުޅު ކޮބާތޯ
ފުރަތަމަ އިންޑިޔާ އައުޓް، ދެން ޔާމީނަށް ޝުކުރު.
މި ސަރުކާރައް އެގެނީ ޕްރޮޖެއްޓުތަކުންވެސް ވައްކަން ކުރަން
ޔަހޫދީ ދައުލަތަށް ހަލާކުހުރި
ކާކުތަ ބުނީ މީ އިބޫސޯލިހު ކުރެހި ޑިޒައިނެކޭ އަހަރުމެން ގަބޫލުކުރަމޭ އެއީ މުހައްމަދު ސައީދުއާ ޔާމީނާ ހޭލާތިބެ ކުރެހިތަނެއްކަން ދެން އެއާޕޯރޓް ކުންފުނިން އެތާގެ ކުރެހުންތައް ދައްކާލީމަ ޕޕޕ ކުދިން ފަޔަށް ހިނިއަރައިގެން އުޅެންޖެހޭ ސަބަބެއް ނުވިސްނޭ
ރައީސް ޔާމީން އަށް ވަރަށް ޝުކުރިޔާ //
އަހަރުމެންގެ އިއްޒަތްތެރި ތަރަށްގީގެ ބާނީ ރައީސްޔާމީނަށް ޝުކުރާއިތަހާނީ ވެދުންކުރަން ދުއާއަކީ މިގައުމުގަ މިއޮތް ޔަހޫދީ ސަރުކާރު ބަލިކުރަށްވާ ރައީސްޔާމީން މިގައުމާ ހަވާލުވުން.
ކޮން ގައުމެއްގައި ބިނަކޮސްފައި ހުރި ތަނެއްތަ އެއީ ލޮލް