ރާއްޖޭގެ ސިފައިންގޭގެ ބަޑި ގުދަނަށް އިންޑިއާ އަސްކަރިއްޔާގެ ސިފައިން ވަދެ އެތަނުގެ ހަތިޔާރުތަކުގެ ތަފްސީލް ނުނަގާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން އެހެން ވިދާޅުވީ ރާއްޖޭގެ ސިފައިންގޭގެ ބަޑި ގުދަނަށް އިންޑިއާ އަސްކަރީ ސިފައިން ވަދެ އެތަނުގެ ހަތިޔާރުތަކުގެ ތަފްސީލް ނަގައިފައިވާ ކަމަށް ސިފައިންގެ ބަޑިގުދަނުގެ ވެރިޔާގެ މަގާމު ކުރިން ފުރުއްވި އަހުމަދު ފަޔާޒު (ޕާޕާ) ވިދާޅުވުމާއި ގުޅިގެންނެވެ.
ފަޔާޒު އެހެން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅިގެން ރޭ އޭނާގެ ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރި ވީޑިއޯއެއްގަ އެވެ.
އެ ވީޑިއޯގައި ފަޔާޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ ދިފާއި ދާއިރާ މިހާރު ހިންގަމުންދަނީ އިންޑިއާއިން ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވި އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ސިފައިން ޑައުންގްރޭޑް ކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ވި އެއްބަސްވުންތަކުގައި އިންޑިއާގެ ނިޒާމް މި ގައުމުގައި ގާއިމް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ފަޔާޒު ތުހުމަތު ކުރެއްވެވި އެވެ.
"އިހަށްދުވަހަކު އިންޑިއާގެ އެންބަސީ މީހުންނާއި އިންޑިއާ ސިފައިން ގޮސް ރާއްޖޭ ސިފައިންގެ ބަޑި ގުދަނަށް ވަދެ އެތަނުގައި ހުރީ ކޯއްޗެއްތޯ ބަލައި އެތަނުގައި ހުރި އެއްޗެހީގެ އަދަދު ބަލައި މި ހުރިހާ ސަކަރާތެއް ޖެހީ. ފުރަތަމަ ޔުނީފޯމްގައި އެމީހުން ދިޔައީ އެތަނަށް. ދެން ފަހުން ކުލަ ހެދުމުގައި ދިޔައީ. އެތަނަކީ އެމްއެންޑީއެފްގެ ކޮންމެ ކޮންމެ މީހަކަށް ވެސް ވަދެވޭނެ ތަނެއް ނޫން." ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒު ވިދާޅުވީ ބަޑި ގުދަނުގެ ތެރޭގައި މަސައްކަތް ކުރާ ސިފައިންނަށް ވެސް ވަދެވޭނީ ވަކި ތަންތަނަށް ކަމަށްވާއިރު އިންޑިއާ ސިފައިން ބަޑި ގުދަނަށް ވަނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އަދި އެއީ މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އެ ކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމަށް ވިދާޅުވި އެވެ.
ފަޔާޒު ދެއްކެވި ވާހަކައާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ބަޑި ގުދަނަށް ބޭރުގެ އެއްވެސް ގައުމެއްގެ ބަޔަކު ނުވަންނަ ކަމަށާއި ނުވެސް ވައްދާނެ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ މިއަދު ވިދާޅުވިއެވެ.
ގައުމީ ދިފާއީ ބާރުގެ ހަތިޔާރުތަކާއި ހައްސާސް އާލަތްތަކުގެ ތަފްސީލަކީ އެއްވެސް ފަރާތަކަށް ދެވޭނެ އެއްޗެއް ނޫން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ނަމަވެސް ދިވެހި ސިފައިން ހަތިޔާރުގެ ތަމްރީނާއި ހަތިޔާރު ހޯދުމާއި ހަތިޔާރާއި ގުޅޭ ޓެކްނިކަލް ސަޕޯޓް ބޭރުގެ ގައުމު ތަކުގެ އެހީގައި އަބަދުވެސް ގެންދަނީ ހޯދަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިހާރު އޮންނަ އަސްކަރީ ގުޅުމާއި ގުޅޭ ގޮތުން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގައުމަށް ގައްދާރު ވެވޭނީ ބަޔަކަށް މިވަރަށް //
ތިކަން ކަމަކަށްވެސް ނިމުމެއް އަންނާނެ // އިންޝާ ﷲ //
އެމްއެންޑީ އެފް އިން މިހާރު ހަދާނީ ހުސްދޮގު، އެމީހުން ތެދަށް ބުންޏަސް މިހާރު ޤަބޫލުކުރަން ވަރަށްދަތި، އެހާވެސް އިތުބާރު ނުހިފާވާހަކަ އެތަނުގެ މީހުން ދައްކަނީ، މިގެ ކުރިން ހާދަ އިތުބާރާއި ގަދަރު ކުރި ބައެއް ސިފައިންނާއި، ޕޮލިސް އަކީ، ނަމަވެސް ......
ޢާ ތެދުހަދާނީ ކްއިކް ރިޒާ.
ކަންތައް ވަމުންދާ ގޮތުންނާއި ކަންތައް ވެފައޮތް އޮތްގޮތުން ތިއީ ނުވާކަމެކޭ ނުވަތަ ނުވެނުދާނެ ކަމެކޭ ބުނަން ދަތި.
އިންޑިއާ ސިފައިންނަށް ބަޑިގުދަން ދެއްކި! މިހާރުއެހަދަނީ ދޮގު! މިހާތަނަށް އެމްއެންޑިއެފުން ކިތައްދޮގު ހަދައިފައިވޭތޯ! މިކަންވެސް އަދި ފަޅާ އަރާނެ!
އިންޑިޔާ ސިފައިން ވަނީކީނޫން އިންޑިޔާ ސިފައިންނަ މނޑފގެ އިސްވެ ރިން ދެއްކީ އިންޑިޔާ ސިފައިން ގޮވައިގެންގޮސް މިގޮތަށް އަހާބަލަ ދޭޖަވާބެ ބަލަން.
މިނިވަން ކަމާ ސަރަފާއެކުގަ ދިރި އުޅުމަކީ ވަރައް ހިއްވަރު ހުންނަ މީހުންނައް ކުރެވޭ ކަމެއް .......! މިޒަމާނުގަ މިތިބަ ބޭރުގެ އެހީ ބޭރުގެ ދަރަނި ހޯދައިގެން ބެގީކޮއްގެން އޯވަރ ވެއިޓު ވެފަތިބި މީހުންނައް އުޅެވޭނެ ގޮތެއްނުން މިނިވަން ދިރިއުޅުމަކީ . ތަންކޮޅެއް ހިމަކޮއް ތިބޭ މީހުންނައް ހާސިލުކުރެވޭނެ ކަމެއް.!!!!!!
ދޮގެއް ނޫން އެއީ! އެއީ 100% ތެދެއް. ކަލޭމެން ތެދެއް ނުހަދާނެ. ކަލޭމެން ނޫންތަ ފުރަތަމަ ބުނީ މިރާއްޖޭގަ އިންޑިއާ ސިފައިން ނުތިބެޔޭ. ފަހުން ބުނީ ހަތިޔާރު ހިފައިގެން ނުތިބެޔޭ. އޭގެ ފަހުން ބުނީ އެމީހުން ގެނގުޅެނީ ވަޑާންކައްޓާ ފުއްކައްޓާ އެކަންޏޭ. މިއިރު އަހަރެމެންނަށް އެބަ އިގެޔޭ އިންޑިއާ ސިފައިން މަރުކަޒު ހަދައިގެން ތިބި ހުރިހާ ތަނަކާ ޢަދަދު.
ސިފައިންގެ ވަޒީފާއިން ކަނޑާލި މީހުންގެ ތެރޭގައި ޕާޕާ ވަރުގެ ތަންދޮރު ނުދަންނަ މީހަކު ނުދެކެން. ކަނާދުލުމުގެ ކުރިން ކާނަލް ރޭނއކުން ލެފްޓިނަންޓް އަކަށެއް ނޫން ޑިމޯޓް ކުރަންވީ، ޕްރައިވެޓް ރޭންކްއަށް ޑިމޯޓްކޮށްފަ ކަނޑާލަންވީ. ހަގީގަތަކީ ސިފައިންގެ ރެކްރޫޓެއްގެ ވިސްނުންވެސް މިހާރު ޕާޕާގެ ނެތް.
ވަން ވާހަކަ!!! ނުވަތަ ވަތް ވާހަކަތަ؟
އެމް.ޑީ.ޕީ އަށް ވޯޓު ދެވުނު މޮޔައޭ ހީވޭމިހާރު. ވެރިކަމަށް ދަހިވިޔަސް ބޭރު ގައުމެއްގެ ދަށު މިވަރަށް ވާކަށް ނުވާނެ. ދޮންބަންޑާރައިންނާއި އެހެން ބަތަލުން ކުރެއްވި ޖިހާދު މިދަނީ ބޭކާރުވެގެން. ނޭގި ތިބެ ދަށުވަނީ. ނާސިރު އިންޑިޔާގެ ގޯރާ ވިޔަފާރިވެރިން ބާލުވާ ދިވެހިންގެ އަތްމައްޗަށްް ވިޔަވާރި ބަދަލުކުރިޔަސް އެކަންވެސް މިނިމިދަނީ. ސިޔާސީ ވެއްޖިއްޔާ އެވެސް މިވެސް މިވަނީ ހަމަ ހާއިނުންނާއި ވަގުންނަށް.
އިންޑިއާސިފައިންނާގުޅޭ ތިކަހަލަ ކޮންމެ ކަމެއް މިސަރުކާރުން ދޮގު ކުރާނެ. ފަހުންއެއްބަސްވާނެ.
ޢާްއިލާ މީހުން ވައްކަމާ މަނީލޯންޑްރިން ފަދަ މައްސަލަ ތަކުގަ ތާށިވަންޏާ މޮޔަވެސް ގޮވިދާނެ.
ފުރަތަމަ ކަމަކަށް މި ގައުމުގައި އިންޑިޔާ ސިފައިން އެބަތިބިތަ.... ނުތިބޭނެ....
ބަލަ އިންޑިޔާގެ ސަރަހައްދަކަށް އިންޑިޔާ ސިފައިންނަށް ނުވަދެވޭންވީ ކީއްވެގެން!
ތިހެންކިޔާތަނެއް ނުހުރޭ! އެހެން ނޫނަސް އެން.އެން.ޑީ.އެފް ގައި ނުހުންނާނެ ތިޔަބުނާ އިންޑިއާ މީހުން ބިރުގަންނަވަރު ހަތިޔާރެއް! އެހެންވީމާ ފިތުނަ އުފައްދަން އެކަހަލަ ދޮގު ވާހަކަތައް ދެއްކުން ހުއްޓާލަމާ، އެހެން މީހުންގެ އަނގަ ގޮއްވަން މަތިން ކަލެއް ގޮވާލިޔަސް އެވާހަކަ ނުޖަހަބަލަ!
ފުރަތަމަ އަބަދުވެސް ދޮގު ކޮށްލާނީ، ފަހުން ދެން އެކި އެކި ވާހަކަ ދައްކާނީ. ކުރިން ބުނީ އިންޑިޔާ ސިފައިން ނެތޭ.ދެން ބުނީ ހަތިޔާރެއް ނެތޭ. ދެން ބުނީ ދަނޑިފިނދޭ ހުރީ
ކޮންމެވެސް ކަމެއް ވެއްޖެ. އެހެންވީމަ އަޑެއް ކިޔާނީ