ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން އާއި ވާދަކުރަން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުން މީސް މީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ވަނީ މިކެމްޕޭންގައި ބައިވެރިވާން ފަށާފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނާއި ވާދަކުރަން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭންގައި ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ "ބާކީނުކުރޭ" އެވެ. ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭންގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެގެން އެބަދެއެވެ.
މިކެމްޕޭންގައި ބައިވެރިވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތުވާ ކަމަށެވެ. އެކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ކެމްޕޭންގައި ބައިވެރިވި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އަލައިކާގެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ އަކީ އިންޑިއާ އަކީ ކޮންމެ ހާލަތެއްގައި ވެސް ދިވެހިންނަށް އެހީވަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ދެގައުމުގެ ގުޅުމަށް ބަދަލެއް ނައިސް ދާއިމަށް މިގުޅުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
The relationship between Maldives and India is connected heart-to-heart. India is Indeed Maldives biggest pillar of strength 💪🇲🇻💛🇮🇳#IndiaMaldives#Baakeenuvey https://t.co/JlkYbBKwnY
— Ashiyath Alaika Adhnan (@AlaikaAyesh) May 25, 2022
ސަރުކާރަށް ތާއިދު ކުރާ އިތުރު މީހަކު ބުނެފައި ވަނީ އެހެން ގައުމުތަކަށް ވުރެ ރާއްޖެއާއި ގާތުގައި އޮތީ އިންޑިއާ ކަމަށެވެ. އެންމެ ނިކަމެތި މީހާ ބޭސްފަރުވާއަށް، އަދި އެހެނިހެން ކަންކަމުގައި ދެވެނީ ިއިންޑިޔާ އަށް ކަމަށާއި އިނގިރޭސިވިލާތް ސިންގަޕޯރ އަށް ބޭސްފަރުވާ އަށް ސަރުކާރުންވެސް ފޮނުވާ ނުދެވޭކަންވެސް އާއްމު ރަތްޔަތުމީހާ ދަންނަ ކަމަށް އޭނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަދި އެމްޑީޕީގެ އެކްޓިވިސްޓް އަންވަރު ޓްވިޓާގައި ވިދާޅުވީ ޒަމާނުއްސުރެ އެކުވެރި އިންޑިޔާއާ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އެނޫންވެސް ޒާތީ އެކިއެކި މުޢާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލުހިފުންފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާފަދަ ކަންކަމުން ދުރުވަންޖެހޭ ކަމަށެވެ.
ޒަމާނުއްސުރެ އެކުވެރި އިންޑިޔާއާ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އެނޫންވެސް ޒާތީ އެކިއެކި މުޢާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލުހިފުންފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާފަދަ ކަންކަމުން ދުރުވަންޖެހޭ#Baakeenuvey
— Sim (@Simwarr) May 26, 2022
ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ އައުޓް ގޮވި ނަމަވެސް ދިވެހިންނަށް ކޮވިޑްގެ ތެރޭގައި ވެސް އެނގިގެން ދިޔައީ އިންޑިއާގެ މުހިއްމު ކަމެވެ. އަދި އިންޑިއާ އިން ދިވެހިންނަށް އެހީތެރިވެދޭނެ ކަމެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން އާއި ވާދަކުރަން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ކެމްޕޭން ފެށިއިރު "އިންޑިއާ އައުޓް" ކެމްޕޭން މީސް މީޑިއާގައި ހިންގަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. "އިންޑިއާ އައުޓް" ކެމްޕޭނަށް "އަލްޖަޒީރާ" އާއި ދުނިޔޭގެ ބޮޑެތި އެތައް މީޑިއާއެއްގެ ސަމާލުކަން ވެސް މިހާރު ވަނީ ލިބިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި 100 އާއި ގާތް ކުރާ އަދަދެއްގެ އިންޑިއާ ސިފައިން އެބަތިއްބެވެ. އިންޑިއާ ސިފައިން ތިބީ ހދ.ހަނިމާދޫ އާއި ލ.ކައްދޫ/ގަން އަދި އައްޑޫ ސިޓީ ގަމުގައެވެ. ލ.އަތޮޅާއި އައްޑޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރު ދުއްވާށެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވާށެވެ.
"އިންޑިއާ" އައުޓް މިކަން ހުއްޓޭނީ އިންޑިއާ ސިފައިން މިޤައުމުން ފޭބިމަ
އިންޑިއާ އައުޓް އިންޑިއާ އިއުޓު
ތިއަށްވުރެ ގަދައަށް އަހަރުމެން ޖައްސާނަން.ކަލޭމެން ތި ކޮންބައެއް.ފައިސާއަށް ޓްވީޓްކުރަން ތިބޭ ބައިގަނޑު ޖެހޭނީ މަހަށް ދާން. #އިންޑިޔާއައުޓް
ނަޝީދުއަށް ހީވެދާނެ މަދު ބައެކޭ ، އެކަމަކު ތީ ކުންހީއެއް ، ބައްލަވާލައްވާ ސިފައިންނާއި ފުލުހުންގެ ގެ ގުލިނަ ބޭފުޅުންވެސް މިހާރު އިންޑިއާއައުޓްއަށް ތާއީދުކުރޭ ،
މިދައްކަނީ އިންޑިއާ ސިފައިން މި ޤައުމުގަ ބައިތިއްބައިގެން ނުވާނޭ! ރިލޭޝަންޝިޕް ގެ ވާހަކަ ގެނެސްގެން މިސްރާބު ބަދަލުކުރަން އުޅޭނެކަމެއްނެތް! ނޫސްވެރިން އިންޑިއާއަށް ގެންގޮސްގެން ކުރަން އުޅޭކަމަކީ މީތާ!
މަނިކުފާނު އިސްވެ ހުންނަވާ ކެރަފާ ނަސީމާ އެކު ޖަރުމަންގެ ބާލިން ފެއަރ ގައި ލީފްލެޓް ބެހި ޓޫރިސްޓުންނާނަން ގޮވާލާ އަދި މަނިކުފާނާ ކެރަފާ ނަސީމާ އަބްދުﷲ ޝާުހިދާ ވެގެން މިގައުމަށް އިންޑިޔާ ސިފައިން އަރާ ވަގުތުން ހިފަން ގޮވާލި މިވަރަަށް ގައުމެއް ފުނޑުކޮށްލާ އިގްތިސާދު ހަލާކުކޮށްލަން މަސައްކަތްކަތް ކުރެވޭނީ މަނިކުފާނާ ކެރަފާ ނަސީމާ އަބްުދުﷲ ޝާހިދަކީ ގައުމަށް ގައްދާރު ވެފައި ތިބި ތިންމީހުން
އިންޑިއާ ސިފައިން މި ޤަމުން ބައިލަން ޖެހޭ. ސަބަބަކީ އިންޑިއާ ސިފައިން ސަރަހައްދު ބަލަހައްޓަށޭ ކިޔާފައި މި ބިމުގައި އެމީހުން ބޭނުންގޮތަކަށް އުޅެމުން ގެންދަނީ. އަދި ސަރުކާރު ގެ އިސް މީހުން ޖެހެނީ އެބައި މީހުންނަށް ޔެސް ސާރ ކިޔަން. އިންޑިއާ ސިފައިން ރަށެއްގައި ތިބިއްޔާ އެ ރަށެއްގެ ރައްޔިތުންނަށް އިޙްތިރާމް ކުރުމެއް ނެތް. މި ސަރުކާރުން އިންޑިއާ އަށް ދީފައިވާ ބާރު ތަކެއްގެ ސަބަބުން ރައްޔިތުން މި ތިބެން ޖެހެނީ ބޮޑު ބިރެއްގެ ތެރޭގައި. ބިރަކަށް ނުވާނެ ސަބަބަކީ ކައިރި އަވަށްޓެރި ކުދި ޤައުމުތަކުގައި އިންޑިއާއިން އެހީވަނީއޭ ކިޔައިގެން އިންޑިއާއިން ހިންގައިފައިވާ ޖަރީމާތަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަމުން ދާކަން. ވީމާ އިންޑިއާ ސިފައިން މި ބިމުގައި ތިބޭކަށް އެއްވެސް ރައްޔިތަކު ބޭނުމެއްނުވާނެ.
ނަމަވެސް މީގެ މާނަޔަކީ އިންޑިއާ ރައްޔިތުންނާ އެއްވެސް ހާލެއްގައި ގުޅުން ކެނޑިގެން ދިއުމެއްނޫން. އެމީހުންގެ އެހީ ރާއްޖެއަށް ބޭނުން ނުވުމެއްވެސް ނޫން. އަދި އެހީ ހުއްޓައިލާކަށްވެސް ނުޖެހޭ. އިންޑިއާ އަށްވެސް އަދި ބޭރުގެ އެހެން ޤައުމަކަށް ވެސް އިޙްތިރާމް ލިބޭނީ އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންނަށް އިޙްތިރާމް ކޮށް އަޅުގަނޑުމެންގެ ބޭނުންތައް އަޅުގަނޑުމެން ބުނާ ގޮތަކަށް ކުރެވިގެން. އިންޑިއާއިން އެހީ ދިނެއްކަމަކު އިންޑިއާ ނުޖެހޭ އަހަރެމެންނަށް އަމުރުވެރިވާކަށް. އެހެންވެ އެވާހަކަ ބުނެލީ.. އިންޑިއާ ސިފައިން އައުޓް!
ދިވެހި ގައުމު އަޅުވެތި ނުކުރޭ
ދިވެހި ދައުލަތް ދަރަނިވެރި ނުކުރޭ
މި ޤައުމު އިންޑިޔާ މިލްޓަރީ ނުކުރޭ
ޙަގީގަތަކީ، މިގައުމުން ބަޔަކު ބާކީ ކުރުމެއްނޫން، ބުނެވި ދިޔަކަންކަމަށް މިގައުމުގަ އިންޑިޔާއަށް ނޫނެކޭ ބުނުން. މިކަންކަމުގެ މައްޗަށް އިންޑިޔާ މިވަނީ ދިވެހި ދައުލަތުގެ މައްޗައް ކުރިހޯދާފައި. ޢެހެންކަމުން ދިވެހިން މި ގައުމުގަ ބާކީވުމަކީ ގާތްކަމެއް.
ވަޒީފާގެއްލިދާނެތީ މަގާމް ގެއްލިދާނެތީ ތެޅިބާލަނީ
ބާކީ ނުވާން ޗައިނާ ސިފައިން މިތަނަށް ގެންނަން ވީ ނޫންތޯ؟ ޗައިނާ ވީމާ ބާކީ ވަނީ ތޯ؟
"އިންޑއާ އައުޓް" އާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަވާ
ބޭފުޅުންނަށް އަދިވެސް އެކެމްޕޭނުގެ މުހިއްމުކަން އެނގި
ވަޑައިގެން ތިއްބެވިކަމަށް ބެލޭކަށް ނެތެވެ ރާއްޖެއިން
ގޮވާލަނީ އިންޑިއާ ސިފައިން ފޭބުމަށެވެ އިންޑިއާ-ރާއްޖެ
ދޭދޭ ގުޅުންތައް ކަނޑާލުމަކަށް ނޫނެވެ ރާއްޖެއާއި އެކު
ސިޔާސީ ގުޅުންތައް އޮންނަ އެތައް ގައުމެއް އޮތްއިރު އެއިން އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނެތެވެ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނަމަ އެކަމުގެ ނުބައި
ނަތީޖާ އެކި ސިފަސިފާގައި ރާއްޖެއިން ފެންނަމުން ދާނެއެވެ އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ވަންތަކަމާއި މިނިވަންކަން ގެއްލޭހިސާބަށްވެސް ދާނެއެވެ މިކަންކަން ދިމާވާނީ ކުއްލިއަކަށް ނޫނެވެ.
ދުނިޔޭގައި ކުރިއަށް މިދާ ރަސިއާ ޔޫކުރެއިން ހަގުރާމައިގެ
ތެރެެއިން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅެއް އެބައޮތް
ނޫންތޯއެވެ ރަސިއާ އާއި އެކު ބޯޑަރ ހިއްސާކުރާ ކުދި
ގައުމުތައް، ރަސިއާއިން ތިލާއިގޭސް ފަސޭހައިން އަދި އަގުވެސް ހިޔޮކޮށް ލިބެމުން ދިއުމާއި އެކުވެސް އެކަންކަން ދޫކޮށް، ބޮޑު ޚަރަދުކޮށްގެން އެތަކެތި ހޯދުމާއިއެކު، މާދުރުގައި އޮތް ނޭޓޯއަކާއި ގުޅެން އިންތިހާއަށް ބޭނުންވަނީ ކީތްވެގެންތޯއެވެ؟
މަނިކުފާނު އިސްވެ ހުންނަވާ ކެރަފާ ނަސީމާ އެކު ޖަރުމަންގެ ބާލިން ފެއަރ ގައި ލީފްލެޓް ބެހި ޓޫރިސްޓުންނާނަން ގޮވާލާ އަދި މަނިކުފާނާ ކެރަފާ ނަސީމާ އަބްދުﷲ ޝާުހިދާ ވެގެން މިގައުމަށް އިންޑިޔާ ސިފައިން އަރާ ވަގުތުން ހިފަން ގޮވާލި މިވަރަަށް ގައުމެއް ފުނޑުކޮށްލާ އިގްތިސާދު ހަލާކުކޮށްލަން މަސައްކަތްކަތް ކުރެވޭނީ މަނިކުފާނާ ކެރަފާ ނަސީމާ އަބްުދުﷲ ޝާހިދަކީ ގައުމަށް ގައްދާރު ވެފައި ތިބި ތިންމީހުން އ
ތިޔަކެމްޕޭންގަނުކުންނަގިނަމީހުންނަކީ ވަޒީފާގެ ބިރުވެރިކަމުގަނިކުންނަބައެއް މިގައުމުމހާތަނައް ހިގަމުންއައީކީ އިންޑިއާސިފައިންމިގައުމުގަތިބެގެނެއްނޫން މިގައުމުދެކެލޯބިވާއެއްވެސް ރައްޔިތަކު އިންޑިއާސިފައިން މިގައުމުގަތިބޭކަށް ތާއީދެއްނުކުރާނެ ތިބޭފުޅުންވެސް އަދިމިކަމާ ހިތާމަކުރާނެދުވަސް އޮތީމާދުރަކުނޫންކަންނޭގެ
މިހާ ނުވިސްނޭ ޖާހިލު ބައެއް މޑޕއަށް ތާއިދުކުރަނީ..މީ އަމިއްޔަށް އަޅުވެތިވުމަށް ދައުވަތުދޭ ބައެއް..ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުން އެދިގޮވަނީ އެގައުމެއްގެ މިނިވަންކަމާ ސިޔާދަތީބާ ރު ތެ ރެއަށް ކުޑަމިންވަ ރަކަށްވެސް އެހެންބައެއްގެ ނުފޫޒުނުވެއްދުމަށް..އިންޑިޔާ ކައި ރީގަ އޮތީމަ ކީއްވާނީ އިންޑިޔާގެ ކެ ރެލާއިން ދިވެހިންނަ ދަނޑުވެ ރިކަމަށް ބިންދޫކު ރަން ..މިކަންކު ރަން މޑޕއެދިބަލަ އިންޑިޔާ ކޮއްދޭތޯ..އަމިއްލައެދުމުން ފޯވެފަތިބި ނާތަހުޒީބު ޖާހިލުންތަކެއްވީމަ އުޅޭނެތިހެން އިގި ރޭސިބަހުން ތަޅުވަންއެގުނީމަ ހީވަނީ ތިމާމެންމީ މާމޮޅު ދަންނަބައެކޭ..ތަންދޮ ރުނޭގޭ ރޯނުއެދު ރުންކަން ސާބިތުވެއްޖެ ތިމީހުން.
ރޭޕިސްތާން އައުޓް
އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔުމާއި ، އިންޑިޔާއިން އެހީ ދިނުމަކީ އިންޑިޔާގެ މިލިޓަރީ ބޭސްތައް މި ކުޑަ ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ގާއިމު ކޮށް ކުރިޔަށް އޮތް 100 އަހަރަށް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން އެއްބަސްވެ ، އެކަންކަން ތަންފީޒު ކުރަން ދައްކަން އޮތް ހުއްޖަތެއް ނޫން.
ކަލޭމެން ވެއްޖެއްނުދެން ކާފަ މިމަގާމުން ވަކިކުރަން! ކާފާ އަދިވެސް އުޅެނި 70 ގެ އަހަރުތަކުގަ އަޅައިފަ ހުރި ޓޫޓީ އިންޖީނުގެ ސުޕީޑުގަ އަދި ރިޔަލު ދޯނީގެ ރުޕީޑުގަ. މިރަށުންވެސް ނަރުސްކަން ނިންމައިގެން އައިސް ތިބިކުދިން ރަށުމަރުކަޒުން ވަޒީފާއަށް ލައިގެން އެ ހަމަ ނުޖެހިގެން އުޅޭތާ 6 ހަމަހަށްވުރެން ގިނަދުވަސް ވެއްޖެ! އެކަމު މަރުކަޒުގަ އެބަތިބި ބޭރު ނަރުހުންތަކެއްވެސް. އަދި ނަރުހުން ތިބީވެސް ބޭނުންވާ އަދަދަށްވުރެންވެސް މަދުން. އެހެން ކަމުން ތިބިކުދިންތައްވެސް ގޭނި ހުސްވަނި! ވަޒީފާއަށް ކުރިމަތިލީ ކުދިންވެސް އެކުދިން ވަޒީފާ ލަސްވާތީ ބައެއް ކުދިން އެދަނީ މާލޭގެ އަމިއްލަ ހޮސްޕިޓަލުތަކަށާއި ކުލިނިކުތަކަށް ވަޒީފާއަށް. ކާފަގެ ސުޕީޑަކުން މިކަމެއް ނުވާނެ! ކާފަ އިސްތިއުފާ!
އިންޑިޔާ އައުޓް ކެންޕެއިންގެ ނަން " އިންޑިޔާ މިލިޓަރީ އައުޓް" މިނަމަށް ބަދަލު ކޮއްފިއްޔާ މާ ތާއިދު ލިބި ، ކިޔާ އެތި ދެކޮޅުވެސް ޖެހޭނެހެން ހީވަނީ..
އޭރުން ބުނާނެ މިތާތިބީ މިލިޓްރީއެއް ނޫނޭ، ހުސް ޓެކްނިލަން (މިލިޓްރީ) މީހުންނޭ
މަނިކުފާނު އިސްވެ ހުންނަވާ ކެރަފާ ނަސީމާ އެކު ޖަރުމަންގެ ބާލިން ފެއަރ ގައި ލީފްލެޓް ބެހި ޓޫރިސްޓުންނާނަން ގޮވާލާ އަދި މަނިކުފާނާ ކެރަފާ ނަސީމާ އަބްދުﷲ ޝާުހިދާ ވެގެން މިގައުމަށް އިންޑިޔާ ސިފައިން އަރާ ވަގުތުން ހިފަން ގޮވާލި މިވަރަަށް ގައުމެއް ފުނޑުކޮށްލާ އިގްތިސާދު ހަލާކުކޮށްލަން މަސައްކަތްކަތް ކުރެވޭނީ މަނިކުފާނާ ކެރަފާ ނަސީމާ އަބްުދުﷲ ޝާހިދަކީ ގައުމަށް ގައްދާރު ވެފައި ތިބި ތިންމީހުން އެހެން ގައުމެއްގައި ނަމަ މިހާރު ތިޔަ ތިންމީހުންގެ ވަސްވެސް ނުފެންނާނެ......
ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ރާއްޖޭގެ ރަޙުމަތްތެރި އެއްވެސް ގައުމަކާއި ދެކޮޅަށް އަޑު އުފާލާ ކޮންމެ ދިވެއްސެއް ސަރުކާރުން ހިފައި ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލަން
ވަރެއްވެފަމިތިބެނީ ގައުމުގެ މިނިވަންކަންގެއްލޭހާލަތުގައި އެކަމާވާދަކުރަން ތިޔަ ސިޔާސީމުވައްޒަފުން ނިކުންނާނެތޯ ގައުމު އަޅުވެތިވާއިރު އެކަމުން ސަލާމަތްކުރަން ތިޔަ
ސިޔާސީ މުވައްޒަފުން ތިބޭނެތޯ ގައުމުން އިސްލާމްދީނާދެކޮޅު ޙަރަކާތްހުއްޓުވަން ސިޔާސީ
މުވައްޒަފުންތިބޭނެތޯ ގައުމު އަޅުވެތިވާމަންޒަރުބަލަން ސިޔާސީ މުވައްޒަފުން ތިބޭނެތޯ ގައުމު
ބަނޑަށްޖެހި ރަށްޔިތުން ހަނާވެ ގައުމުން ވައްކަން ހުއްޓުވަން ގައުމުގެ ދަރިން ކަރުނައަޅާ
މަންޒަރުބަލަން ނުތިބެ އެކަންހުޓުވަން ތިޔަ ސިޔާސީ މުވައްޒަފުން ތިބޭނެތޯ މިއީ ވާދަކުރައްވަންވީ ކަންކަމަކީ
2023 ޕީ.ޕީ.އެމް.ޕީ.އެން.ސީ..އިންޝާﷲ..އާމީން...އިންޑިއާ އައުޓް...
ސަރުކާރު ބޭނުންވާ ގޮތް ހާމަ ކުރުންވެސް ޢޯކޭ އަދި ބަރާބަރު. . . އިދިކޮޅުން ބުނަން ބޭނުންވާ ގޮތްވެސް ހާމަ ކުރުން އޯކޭ ވާން ޖެހޭނެ.
ރަގަޅަށް ދެބައިވީ! މިހާރު ޔަގީންވެއްޖެ އިންޑިޔާ ސިފައިން މިގައުމުގައި ގަވާއިދާ ޚިލާފަށް ތިބިކަން! ﷲ އިރާދަކުރެއްވިއްޔާ 2023ވެސް އެމްޑީޕީއާށާއި އެމީހުންނަށް ތާއީދުކުރާ މީހުންނަށް ގެއްލުނީ!
ހަމައެކަނި ކޮމެންޓަށް ބަލާލާ #އިންޑިއާއައުޓް
ތާއިދު ނެތް ކަމެއްގައި ކީޢްވެތާ ކަލޭމެން ހޭ...ވެގެން ނުނިދެގެން ގަރާރު ނެރެ ސިފައިން ނެރެގެން އުޅެނީ
މަދުބައެއް އކަމަކު ކަލޭމެން ބިރުން ހަލާކުވަނީ.
އިންޑިޔާ ކީއްކުރަން، އެމެރިކާވެސް އަދި އެހެން ޤައުމެއްގެވެސް ސިފައިން މިޤައުމުގައި ބަނޑަހަ ޖަހައިގެން ތިބުމާއި ދެކޮޅު.
އެކަމަށް ތާއީދުކުރާނީ ސީދާ ޣައްދާރުން.
އެމްޑީޕީ ޖެހޭނީ ތެޅިތެޅިތިބެން މިގައުމުން އިންޑިޔާ އައުޓްކުރާނަން މިފަސްގަޑުން "ގެރިތަކަށް ޖާގައެއްނެތޭ"
އިންޑިޔާ ރާއްޖެޔަކީ ގާތް ދެގައުމު ނަމަވެސް އޭގެ މާނަޔަކީ ލައިގެން ހުންނަ ހު ރިހާ ފޭ ރާމެއް ބާލާފަ އިންޑިޔާއައް ދެއްކުމެއްނޫން އެހާވަ ރައް އަޅުވެތި ކު ރުވުން ކަމަކުނުދޭ އިންޑިޔާ މިލިޓަ ރީ އައުޓް
ނާ
މިސަރުކާރުން އިޑިއާއައުޓަށް ފުރުސަތު ދީބަލަ. ނަސީދަ ކުޅި ދަށް ކާލާނަމެވެ އިންޑިޔާ މިލިޓަރީ. އައުޓް ި
އިންޑިއާގެ އަޅުވެތި ކުރުމުން ސަލާމަތް ނުވެގެން މިއުޅެނީ! އިންޑިއާ އަށް ޑިޕެންޑްނުވެ ދިވެހިންނަށް ދިރިއުޅެވޭނެގޮތް ހަދަން ކުރީ ސަރުކާރުން އުޅުނީ.
ސޯލިޙޫ އަހަރުމެން ނެރެން ނޫޅޭ އިނގޭ!
އިންޑިއާއާއިއެކު ވިޔަފާރިކުރުމަކީ އިންޑިއާގެ މުށުތެރެއަށް ރާއްޖެ ލާންޖެހޭނެ ސަބަބެއްތޯ؟ އިންޑއާ އައޓް
އިންޑިޔާގެ ބިހާއި އަލުވި މިދައްކަނީ ކޮންވާހަކައެއްހެއްޔެވެ. އަހަރުމެން މިބުނަނީ އިންޑިޔާގެ ސިފައިން މިތާނުބައިތިއްބާށެވެ. މީގެކުރިންވެސް އެތައްވެރިޔަކު މިގައުމުގައި ވެރިކަންކޮށްފިއެވެ. ބޭރުގެ ސިފައިންނެއް ނުބައިތިއްބައެވެ.
އިންޑިއާ އައުޓް. އިންޝާﷲ ހަމަ ބޭރުކުރާ ނަން. އިންޑިއާ އައުޓް. ނުތިބެވޭނެ ފަައްސާލާނަން އިންޝާﷲ ބަލަންތިބޭތި މުނާފިގު ބައިގަނޑު
އިންޑިއާ އަކީ ރާއްޖޭގެ އެންމެ އެކުވެރި އެއްގައުމު. އިގުތިސޯދީގޮތުން އިންޑިއާއަށް ރާއްޖެ ވަރަށް ވަރަށް މުހިންމުވާނެ. ދޭދޭ ދެގައުމެއްގެ ތެރޭގައި ހިގާ އިގްތިސޯދީ ކަންކަމާ އެއްގައުމެއް އަނެއްގައުމެއްގެ ދޭސީދޭސީ ގުޅުމަކީ މުޅިން އެހެން ހަރުފަތެއް. ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލަކީ މުޅިން ވަކިކަމެއް. މިނިވަންކަންމަތީ އޮތް އެއްވެސް ގައުމެއްގައި އެހެންގައުމެއްގެ އަސްކަރިއްޔާ އެއް ނުތިބ|ޭނެ. އަދި އެއްވެސް ގައުމަކުން އެ ފުރުސަތެއްވެސް ނުދޭނެ. އިންޑިއާ ސަރުކާރުން ކީއްވެގެންތޯ އެހެން ގައުމެއްގެ އަސްކަރިޔާ އެގައުމުގައި ތިބުމުގެ ފުރުސަތު ނުދެނީ. ދިވެހި ސިފައިން ތިބުމުގެ ފުރުސަތު ދޭންވީ ނޫންތޯ. އިންޑިއާ އަސްކަރިއްޔާ ދިވެހި ފަސްގަނޑުން ބާލަންޖެހޭ.
މަގާމުގެ ދަހިވެތިކަމުގަ ރައްޖެ ވިއްކާނުލާ. އިންޑިޔާ އައުޓް
ނިކަން މުޒާހަރާ ކުރަން ހުއްދަދީބަލަ. ކޮމްބައެއްތޯ ގިނައީ. އިންޑީޔާ ސިފައިން ބާލާ
2012 ފެބްރުވަރީ 7 އިޢާދަވަނީހެން ހީވަނީ. ކުރިންވެސް އެމްޑީީޕީ ސަރުކާރުގައިއޮވެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ އާންމުރައްޔިތުންނާއި ދެކޮޅަށް ނެރުނީ އެމްޑީޕީގެ އެކްޓިވިސްޓުން. ނަތީޖާއަކީ ރައްޔިތުން ދެބައިމީހުން ތަޅާފޮޅައި ގައުމު ނުރައްކަލަށް ވައްޓައިލުން. މިކަން ކުރުމަށް އެމްޑީޕީ އެކްޓިވިސްޓުންނަށް ދޫކޮށްލުމަށް އޯޑަރު އައުމުން އެކަން ނުކުރެވޭނެ ކަމަށް ފުލުހުން ބުނުމުން އަމުރަށް ނުކިޔަމަންތެރިވިކަމަށް ބަލައި ހައްޔަރުކުރަން އެންގީ. ނަތީޖާ އަކީ ވެރިކަން ވެއްޓުން
އިންޑިޔާއިން ކިތަމްމެ ވަރަކައް ލަރީ ބެހިޔަސް އިންޑިޔާ ސިފައިން ބާލާނަން އިންޝާﷲ
އެވެސް ސިވެހިން ، މިވެސް ދިވެހިން. 👍🏼
ތިޔައީ އިންޑިއާ އައުޓަށް މިހާރަށްވުރެވެސް ތަރުޙީބު ބޮޑުކޮށް ސަރުކާރު ޕްރެޝަރަށް ވައްޓައިލުމަށް ބަޔަކު އަޑީގައި ތިބެގެން ރާވައި ހިންގާ ބޮޑުވެގެންވާ ޖަރީކޮށްފައިވާ މާބޮނޑިއެއް!!
ހޫން ތިޔައީ އަސްލު ތިޔަ ސިޔާސީ މީހުން ޖޮބްޑިސްކރިޕްޝަންގަ އޮންނަަކަމަކީ. ދެންއޮންނަނީ ނިކަމެތިންނަށް ވަޒިފާގެ ބިރުދައްކާާ ފުރައްސާރަކުރުން. ދެންއޮންނަނީ މިނިސްޓަރުގެ ބިއުރޯގައުޅޯ އަނހެންކުދިންގެ އުފަންދުވަސް ފާހަގަ ކޮށް އެކުދިންގެ ބަރުދަން ބަލާ ވަށަމިން ބެލުން މިކަން މަހުންމަހަށް ކުރާ މިނިސްޓްރީތައްހުރޭ. ކުރާނެކަމެއްނެތް ސިޔސީ މީހުންގިނައީ ހުރިހާ ތަނެއްގަވެސް.
ކަލޭމެން ތީ ވަޒީފާ އަށް ނުގޮސް ގޭގަ ތިއްބަސް ހެސްކިޔާފަ ބޯކޮން ލާރި ލިބޭ ގްރޫޕް ދޯ
ދެން ދާނެތަ އިބޫ ފޮޑިއެއް ޖެހިޔަސް އެދިމާލަށް
#އިންޑިޔާއައުޓް
އިންޑިޔާ އެންބަސީގަ ހު ރި ކުމާ ރު އަތުގަ ހަތިޔާ ރު ގުދަނު ޑަބލް ތަޅުދަނޑި އޮތުމަކީ އެއްވެސް ދިވެއްސަކު ގަބޫލުކުގަބޫލުކު ރާނެ ކަމެއްނޫން ތިޔައީވެސް ވަޒީފާގެ މަޖުބޫ ރުން ކު ރާކަމެއް ޒިނޭ ހުއްދަ ކު ރިބަޔަކު ކޮއްފަނުކުރާނެ ކަމެއް ވިސްނާލުން ބުއްދިވެރި
ހިންދޫން ސިފައިން ޖެހެނީ ހަމަ ފައިބަން އިންޑިއާ އައުޓް
ތިވަރުން ދަންޏާ އަދި ސަރުކާރުގެ ވެރިން އިންޑިޔާގެ ބަޔަކަށް މިގައުމު ހަދައިދިނުމަށް އެދި އަޑުއުފުލަންވެސް ނިކުންނާނެހެން ހީވަނީ..އެމީހުން އެގޮވަނީ ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު މިގައުމުގަ ދާއިމަށް ބާރުގަދަކޮށްގެން ތިބެން ނޭދޭވާހަކަ..ކަލޭމެންނަށް ވާނުވާ ނޭގި ތިގޮވެނީ އަދިވެސް ގިނައިން އިންޑިޔާ ސިފައިން އައިސް މިތާތިބޭށޭ ކޮންމެގޮތެއްވެސް އޯކޭއޭ..ދުނިޔޭގެ ތާރީހުގަ ކަންކަން ވެގެންދިޔަ ގޮތް ވިސްނާނުލުން ވަރަށް މުހިއްމު..ޑިމޮކުރެސީ ގެނެސްފަ ހަޖަމުވެސް ކުރަން އެބަޖެހޭ..
އައުޓުކުރަން ރައްޔިތުން މިނުކުންނަނީ
ތިޔަތާ ގިނައީ ކާޑު ޖަހާފަ ޖަގަހަޔައް ދާ މީހުންނާ ޗައްތަރީ މިފަހުންވެސް އެމްޓީސީސި އަށާއި ސްޓެލްކޯ އަދި އާރޑީސީ އިން ވަރައް ގިނަމުވައްޒަފުންނައް ވަނީ ވަޒީފާދީފަ..އޔޮއް ވެމްކޯ އެއްވެސް މިހާރު ޕާޓޭންގެ ހާއްޔަކައްވަނީ ތޯއްޗެއް..
އިންޑިޔާސިފައިން ބައިލަންވީ ރާއްޖެއާ އެންމެ އަވައްޓެރިޤައުމަށް ވެފައި، އެކިކަންކަމުގައި އެހީއަށް އެދެންޖެހޭތީ މީތަފާތުކަމެއް އިންޑިޔާގައި މުސްލިމު އަހުންނަށްކުރާވަރު ނުފެންނަނީތް ބިރުން ރީދޫ ބައިގަނޑު ތިޔައުޅެނީ
އަހަރެމެން ރައްޔިތުން މިނުކުންނަނީ އައުޓުކުރަން. ކަލޯމެން ސިޔާސީ ކުދިން ޓްވިޓާގަ އިންޑިޔާ ކައިގެން ތިބޭ
ރައްޔިތުު މީހުން ރުޅިއަރުވަން ނޫޅެތި. އައުޓުކުރޭ މިހާރުން މިހާރަށް އައުޓުކުރޭ
އިންޑިއާ ސިފައިން ރާއްޖޭގަ ބާތިއްބާނަމަ އިޒްރޭލް ސިފައިންވެސް ބައިތިއްބާ..
ސިޔާސީ ކުންމެހިންނަށް ދިވެހި ބަހުގެ ސުކުނެއްވެސް ނޭނގެ.. އެވަރު މީހުން ޤައުމޭ މިކިޔަނީ
މިބުނަނީ އިނޑިއާ މިލިޓަރީ ބެކްއޮފް.
މަނިކުފާނު އިސްވެ ހުންނަވާ ކެރަފާ ނަސީމާ އެކު ޖަރުމަންގެ ބާލިން ފެއަރ ގައި ލީފްލެޓް ބެހި ޓޫރިސްޓުންނާނަން ގޮވާލާ އަދި މަނިކުފާނާ ކެރަފާ ނަސީމާ އަބްދުﷲ ޝާުހިދާ ވެގެން މިގައުމަށް އިންޑިޔާ ސިފައިން އަރާ ވަގުތުން ހިފަން ގޮވާލި މިވަރަަށް ގައުމެއް ފުނޑުކޮށްލާ އިގްތިސާދު ހަލާކުކޮށްލަން މަސައްކަތްކަތް ކުރެވޭނީ މަނިކުފާނާ ކެރަފާ ނަސީމާ އަބްުދުﷲ ޝާހިދަކީ ގައުމަށް ގައްދާރު ވެފައި ތިބި ތިންމީހުން އެހެން ގައުމެއްގައި ނަމަ މިހާރު ތިޔަ ތިންމީހުންގެ ވަސްވެސް ނުފެންނާނެ......ޔަގީންކަމެއްމީ