ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އައްޔަން ކުރައްވައިފިއެވެ.
ނިޔާޒް، ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިންމުހައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުހައްމަދު ނިޔާޒާ ވަނީ ހަވާލުކުރައްވާފައެވެ.
ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ނިޔާޒު މަތީތައުލީމު ހާސިލުކުރެއްވީ ޝަރީއަތާއި ގާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީންނެވެ.
މުހައްމަދު ނިޔާޒު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.
ޖުޑިޝަރީގެ ޙާލަތު ދާނެ ގޮތް ދެން ވިސްނާ!
ޖުޑިޝަލް ދާއިރާގައި ޢަމަލީ މަސައްކަތުގައި ނިޔާޒް ހޭދަކުރެއްވި މުއްދަތު ލިޔެލި ނަމަ ކިޔުންތެރިން ބޭނުންވާ މަޢުލޫމާތަށް އިތުރު ފުރިހަމަކަމެއް ލިބުނީސް
ހާދަ ވެއްޓިފަ އިބޫއަށް