ރާއްޖޭގައި އިންޑިއާ ސިފަިއިން ތިބުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަނެއްކާވެސް "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ފުރަތަމަ ހަރުކުރީ އޭޕްރީލް 20 ވަނަ ދުވަހު އެވެ. ނަމަވެސް ރައީސް ސޯލިހް ރިޔާސީ ޤަރާރެއް ނެރުއްވާ، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅުއްވުމަށް ފަހު ފުލުހުން މެދުވެރިކޮށް އޭޕްރީލް 21 ވަނަ ދުވަހު ވަނީ އެބެނާތައް ނައްޓުވާލާފައެވެ.

އޭގެ ފަހުން ސްޕެލިން ބަދަލު ކޮށްގެން ވެސް ބައެއް ގެތަކުގައި ހަރުކުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ވަނީ ނަގާފައެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ހަރުކުރި ބެނާގައި އިންޑިއާ އައުޓް ލިޔުމުގެ ބަދަލުގައި ބެނާ އަކަށް އޮތީ އިންޑިއާ ދިދައެވެ. އިންޑިއާ ދިދައިގެ މެދުގައި ހިމެނޭ ވަށް ބުރު އެއީ އިނގިރޭސި އަކުރުގެ އޯ ކަމަށް ސިފަކުރުމަށް ފަހު ބެނާގައި ލިޔެފައި ވަނީ ދެއަކުރެވެ. އެއީ ޔޫ އާއި ޓީއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އަދި އެހަރަކާތުގައި ބައިވެރިވުން އެއީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް މިހާރު ވެސް މާލޭގެ ބައެއް ގެތަކުގައި ވެސް އަންނަނީ އިންޑިއާ އައުޓް ގްރެފިޓީތައް ވެސް ކުރަހަމުންނެވެ. އަދި ބައެއް ރަށްތަކުގައި ވެސް އަންނަނީ ބެނާތައް ހަރުކުރަމުންނެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އިންޑިއާ ސިފައިން ތިބެއެވެ. އެއީ އެންމެ އުތުރުން ހަނިމާދޫ އާއި މެދުރާއްޖެ ތެރެއިން ލ.އަތޮޅާއި އަދި އެންމެ ދެކުނުން އައްޑޫ ސިޓީގައެވެ. އައްޑު އާއި ލ.އަތޮޅުގައި އިންޑިއާ ސިފައިން ތިބެނީ ރާއްޖެ އިން އިންޑިއާ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވާށެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަނދުކޭތަ

    ހަހަހާ ދަމާފަ ވާންކޮއްފަ ބަހައްޓާ

    13
  2. ަސދަސދ

    ސަޅި.
    ބޭނާ ނަގާވަރަކަށް އަޅުވަންވާނެ. ތީތި ވައިގަހިފާހެން އެބަހީވޭ.
    ސަޅިކަމަކީ ސީދާ ހަރަކާތުގައި އިސްލީޑަރުން އުޅޭކަން.
    މޑޕ އަށް ވެރިކަން ދޭނީ މޮޔައިން.

    19
    2
  3. ސާބަސް

    ސާބަސް އެއްވަރަކައް ވާންކޮއްފަ ބަހައްޓާ އިންޑިއާ އައުޓް ހުރިހާތަނެއްގަވެސް ލިޔެފަ ބަހައްޓަންވީ

    23
    1