ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކޮށް ބަނގުރޫޓުވުން ހުއްޓުވަން ނިންމާފައިވާކަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައީސުލްޖުމްހޫރިއްޔާގެ އޮފިީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިނިސްޓަރ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ރިފޯމްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިހާރުވެސް މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.

"އޭގެ އިތުރުން ރައީސް ފާހަގަކުރެއް ވިހެން މިހާރު އަޅުގަނޑުމެން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ އިތުރުން އިތުރު މަޝްރޫއުތައް މަޑުޖައްސާލުމަށް އަޅުގަނޑުމެން ނިންމާފަ ވާނީ. މިއީ މިހާރު ކުރަން އަޅުގަނޑުމެން ނިންމާފައިވާ ކަންތައްތައް،" އަމީރު ވިދާޅުވިއެވެ.

ޖީއެސްޓީއާއި ޓެސްކް ބޮޑުކުރުން ނިންމި ނަމަވެސް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސްގެ ނިސްބަތް ބޮޑުކުރަން ނިންމުމާއެކު އެކަމަށް އަހަރެއްހާ ދުވަސްގެ މުއްދަތު ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށާއި ނަމަވެސް މިނިސްޓްރީން ނިންމާފައި ވަނީ ހަ މަހުގެ މުއްދަތެއް ދިނުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފިޔަވަޅުތައް ނާޅައި ދައުލަތުގެ އާމްދަނީއާ ހަރަދާ ނުބައްދަލުވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށާއި އެއީ ބޭރުގެ މާލީ ހާލަތާއި އިގްތިސާާދަށް ބަލައި ފައިނޭންސް ކުރެވޭނެ ވަރުގެ އަދަދެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ފައިނޭންސް ކުރަން ޖެހުނަސް އެކަން ކުރަން ޖެހޭނީ ބޮޑު އަގުގައި. ކޮވިޑް 19 ގެ ތެރޭގައި ސުކޫކް އިޝޫ ކުރި ރޭޓަށް ވުރެ ވެސް ބޮޑު ތަނުން މިހާރު އިންޓްރެސްޓް ރޭޓް އިތުރުވަމުންދާތީ ކޮސްޓް އޮފް ބޮރޯވިން އިތުރުވެގެން ދާނެ. އެއީ އަޅުގަނޑުމެން ކުރިއަށް އޮތް ތާނުގައި ކުރަން ބޭނުންވާ ކަމެއް ނޫން. 2022 ވަނަ އަހަރުގެ ބެޖެޓް ތައްޔާރުކުރި ހާލަތާއި މިހާރުގެ ހާލަތު މިހާރު މި ވަނީ މުޅިން ބަދަލުވެފައި." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކްގެ ރިޕޯޓްތަކުން ވެސް ކުދި އަދި މެދު ފަންތީގެ ގައުމުތަކާ އަޅާ ބަލާއިރު ޖީއެސްޓީއާއި ޓީޖީއެސްޓީ ރާއްޖޭގައި ނެގޭ މިންވަރު ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާ ބަލާއިރު ކުޑަކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޓީޖީއެސްޓީއާއި ޖީއެސްޓީ ޓެކްސްގެ މިންވަރު އިތުރުކުރަން ނިންމީ ވެސް އެކަންކަމަށް ރިއާޔަތްކޮށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަަރު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެކަމަށް ކުރިން ބެލެވުނަސް މިހާރު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ މިންވަރާ ބަލާއިރު 13 ޕަސެންޓާ 16 ޕަސެންޓާ ދެމެދު ކުރިއަރާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

95 ކޮމެންޓް

  1. ލޯބިވާ ވަޠަން

    ބިޑި ނުނީ ތެ ހަދަނީ. ކޮންތާކި ޚަރަދަށް ދައުލަތުން ކުދުކެރީ. އަދިއަސް ރައްޔަތުން ފެލަނީ؟

    165
    2
    • ޜައްޔިތުމިހަ

      ރަގަޅު ވާހަކައެއް. ﷲ ޢަށްޓަކައި ބުނަން ވެރިކަން ކުރަން ނޭންގެންޏާ ފައިބަ ކޮންމެހެން ބުޖެހޭ ރައްޔިތުންނަށް ތުއްޕާން ކުރާކަން

      126
      2
    • ލޮލް

      ނުވާވަރުގެ ކަންތަކާ ހަވާލުނުވެ ރަށުތެރޭން އެހެން ކަމަކާ އުޅުމީ ބުއްދިވެރިކަމެއް.

      54
  2. ހިޖުރަ

    ރައްޔިތުން ފެލާނުލާ، ސިޔާސީ މަޤާމްގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކޮއްގެން ދައުލަތުގެބަޖެޓް މެނޭޖް ކޮއްދެއްވާ

    238
    2
  3. ގަބުޅިބާދަލާ

    ރައްޔިތުން ހަމަތިބެންވީ ތަ މަޑުން. ރައްޔިތުންފެލައިގެން ގައުމުހިންގަން. މުޒާހަރާކުރަންވީ ހުރިހައެންމެންނުކުމެ.

    205
    2
  4. ހށނ

    ހަރަދު ކުޑަކުރަން ބޭކާރު ސިޔާސީ މަގާމުތައް މަދުކޮށް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ކިހިނެއް ވާނެބާ؟ ރައްޔިތުންގެ ކުޑަ މުސާރައަށް ހައްތަހާ ބުރަ ބޮޑުވުން.....ހަރަދު ކުޑަކުރެވޭނެ އެހެން ގޮތެއް ނެތީބާ؟

    100
  5. ޢަލީ

    ހެޔޮވެރިކަން ކުރަނީ ރަްޔިތުންގެ ޖީބުތައް ފުރާލަނީ އަދިވެސް ވޯޓުދޭތި

    171
    1
  6. އަސާސީ

    ވެރިންގެ މުސާރަ ކުޑަކޮށްދީ

    177
    1
    • ދަންޑަހެލުުު

      ތިކަމެން އެވެރިން ނުކުރާނެ. ރައްޔިތުން ނުކުމެ އެވެރިން ބޭލުން ނޫން ގޮތެއް ދެން މަށަކަށް ނުފެނޭ. ހަމަ ބޮޑު މުސީބާތެއް މީ ޖެހިފަ އޮތް

      44
  7. އޭނަ

    ބަނގުރޫޓުވުން ހުއްޓުވަން ނިކަމެތި ރައްޔިތުން ފެލަންވީ؟

    177
    1
  8. އަބްދޫ

    މާލޭގަ ޔާއި ރާއްޖޭގެ ރަށް ރަށުގަ ކުރާނ މަސައްކަތެއްނެތި ވަޒީފާދީފައިވާ ސިޔާސީ މަގާމް ތަކުގަ މީހުންއުޅޭ ކަމުގެ ހަބަރު އެބަހުރި. ޔާމީނު ވެރިކަމުގާ ހުންނެވި އިރު ސާލިހް ވިދާޅުވި ކީއްކުރާ ސިޔާސީ މަގާމްހޭ ދަވްލަތް ހިންގާނީ ސިވިލްސާވިސަސް އިންނޭ އެމެރިކާފަދަ ތަންތާކު މިގޮތަށް ސިޔާސީ މަގާމްތަކަށް މީހުން ލައްވާނަހަދާކަމަށް އެ ވީޑިއޯ ސޯސަލް މިޑިޔާގަ އެބައުޅޭ. ގާނޫނުއަސަސީގެ 97 ވަނަ މާއްދާގަ ބުނޭ . ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްނެތި އެއްވެސް ހަރަދެއްކޮށްގެން ނުވާނެކަމަށް ވެރިކަން ހިންގާފަރާތަށް އަމުރުކުރާކަމަށް. މިހަރަދުތައް މިކުރަނީ މަޖިލީހުންފާސްކޮށްފަ ހުރި ގާނޫނެއް އޮވެގެންބާ؟

    63
    1
  9. އިދްރީސް

    ރައްޔިތުން ދެން މި މީހުންނަށް ވޯޓް ނުދޭތި
    މިއަންނަ އަހަރު ވަރަށް ބާރުލާފައި ވޯޓް ހޯދަން އަންނާނެ

    161
    1
  10. ހުވަދޫ މީހާ

    ޝުކުރިއްޔާ!!! ތަންދޮރު ނޭގޭ މީހުން މަޤާމް ތަކާ ހަވާލުވީމަ ވާނެ ގޮތްތައް މިފެންނަނީ..

    ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް :
    - ރައީސްކަން ކުރީތީ ދެމުންދާ ބިލިއަން ރުފިޔާ ދިނުން ހުއްޓާލުން
    - މިނިސްޓްރީ ތަކުގަ ތިބި ސިޔާސީ މަޤާމްތައް އުވާލާ
    - ނާޗަރަންގީ ޖަހަން ކޮންމެ މަހަކު ރާްޖެއިން ބޭރަށް ތިދާ ދަތުރުތައް ހުއްްޓާލާ
    - ވެރިންގެ މުސާރަ ކުޑަ ކުރޭ
    - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރީތީވެ ދެމުންދާ އިނާޔަތް ދިނުން ހުއްޓާލާ

    ކަމެއްވާ އިރަށް ނިކަމެތި ރައްޔިތުމީހާ ބިކަ ކޮށްލަނީ ތި 😡

    195
    1
  11. އަޒޫ

    ވެރިކަން ކުރަން ނޭންގެގެންޏާ އިސްތިއުފާދީފަ ގެޔައްދޭ ކޮންމެހެން ރަންޔިތުން ފެލާނެކަމެއްނެތް، އެމްޑީއެން ލާދީނީ ބަލާވެރި ވެރިކަން.

    136
    1
  12. ސޯލާސިސްޓަމް

    ރާއްގެ ބަނގުރޫޓުވުން ހުއްތުވޭނީ ރައްޔިތުން
    ބަނޑައްޖެހިގެން......،.

    113
    • ވިއްޓޭ

      ކޮބާ އަދިވެސް ތަންދޮރު ނޭގޭ ވެރިންގެނޭ. ނަޝީދައްވެސްވީ މިވަރު. އެމްޑީޕީގަ ތިބީ ކަމެއް އެނގޭ ބަޔެއްނޫން. ވެރިކަން އަތުލަންވީ.މިކަންކުރަންވެގެން އަވަހައް ހައްޖަށް އެދިޔައީ. ރައްޔިތުން ހަނާ ވަނީ. ބޭކާރު ވަޒީފާ ހަދައިގެން ލާރި ހުސްކުރެވޭތޯ ބަލަނީ

      53
  13. އުގުރި

    ނާގާބިލު ސަރުކާރު..

    135
    1
  14. މުސީބާތް

    އަދި ދެތިން ބުރިޖު އަޅާލާ..ކޮވިޑުގެ ސަބަބުން ކުރިމަތިވި ތަދުމަޑުކަމުން އަރައި ނުގަނެވި އުޅެނިކޮށްވެސް ބޭކާރު ޙަރަދުތައް ކުރުން ވީ އިތުރު..ޖީ އެސް ޓީ ބޮޑުކޮށް ނަގާބަލާ ބޮޑު މުސާރަ ނަގައިގެން ތިބޭ މަޖިލިސް މެންބަރުންގެ އަތުން..ގިނައިން ނެގިވަރަކަށް ގިނައިން ކާލާބައި އިތުރު..އާއްމު ރައްޔިތު މީހާއަށް މިއޮންނަނީ މިވެރިން ކެއީމަ ކޭބައި ފޫބައްދަން ޖެހިފަ..ޚިޔާނާތާއި މަކަރާ ހީލަތްތެރިން ގިނަ ތަނެއްގަ ކޯންޗެއް އިތުރުވާނީ..؟؟ގައުމުގެ ހަޒާނާއެކޭ ފޫގޮއްސަ އޮތް ލޯނާއްޓެކޭ އެއް ގޮތް..

    49
  15. ޟުގުރި

    ޙުރިހާ ޕޮރޮޖެކޮޓެއް ފައިސާއެއް އިންޑިޔާ ކުންފުނިތަކަށް ދިނީމަ . ޑޮލަރު ބޭރުވާވަރު ގިނަވީ. ޜާއްޖެހުސްވީ

    50
  16. ދޫނި ރާއްޖެ

    ޓުވަރިޒަމް ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެއްވެސް ލުޔެއް ނުދީ، ޓީޖީއެސްޓީ ނުވަތަ ޓުވަރިޒަމް ޓެކްސް %12 އިން %16 އަށް ހެދީމަ އޭގެ ހުރިހާ ގެއްލުމެއް ވާނީ އާދައިގެ ވިޔަފާރިވެރިންނާ އެމީހުންގެ އާއިލާތަކާ މުވައްޒަފުންނަށް. ރިސޯޓު މަހުޖަނުން ހިތް ހަމަ ޖައްސަން ރިސޯޓު ކުލި ކުޑަ ކޮއްދީފައި އެއޮތީ މިނިންމުން ސަރުކާރުން ނިންމުމުގެ ކުރިން....އެހެންވީމަ އެމީހުންނަކަށް މިއަކުން މާ ބޮޑު މައްސަލައެއް ދިމައެއް ނުވާނެ. އެކަމަކު ގެސްޓު ހައުސާ ސަފާރީތަކާ ޓުވަރިޒަމް ދާއިރާގެ އެހެނިހެން އާދައިގެ ވިޔަފާރިތައް ކުރާ މީހުންނަށް ވަރަށް ދަތި ދުވަސްތަކެއް ކުރިއަށް އޮތީ....ފައިދާގެ ގޮތުގައި ލިބޭ އެއްޗެއް ދެން ނޯންނާނެ. މިހާރުވެސް ލިބޭ އާމްދަނީގެ 30 ޕަސެންޓު އެވިޔަފާރިވެރިން ދައްކަނީ ޓެކްސާ އެކަހަލަ ބައިތަކަށް.. ދެން ހަރަދު ކަޑާފައި ކޯއްޗެއް އޮންނާނީ؟ މިހަމަ ޓުވަރިޒަމް ސިނާއަތުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޑާލަން ސޯލިހު ހިންގާ ޖަރީމާއެއް.

    ހެޔޮ ނިޔަތެއްގައި ގައުމު ބަގުރޫޓުވުމުން ސަލާމަތް ވާން ކަމެއް ކުރާން އުޅެ ބަޔަކު ނަމަ، ސިޔާސީ މީހުންނާ މަޖްލިސް މެންބަރުންގެ މުސާރަ ކުޑަ ކުރީސް. އެކަމެއް ނުކުރޭ. ފުލުހުންނާ ސިފައިންނާ މަޖްލިސް މެންބަރުންނާ އެމީހުންގެ މުޅި އާއިލާއަށް ޓުރީ ޓޮޕާ ތަންތަނުން ފުރީ މެޑިކަލް ދިނުންވެސް ހުއްޓާލާ އާއްމު އާސައިންދައިގެ ސްކީމު ތެރެއަށް އެމީހުންވެސް އަނބުރާ ވެއްދީސް...ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ އެއްވެސް ފިޔަވަޅެއް ނެތް.. ދެން އަނެއްކާ މިއަހަރު ދުނިޔޭގެ އިގްތިސޯދު ގޯސްވަމުން އައި ދަނޑިވަޅުގައި ބޮޑެތި ލޯނުތަކެއް ބޭރަކުން ނުނެގީސް ތަންތަން ހަދާކަށް. ތަންތަން ހެދުމަކީ މިކަހަލަ ދަނޑިވަޅެއްގައި ޒަރޫރީ ގޮތުން ކުރަން މަޖުބޫރު ކަމެއް ނޫން. މިސާލަކަށް ބުރިޖާ މަގު ހެދުމާ...މި ހަމަ މަޑު ޖައްސާލެވޭނެ ކަންކަން. އެހެން ގައުމުތަކުގައިވެސް ވިސްނޭ ވެރިން ހެޔޮ ވެރިން އެކަން ކުރާނީ އެގޮތަށް...މިތަނުގައި ހުރި ނުބައި ނުލަފާ ވެރިއެއް ރިސޯޓު މަހުޖަނުންގެ ޖީބަށް ވެއްޓިގަނެގެން އޮތް!

    36
    1
  17. ޕޮގުބާ

    އެމްޑީޕީ މީހުންނަށް ހަޖަމް ވޭތަ؟ މިއަށްކިޔަނީ ރަށްޔިތުން ފެލުން އަދިވެސް އެމްޑީޕީން ބުނާނެ ރަށްޔިތުން ނުފެލަމެ ސަރުކާރަށް ދިވެހިރަށްޔިތުންނަށް ބޭރުގައިމުތަކުން ލިބޭ ހުރިހާ ފައިސާއެއް ޕާޓީގެ ބޮޑެތިންނަށް ބަހާފަ ނިކަމެތިން ފެލަނީ ސަރުކާރުގެ މުއަށްޒަފުންގެ މުސާރަވެސް އަދި ކުޑަ ކުރާނެ ހެވިފަ ތިބޭނެކަމެއްނެތް

    47
    • ޝަކީނާ

      އެހެން ރައްޔިތުންތަކާއި އެކު އެމްޑީޕީ ރައްޔިތުންވެސް މިފަހަރު ޖެހޭނީ ހަޖަމް ކުރަން. އަގު ބޮޑުކޮއް ޕެޓްރޯލާއި ޑީސަލްވެސް ގަންނަން. އަދި އަގުބޮޑު ޓެކްސީ ލާރިވެސް ދައްކަން. އަދި ބޮޑު ޖީއެސްޓީވެސް ދައްކަން. އަދި ޓުރެފިކު އިސްޓިކާލާރިވެސް ދައްކަން. އަދި ބާޒާރުން އަގުބޮޑުކޮއް ކާބޯތަކެއްޗާއި ފެލިވަރު މަސްދަޅާއި އަދި އިމާރާތް ކުރާ ސާމާނުވެސް ގަންނަން. އަދި ސަތުކާރުންނަގާ ހުުރިހާލޯނު ދަރަންޏެއްވެސް ކަރުގަ އަޅަން. އަދި ސަރުކާރުގެ މަތީ މަގާމުތަކުގަ ތިބި ބަޔެއް މީހުންގެ ބަރަހަނާ ވީޑިއޯތަކާއި އަދި ހިންގާ އެއްޖިންސުގެ ގުޅުންތައްވެސް އެމީހުން ބޮޑު މުސާރަ ނަގައިގެން ހިނަގާފައި އެކަމަށް އެކަށީގެންވާ އަދަބުން ރެކިގަނެގެން ތިބޭ ތަން ބަލަހައްޓައިގެން ތިބޭން. ދެން އެކަންކަމާ އަޅާނުލާހުރެ ރައީސުލް ޖުމްހޫރިއްޔާ ހައްޖައްގޮސް ހައްޖު ދަތުރު ފޮޓޯތައްވެސް ނޫސްތަކުން ބަލަންތިބެން. އަދި ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ ޓެކުސްފައިސާއިން އަޗާތަޅަން ބޭކާރު ބައްދަލުވުންތަކަށް ގޮސް ބޮޑެތި ޚަރަދުތައް ކުރާތަން ބަލަން ހުންނަން. ސޭކުސްތާނުގަ ވާނީ މިހެންނޫންތޯ.

      11
  18. އުޘްމާން އަރީފް

    ފެނިގެން މިދަނީ ގައުމުގެ ހުންގާނަ މާލިމީކަން ކުރަންނުދަންނަ މީހަކު މާލިމީކަމަށް ނެގުމުން މި ގައުމު ދުވަހަކުވެސް ފުންނުވާވަރުގެ ފަރަކަށް އަރާ މުޅިގައުމު ފުޑުފުޑު ވެގެންދާމަންޒަރު. މިކަމުގެ ޒިންމާ ނަގަންޖެހޭނެ އެން ޑީ ޕީ އިން.

    46
  19. އަހްމަދު

    އަމީރުދެން އިސްތިއުފާދީފާ ގޭގައި މަޑުކޮށްލަންވީނު.

    51
  20. ޙަސަނާ

    ހަރަދު ކުދަކުރަން ސިޔާސީ މަގާމުތަކާ ކުންފުނިތަކައް ބޯގިނަކުރަން ވަޒީފާދީފަ ތިބި އެންމެން ރިސޯޓުތަކައް ފޮނުވަބަލަ އޭރުން ގައުމުންބޭރައްދާ ޑޮލަރުކޮޅުންވެސް ކޮންމެސް އެއްޗެއް ހިފެހެއްޓޭނެ ވީހާގިނަދިވެހިން ރިސޯޓުވަޒީފާތަކައްފޮނުވަބަލަ ފެށުނީއްސުރެ ނިމެންދެން ދެވަނަދައުރައްވޯޓުހޯދަން ގޭމު ނުކުޅެބަލަ ވީހާވެސް ބޮޑަކައްދިވެހި ކުންފުނިތައް ބޭނުންކޮއްގެން މަސައްކަތްތައްކޮއްބަލަ ކީއްތަވާނީ މއަންނަދައުރު ގެއްލުނިއްޔާ ވާވަރައްކާލައިގެންނު މިހާރުތިތިބީ 7 އަހަރުމަގުމަތީ އުޅުނީމޭކިއާފަ ހައްލާގެން އެކަމުގަ އުޅުނު ނިކަމެތިން އިތުރަެްކޮއްލީ ނިކަމެތި ލަންކާއައްވުރެ ވެސް މިތާގެ ހާލު ދައްވުމަކިވެސް ދުރުކަމެއްނޫ ޔާﷲ މި މުސީބާތެއްފަދަ ފާޝިގު މީހުން ތިބި ސަރުކާރު ގެ ބަލާވެރިކަމުން މިގަމު ސަލާމަތްކުރައްވާންދޭ..އާމީން

    34
    1
  21. ތތތ

    އެކަކައް އެއްވޯޓެއްވެސް ނުދޭނަން. 2023 ހަދާންކަނޑާލާ

    35
    3
  22. އަބްދޫ

    ރާއްޖެ ބަގުރޫޓް ވުން ޓެކްސްނަގައިގެން ނުހުއްޓުވޭނެ. މިހާރުވެސް ކުރާނެ މަސައްކަތެއްނެތް ސިޔާސީމަގާމްތަކުގަ އެތައްބަޔަކު އެބްއުޅޭ ކަމުގެ ހަބަރު ލިބޭ.ޔާމީނުގެ ވެރިކަމުގަ ސާލިހް ވިދޅުވި ކީއްކުރާ ސިޔާސީމަގާމްހޭ ސިވިލްސާވިސް ކޮބާހޭ އެމްރިކާފަދަ ގައުމުތަކަު ސިޔާސީމަގާމް ނުއުފައްދައޭ. ރާއްޖޭގެ ގާނޫނުއަސަސީ ގެ 97 ވަނަ މާއްދާގަ ބުނޭ ރައްޔިތުންގެ މަޖިލީހުންފާސްކޮށްފައިވާ ގާނޫނެއްނެތި އެއްވެސް ހަރަދެއްނުކުރުމަށް ވެރިކަން ހިންގފަރާތަށް އަމުރުކުރާކަމަށް. ދަރަނި ނަގައިގެން ސިޔާސީ މީހުނަށް މުސާރަދީ އެކިފަރާތްތަކަށްލޯނުދެމުންދައިރު ދަރަނިދައްކަން ޓެކްސް ދައްކަންވާނީ ދަރަނި ލޯނުތަކުން މަންފާލިބުނުފަރާތްތަކުން އެކަނި. ރައްޔިތުންނަށް ދަރަނި ލޯނުން ލިބުނު މަންފައެއްނެތް އިތު ރައްޔިތުން އެލޯނުތަކާ ޒިންމާވާންޖެހޭނެބާ؟

    23
  23. ހަސަނު

    އަމީރު ބޯގަޅިވާހަކަ ނުދައްކާ ސަރުކާރު ހިއްސާވާކުންފުނިތަކާ ، ދައުލަތުގެ ފައިސާއިން ޙަރާމްގޮތުގަ ނަގާބައި ނުނެގޭނެ ފަދަ މެކޭނިޒަމެއްރާއްވަލައިގެން ތިޔަ ޓެކުހުން ރައްޔިތުން ފެލާލައިގެން ނަގާ އެއްޗަކަށްވުރެން މާގިނަފައިސާ ސަރުކާރަށްވަންނާނެ.

    27
  24. ނޯ

    ސަރުކާރު ބަގުރޫޓުވަނީ . ނަގާހުރިހާ ލޯނެއްގެ ޕްރޮޖެކްޓްތަށް އިންޑިޔާ ކުންފުނިތަކަށްދީ އަދި މަސައްކަތުމީހުންގެ ގޮތުގައި އެތަށްހާސް އިންޑިޔާ މީހުންގެނެސް ދިވެހިދައުލަތުން އެތަކެއް މިލިޔަށް ރުފިޔާ ހަރަގުކޮށް ޑޮލަރުބޭރުކުރާތީ. ދިވެހިން ނެކޭ ބޭރުމީހުންނެކޭ އެއްގޮތަށް ވިޔަފާރި ކުރުމުގެ ހުއްދަދިނުމުގެސަބަބުން މުޅިރާއްޖޭގައި ބޭރުމީހުންގެ ވިޔަފާރިތަށް އެކިކުންފުނި ތަކުގެ ނަމުގައި. ވަގު ނޫހުން މިކަހަލެގެ ރިސާޗެއްހަދާފަ ބޭރުވާ ޑޮލަރުބަލާލަބަލަ

    27
  25. ނައިބް ތުއްތު

    ބޭކާރު ޕުރޮޖެކްޓުތައް ހުއްޓާލަމާ ... ބުރިޖް ވެސް .... ލިބޭ އެއްޗަކުން އުޅެން ދަސްކުރަންވާނީ

    36
  26. ކަހީނުބެ

    ބަލަ ރައްޔިތުން ނުފެލައި މަޖިލިސް މެންބަރުންނާ، ސިޔާސީ މަގާމުތަކުގައިތިބި މީހުންގެ މުސާރަ ކުޑަކޮށްބަލަ. ހޭބަލި މީހަކު ނުވާނެތަ

    33
  27. ބަޚީލުކަލޭގެ

    އަދިވެސް ބޭރަށް ކުރާދަތުރުތައްވެސް ކުރިޔަށް ބާރަށް ކުރިޔަށް

    30
  28. ޛ

    ވެރިންގެ މުސާާރަ ކަޑަންވީ

    33
    1
  29. ޗޮކުހުން

    އެއްގޮތަކަށްވެސް ބަނގުރޫޓްވުންހުއްޓުވާކަށް ނޫން. 2023 ގަބަހަން ލާރިކޮޅެއް ލިބޭތޯބަލަނީ.

    30
  30. އޮޅުވާލި ވޯޓު

    ތިޔަކުރާހިތްވަރައްހަމަސާބަސް ރައްޔިތުން މިއުޅެނީ އަގާއތާދިމާނުވެގެން އުޅޭއިރުގަވެސް ރައްޔިތުން ފެލާލައިގެން ސަރުކާރުހިންގަން ދިމާތިކުރީނާގާބިލު ސަރުކާރައްމަރުހަބާ

    22
  31. Anonymous

    ވެންމަސް ވެނަށް ކާންދޭން ކުރާކަމެއް. މިމީހުން ތަކުރާރުކޮށް ބުނެފަ އެބައޮތް ރާއްޖެ ބަނގުރޫޓޭއް ނުވާނެއޭ ހާސްވާކަށް ނުޖެހެއޭ.

    26
  32. ސަންފަ

    އަވަހަށް ރިސޯޓު ކުލި ކުޑަކޮށްފައި، ނުގަވައިދު ބިދޭސީންނަށް އިގްތިސާދުގެ ކޮންޓުރޯލު ދީފައި ރިޔާސީ ވަޒީފާތައް އިތުރުކުރޭ... އަދި ޖީބަށް ވަންނަ ބައިވެސް ބޮޑުކުރާ ތި. ގައުމެއް ނެތް

    27
  33. ނިކަމެތި

    އާންމު ރައްޔިތުން: ދިރިއުޅުމަށް އިތުރު ފައިސާ ބޭނުންވެއްޖެ. ކިހިނެއް ހަދާނީ؟ ވަޒީފާގެ އިތުރުން ހުސް ގަޑީގަ އެހެން މަސައްކަތެއް ކުރަންވީ...

    އިއްޒަތްތެރި ވެރިން: ސިންގަޕޫރު ޗުއްޓީ ދާންވާނީ މިފަހަރު. ކީކޭ؟ މަގޭ ބޮޑު މުސާރަ ދައުލަތަކަށް އަންނަމަހު ނުދެއްކޭނެ ؟ ލޯނެއް ނަގާލާފަ ޓެކްސް ބޮޑުކޮށްލާ.

    20
  34. އެނދިމަރިޔަނބު

    އަމީރުއަށް ފެންނަނީ އެހެން ގައުމުތަކުގެ ޓެކްސް މިންވަރު، އެހެން ގައުމުތަކުގައި ޓެކްސް ފައިސާ ޚަރަދު ކުރާގޮތް ސާފުކޮށް ފެންނަން އޮވޭ، އަނެއްކާ އެމްޕްލޯއިމަންޓް ރޭޓް މަތި. އާބާދީގެ ދެބައިކުޅައެއްބައި އުޅެނީ އާންދަނީގެ 90 ޕަސެންޓު ގެ ކުއްޔަށް ޚަރަދުކޮއްގެނެއްވެސް ނޫން. މި އަމީރު މީ ޖެހިފަ އޮތް މުސީބާތެއް.

    27
  35. ބަލާއއްމީ

    އެތައް އަސާސީ ހިދުމަތަކުން މަހުރޫމުވެފަތިބި ރާއްޖެތެރޭ އެތަށް ރައްޔަތުނެއްގެ އަތުން ފައިސާ ފެލައިގެން ކަލޭމެން ބޭނުންވާ ބަޔަކަށް ތިކާންދެނީ މިހާރުވެސް އެއޮތީ 48 ބިލިއަންރުފިޔާގެ ބިން އެންމެ ފަސްހާސް މީހުންނަށް ބަހާލަން ޕްލޭންކޮށްފަ ވަކި ތަނެއްގަ ވަޒީފާ އަދާކުރާތީ މުޅިއާއިލާއަށް ލިމިޓެއްނެތި ބޭސްފަރުވާ އެންމެ އަގުބޮޑު ހޮސްޕިޓަލްތަކުން އެތައްބަޔަކަށް ޑަބަލް ޕެންޝަން ދައުލަތުން ސަބްސިޑީ ދީގެން ކާންދޭ ލައްކަަަކަށްވުރެގިނަ ބަންގާޅީންއެބައުޅޭ ގައުމެއްތަ ތިހިންގަނީ؟

    23
  36. ރަށުތެރޭކަލޭފާނު

    މިގައުމު ހަމައަކަށް އެޅެން އޮތީ އެންމެ ގޮތެއް އެއީ މިގައުމު ބަނގުރޫޓްވުން މިގައުމު ބަނގުރޫޓްވެގެން މިގައުމު ސަލާމަތްވާނީ ގައުމުގެ މުއްސަނދިކަން ވަކިބަޔަކަށް ލިބޭގޮތަށް ތަރުތީބުވެފަ އޮތް ސަގާފަތެއް މިގައުމިގަ އޮތީ ނިކަމެތި ރައްޔިތެއްގެ ހައިސިއްޔަތުން މަށަށް ރަނގަޅީ މިގައުމު ބަނގުރޫޓު ވިއްޔާ އަހަރެމެންކަހަލަ އެތައް ހިދުމަތަކުން މަހުރޫމުވެ މުޅި އުމުރު ހޭދަކުރަންޖެހިފަ ތިބި މީހުންގެއަތުން ފައިސާ ނައިގައިގެން ވަކި ބަޔަކަށް ތިބަހާލުމުގެ ނިޒާމެއް އޮތްގައުމެއްމީ މިނިޒާމު ނައްތާލެވެން އޮތް ހަމައެކަނި ގޮތަކީ މިގައުމު ބަނގުރޫޓްވުން

    18
  37. ހަލީމު

    ބަލަގަ އަދިވެސް ބޭކާރު މަގާމުތަކާ މަޖްލިސްގެ ބޮޑު މުސާރައާ އެމީހުންގެ އިންޓަނޭޝަނަލް އިންޝުއަރެންސާ ބޭކާރު ދަތުރުތަކާ ބޭކާރު ޕްރޮޖެކްޓުތަކާ ދައުލަތުގެ ކުންފުނިތަކުން މިފެލާލާ ލާރިތަށް ހުއްޓުވާކަށް ނުވޭ! އަދިވެސް ރައްޔިތުން ފެލަންވީ؟ 1ލައްކަ ރުފިޔާ މުސާރަ ލިބޭ މީހާގެ މުސާރަ ކަނޑާބަލަ! 5ހާސް ރުފިޔާ ލިބޭ ކުލިދައްކައިގެން އުޅޭ މީހާގެ މުސާރަ ނުކަނޑާ! ޓެކްސް ނުދައްކާ އުޅޭ ޕާޓީތަކުގެ ވެރިންނާ ސަރުކާރަށް ތާއީދުކުރާ ކުންފުނިތަކުން ނުދައްކާ ހުރި ޓެކްސް ނަގާބަަލަ!!

    22
  38. ހަލާކު

    ރާއްޖެ ބަގުރޫޓްވުން ހުއްޓުމައް ރައްޔިތުންމަޖިލީސް މެމްބަރުންގެ މުސާރަ ކުޑަކުރަން ފެނޭ.

    28
  39. ހޯރަ އިއްބެ

    މުޅި ރާއްޖެ ހަލާކުގެ ތެރެއަށް ވައްޓައިނުލާ މިރާއްޖެ ސަލާމަތް ކުރުމަށް ރައްޔިތުން ނިކުންނަންޖެހޭ ަ

    33
  40. ކިނބޫ

    މިއީ އިންޑިޔާ އަޑީގައި އޮވެގެން ގަންނަ ގަނޑެއް. އަމީރުގެ އެޑްވައިޒަރަކީ އިންޑިޔާ މީހެއް، އެމީހުން ބޭނުންވާނީ ރާއްޖެ ދަރުވާލާ ސަލާންޖަހަން އަދި އިންޑިޔާއިން ފައިސާނަގާ ރާއްޖެ ދަރުވާލާ އިނދަޖައްސާލަން

    31
    1
  41. ާދަލޭކް

    ރައްޔަތުންގެ ލޭތަ އަދިވެސް ބޮނީ ދިވެހި ދައުލަތުގެ ހުރި ފައިސާ ޤައުމުން ބޭރަށާއި ޤައުމުގެ އެތެރޭގައި ލަޝްކަރު ގޮވައިގެން ދަތުރުކޮށްކޮށް ހުސްކުރަނީ ދަރަނި އެވަރަށް ނަގަނީ ކީކޭ ބުނާނީ.

    25
    1
  42. ހުދުކާޅު

    ބަނގުރޫޓުވުން ކުޑަކުރުމެހ ނޫން. ރައްޔިތުންފެލުން. ހެލައިގެން ތިމީހުންގެ މުސާރަތައް ބޮޑުކުރުން. ކޮން ޚަރަދެއް ދައުލަތުން ކުޑަކުރީ. އަދިވެސް ސްޓޭޓް މިނިސްޓަރުންނާ އަނެއްޗަކާ އަނެއްޗަކާ ކިޔައިގެން މަޤާމުތައް ދެނީ. މީތަ އެބުނީ ގަނގުރޫޓެއް ނުވާނޭކިޔައިގެން ދުރާލާ ފައިސާ ހޯދަން ވިސްނި އުޅަކީ. ރައްޔިތުންނަށް ޙަރާމް ކޯރުގެ ދައުލަތްނހިންދާލީ. ކޮންމެ މިކަހަލަ ކަމެއް ކޮށަފައި ރައީސްމީހާ ހުންނާނީ ޤައުމުން ބާރުގައި.

    23
  43. އަބުދުﷲ

    މިހާލަތައް ކިޔަނީ ދިޔަހިއްކާ ތިލަކުރުން . ދިޔައަރާތަންތަން ކަމުގަވާ ކުރީގެ ރައީސުންނައް ދޭ ފައިސާ ޑިޕޮލޮމެޓުންނާ މެމްބަރުންނާ ކައުންސިލްތަކާ މިދިޔަ އިންތިހާބައް ވަޒީފާއޭ ކިޔާފަ ދޭންފެއްޓި ފައިސާތަކާ މިތަންތަނުގަ އުނގުރި ނުޖަހާ ރައްޔިތުން ދިޔަހިއްކަ ހިއްކާ ޅިނދުބިދުނަސް ތިކަމެއް ނުވާނެ . !!! މިހާރު މިތިބަ ސިޔާސީ މީހުންނައް މިތަން ތިލަނުކުރެވި މި އޮޑި ފެތޭނެ .!!!!!! ދިވެއްސަކައްވީތި ފަޚުރުވެރި ނުވެ ދިވެއްސަކައްވީތީ ހިތާމަކުރަން.

    14
  44. ހާ

    އިހަކަށްދުވަހު ބުނީމުނު ގައުމު ބަގުރޫޓް ނުވާނެކަމަށް!
    އާދޭސްކޮށްފަބުނަން ތިޔަބޭކާރު ސިޔާސީ މަގާމުތަށް އުވާލަދީ އަދި އެހެނިހެން ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކޮށްދީ! ވެރިކަން ކުރީތީ، މެމްބަރުކަން ކުރީތީ ދޭ އެލެވަނސް ތަށް ހުއްޓާލާ! އެރުން ތިޔަ 2% އިތުރުކުރި ޖީ އެސް ޓީ ލިބޭވަރަށް ވުރެގިނައިސް ދައުލަތުގެ ބަޖެޓަށް ވަންނާނެ!

    16
  45. ދބހި

    ބިޑި އަނބަރަފެލައު ސަރުކާރަށް ލާރި ހޯދާ!

    15
  46. އާރު

    ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރ ބޭރުކުރޭ. މިތަކުރިމައްޗާށް މާދަމާ މަދާނަށް. އޭނާ ބޭރުކުރޭ. ހެޔޮ ކުރިއެރު،،

    19
  47. އަނާ

    ވެރިންގެ މުސާރަ ކުޑަކުރޭ އަދި ސިޔާސީ މަގާމްތައް މާފުކުރޭ. އެހެން ނޫނީ ރައްޔިތުންނަށް މަޖުބޫރުވާނެ މަގުމަތީ މުޒާހަރާ އަށް ނިކުންނަން

    18
  48. ބުނަން

    ތިޔަ ބުރިޖެ ނޫން ރައްޔިތުން ބޭނުންވަނީ. އމސ އިސްތިއުފާ

    14
  49. އަބްދޫ

    ޓެކްސް ނަގައިރު ބޮޑުކުރާ ތެކްސް ފައިސާ ހޯދަންވަނީ ދަރަނި ނަގައިގެން މުސާރަދިން ސިޔާސީ މީހުންއަތންނާއި ،ވަޒީފާ ނެތިގެންނެ ކިޔާފަ ފަިސާ ބެހި މީހުންއަތުންނާއި އެކިނަންނަމުގަ ލޯނުދިން ފަރާތްތަކުގެއަތުން. ދަވްލަތަސް ނެގި ދަރަނިން އަންމުރައްޔިތުންނަށް މަންފާ ނުކުރޭ ދަރަނީގެ ސަބަބުން މުދަލުގެ އަގު ބޮޑުވެ އަންމު ރައްޔިތުންނަށް ލިބުނީ ގެއްލުން ވިމާ ޓެކްސް ފައިސާ ދައްކަންޖެހެނީ ދަރަނިން މަންފާލިބުނު ފަރާތްތަކުން.

    14
  50. ކެޔޮޅު

    މިއީ ނޫއިޤުތިސޯދު ރައްޔިތުން ފެލާލާފަވެސް ވޯޓްހޯދަން އަންނާނެ!!

    18
  51. އަލަބުރި

    ފިނޭންސް މިނިސްޓަރަށް ހީވީ ތިމަންނަ މީ ލައްކަޔެކޭ ، އޭރުވެސް އަހަރެމެން ނަށްއިނގޭ ކަލޭގެ ތިޔަމާގާމުގެކެޕޭސިޓީ ނެތްކަން ،
    ދެންވެސް ނުވަންޗާ އިސްތިއުފާދީފަ ގެޔަށްދޭ ،މުޅިދައުލަތް ކަލޭމެންގެ އައުވާނުން ނަށް ބަހާ ހުސްކޮއްފަ އަނެއްކާ ޖީއެސްޓީ ބޮޑުކުރުން މީދޯހައްލަކީ،
    ޢާދައިގެ 1500 އާބާދީ ހަމަނުވާ ރާއްރަށުގެ ޕަވާހައުސް ތަކުގަ މެނޭޖަރުންގެ ލެވެލްމަދުވެގެން 03 މީހިން ، އާދައިގެ އެކި މަގާމު ތަކުގައި 30 ވުރެން ގިނަ، ތަނުން ލިބޭ ފައިދާ އައްވުރެން ތަނުގެ ޙަރަދު ބޮޑުވީމަ ދެން ވާނީ ކިހިނެއްކަން ނޭގެ ގަމާރަކު ތިވަރުގެ ކަމާކާ ހަވާލުވީމަ ވާނެގޮތް މިވަނީ، އަދިވެސް ދިވެން ހިން ތިބޭނީ ޕާޓީވެފަ ހެޔޮ އަތާ އަނގަޔާ ދިމާމުވިޔަސް.

  52. ގައުމީ ލޯބި

    މިދާކަށް ދުވަހު މަޖިިލީހުން ރިސޯޓު ކުލި ކުޑަކުރީ.. އަދީ އޭގެ ކުރީން ވެސް ވަނީ ރިސޯޓުތަކުގެ ކުލި (ކުރީން ބިޑު އުސޫލުން ނެގި ކުލި) ލޭންޑް ރެންޓްގެ ނަމުގައި ބޮޑުތަނުން ކުޑަކޮށްފަ..

    ކޮންމެ ރިސޯޓު އޯނަރަކީ ބިލިޔަނަރެއް.. އެ ކަމަކު ކޮވިޑު ހާލަތު ދިމާވުމުން ވެސް ގައުރައުސުލް މާލުން އެންމެ ބޮޑު އެހީވި އެއް ބަޔަކީ މިދެންނެވި މިލިޔަނަރުންގެ ރިސޯޓުތައް.

    އެކަމަކު އެމީހުން އޭރު ދިޔައީ ނިކަމެތި މުވައްޒަފުންގެ މުސާރަ ކަނޑައި ވަޒީފާއިން ވަކި ކޮށް ހަދަމުން..

    މިވަރުވާއިރުވެސް މުއްސަންދީން އަތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ނިކަމެތި ފަގީރުން ފެލަން މިވިސްނަނީ..!
    މަޖިލީހުގައި ތިބީ އެ މަހުޖަނުން ލާރިދީގެން ހޮވާފަ ތިބި މެމްބަރުންވީމަ ތޯ؟

    ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކްސް ނެގުމުގައި ބަލަނީ ގިނައިން ލިބޭ މީހުން އަތުން ބޮޑު ޓެކްސް ނަގާ (ޕްރޮގްރެސިވް ޓެކްސް ނިޒާމެއް) އަމުދުން ގައުމު ހާލުގައި ޖެހޭ ވަގުތު ޓެކްސް ނަގާނީ، މަހުޖަނުންގެ ވިޔަފާރިތަކުން..

    މި ދޫނި ރާއްޖޭގައި އޭގެ އިދިކޮޅު.. ރިސޯޓު ކުލި ކަނޑާދީފައި އާންމު ނިކަމެތިން އަތުން ޓެކްސް އިތުރު ކުރީ.. މަހުޖަނުން އަތުން އެންމެ ރުފިޔާއެއްވެސް ނުނަގާ އިތުރަށް (ޓީޖީއެސްޓީވެސް ދައްކާނީ ގެސްޓުމީހާ)

    ވީމާ، މީ މަހުޖަނުންނަށް މަންފާ ހޯދާ ނިކަމެތިން ފެލާ ސަރުކާރެއް ބޮޑަށް މި ޕޮލިސީތަކުން ދޭހަވަނީ..! މަގޭ ވޯޓު އެމްޑީޕީއަށް ޙަރާމުން ޙަރާމް.

    11
  53. ޙފފ

    ސަރުކާރު މުވައްޒަފުންގެ މުސާރަކުޑަކުރޭ ހުރިހާ ބަލާޔެއް ރައްޔިތުންނައް

  54. ސަލީމްބެ

    އަހަރުމެން ފެލަނީ އިތުރަށް ލިބޭ އެތި ބޮޑެއް ނޫން ކިހާ ބޮޑު ބަލާއެއް މީ ކަލޭމެން ކުރާ ބޭކާރު ހަރަދު ހުއްޓަބަލަ މިހާރުވެސް މަޖިލިސް ރައީސްއަށް ކުރާ ހަރަދު ބަލާބަލަ މީދެން ފުކެއް ބޮޑުވަރު

    8
    1
  55. ހަސަން

    މީ ރައީސް ޔާމީން ގަދަ ތަންކެޑަކީ. މިކަހަލެއި ރޯނު އެދުރުންނަކަށް ނިއެނގޭހެއް ރ.ޔާމީން ގިނިވޭނޑޭ އިގްތިސާދީ ސިޔާސަތު. މިކަލަސް ވެރިކަން ދެރެފެލެއު. މިތަން އަނބަރައި އިއާދަވޭނެ ކިތަންމި ގޮތް ދައްކާހެއް. ރ. ޔާމީން 2023 ޒިންދާބާދު

    10
    1
  56. ދަތްނެތްކުއްޖާ

    ތަމެން ވެރިކަމަށް އަރާފައި ރައްޔިތުންގެ ތިޖޫރީ ގައި ހުރި ހުރި ފައިސާ ތަކެއް ބަދަލު ދެނީއޭ ކިޔާ ހުސްކޮއްފައި މިހާރު ރައްޔިތުން އިނދަޖައްސަން ތި ފެށީ. 2023 ގައި ރައްޔިތުން ޓެކްސް ގައި ހުރި ބާރު ދައްކާލާނެ.

  57. ލލ

    އިހަކަށް ދުވަހުވެސް އަޅުގަނޑުމެން މިނިސްޓްރީއަށް ލައިފި ސިޔާސީ މީހަކު، އެއީ ހަރަދުކުޑަކުރަން އެންގިފަހުން، ގައިމު މިމަގާމު ނުއުފައްދާ ބެހެއްޓިނަމަ 40،000 ރުފިޔާ ކޮންމެ މަހެއްގައި ސަރުކާރުގެ ބަޖެޓުން ސަލާމަތްވާނެތާ...ބޯހަލާކު....

    10
  58. ޢަލީ

    ކޮވިޑުގެ ދުވަސްވަރު ޔާމީނު އާއި ވާދަކުރުމަށް ހައްދުން ނެއްޓި ދާވަރަށް ޕުރޮޖެކްޓް، ވެންޓިލޭޓަރުން ވައްކަން، މިއަދު ބަޖެޓުގައި، ލާރި ނެތޭ، މީ އަރަތެއްތަ، އަދިވެސް ވެރިކަން ދީ، އެއިރުން ލަންކާ އަށް ވި ގޮތް ވެދާނެ ، ދެން ޔާމިން ޖަލަށް ލާ،

  59. އަހުމަދު ނީޒް

    ކޮބާ 2 މީހުންނަށް މުސާރަ ބޮޑު ކޮށްފަ އިންތިޚާބަށް ތަޅާނެ ފައިސާ ހޯދަން ނިކުތީ. މިއަދުވެސް ކޮރަޕްޝަން ހުއްޓުވިއްޖެ ނަމަ ގައުމު ހަމަ މަގަށް އަންނާނެ . ބޮޑެތި ޕްރޮޖްކްޓް ތަކުން ކާލާ ލާރި ގަނޑާ އިސްރާފް ޕްރޮޖެކްޓް ތައް ހުއްޓާލީމަ ގައުމު ހަމަ މަގަށް އެޅޭނެ. ކޮވިޑް ނަމުގަ ނެގި ނާޖާއިޒް ފައިދާ ނުނެގި ނަަމަ ގައުމު އޮންނާނީ ހަމަ މަގުގަ.

  60. ކާމިލް

    އަދިވެސް އިއުލާން ނުކޮށް އިބޫ އެތައް ސިޔާސީ ވަޒީފާތަށް ދެމުން ދޭ .. ރައްޔިތުން ނަށް ބުރަ

  61. ސޯލިހުގެ ދޯހަޅި އިގުތިސޯދީ ސިޔާސަތު

    މާތްކަލާކޯ ރައްޔިތުންނޭ ހޭލާ..

    ބޭރުން ބޮޑެތި ލޯނު ނަގާ، ދަރާ ވިކިގެން ހަދާލަދޭ ބަނދަރަށް ވުރެ، މަގަށް ވުރެ، ވާޓަރަށް ވުރެ، ބުރިޖަށް ވުރެ މާ ހިތްދަތި ކަމެއް މިޖެހެނީ. ދެން މިގައުމުގައި އެއްޗިސް އަގުބޮޑުވެ އާއްމު ދިރިއުޅުން ދަތިވެ ފައިސާގެ އަގުވެއްޓޭނެ. ފައިސާގެ އަގު ވެއްޓެނީ އެއްޗިސް އަގުބޮޑުވެ ފައިސާ ހަރަދުކުރަން ޖެހޭ ވަރު ގިނަވުމުން...އަދި ނުވިތާކަށް އެކަން އިތުރަށް ގޯސްކުރަން ފައްޔާޒު އެއުޅެނީ ވަޒީފާ އަދާ ނުކުރާ ޒުވާނުންނަށް އެލަވަންސް ދޭން. އެއީ ވެސް ބޮޑު ގޯހެއް. ޒުވާނުން އިތުރަށް ކަންނެއްވެ އޭގެ އަސަރު ކުރާނެ ބަލަންތިބޭ ރައްޔިތުން....

    އިގުތިސޯދު ބަގުރޫޓުވަނީއޭ ކިޔާ މުޅިންވެސް އެކުރަން ނިންމަނީ އާއްމު ރައްޔިތުމީހާއާ އާދައިގެ ވިޔަފާރިތަކަށް ދުއްތުރާ ޖެހޭނެ ކަންކަން ސޯލިހުގެ ސަރުކާރުން...އެކަމަކު އެ ސޯލިހާ ސިޔާސީ މީހުންތަކުގެ މުސާރައިން ބައި ރުފިޔާވެސް ކުޑަނުކުރޭނު އެވެރިން.... އެހެން ގައުމެއްގައި ނަމަ އެންމެ ފުރަތަމަ ކުރީހީ އެކަން ހަރަދު ކުޑަކުރަން.... ދެން މިކިޔަނީ ކޮވިޑުގައި މިހެނޭ އެހެނޭ. ބަލަގަ ކޮވިޑުގައި މިތަނަށް އަތުފަތު ނޭގޭ ވަރަށް ބޭރުން އެހީ ދިނޭ. އެކަމަކު މިހާލަތަކު ދެން ނުދޭނެ ނަގައިފައި އޮތް ލޯނުތައް ގިނަކަމުން. ލޯނު ނަގަނީ ބުރިޖާ މަގު ހެދުމަށޯ.. މިއަސްލު މިމީހުން 2023 އަށް ވޯޓެއް ލިބޭތޯ ނުފޯރާ ފޮތިން ފޫގަޅައިން ލޯނު ނަގައިން ހިންގާ ކަންތައް ބިލިއަނުގެ ދަރަނި ރައްޔިތުން ބޮލުގަ އަޅުވާފަ!

    10
  62. މަރީ

    2023 ލިބިފަ ތިއޮތި

  63. ލޮއްރެ

    ގައުމު ބަގުރޫޓް ވެދާނެތީ ކުރަން އެންމެ ރަނގަޅު ކަމަކީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތައް ފުޑޭނެ ކަންކަން ކުރުން އުތަ؟ ކުއްލި ކުއްލި އަށް ޖީއެސްޓީ ބޮޑުކުރުން ކަހަލަ. މި އަމީރު މީ ފަޅޯ އިކޮނޮމިކްސްގެ ދާއިރާއިން ފީއެޗްޑީ ހަދައިގެންއިން އިންސާނެއް ސަހާދެއް. ހަރަދު ކުޑަކުރަން ރައީސުއާ ވަޒީރުންނާ މަޖްލިސް މެންބަރުންގެ މުސާރަ ފުރަތަމަ ކުޑަކޮއްބަލަ. އެކަން ނުވެގެން ފަހަތު ފަޔަށް ބަރުވެގެން ތިތެޅޭ ސަބަބު ސީދާ ސޯލިހު އެބަ ޖެހޭ ރައްޔިތުންނަށް ސާފުކޮއްދޭން!!

    11
  64. އެޖެންޑާ19

    މީނަ އަށް ނޭގޭ އިކޮނޮމިކްސްގެ އަލިފު ބާ ވެސް ރައްޔިތުންނޭ. މި ހަމަ ފައްޔާޒު ގެންގުޅޭ ބޮޓެއް. އޭނަ ފީޑު ކުރި އެއްޗެއް އަރާ ކިޔާނީ. ދެން އެހެންނުނީ ސޯލިހޭ ކިޔުނު ބުދެއް ކަހަލަ މީހެއް ރައީސަކަށް. އިގްތިސޯދީ ބޮޑެތި ކަންކަމުގައި ޖަރުމަނު ތަންތާވެސް ސީދާ ޗާންސެލަރު އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާ އިގްތިސޯދީ ދާއިރާގެ އިލްމީ އަދި ފަންނީ މީހުންނާ ބައްދަލުކުރަނީ. މިތާގައި ހުރި ބެއްޔާ އޮންނަނީ ފިލާ މިކަހަލަ ބޮޓުން ދެން ނެރެފަ މިދައްކަނީ ރައްޔިތުންނަށް.

    ރިސޯޓު ކުލި ކުޑަކޮއްފައި، ބައެއް ރިސޯޓެއް ކުލި ނުދައްކާ އެތައް އަހަރަކު ތިބޭއިރު އެމީހުން ކުއްޔާ ޓެކްސް ނުދެއްކިއަސް، ރިސޯޓު ހިންގައިގެން ފައިދާ ހޯދަން ފުރުސަތު ދީ ބަހައްޓާފަ، ދެން މިކުރިކަމަކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކޮއްލީ. މީގެ ހުރިހާ ގެއްލުމެއް ގެސްޓު ހައުސްއާ ސަފާރީތަކާ ޓޫރިޒަމްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް. ރިސޯޓު މަހުޖަނުންނަށް މިޔަކުން ވާނެ ގެއްލުމެއްނެތް، ރިސޯޓު ކުލި ތަންމިނުން އެއޮތީ ކުޑަކޮއްފައި ކަލޭނޭ!

    10
  65. ހުސެންބެ ބ

    ކޮބާ ރާކަނި މަސް ކެވިއްޖެ.ދެން ކޮނޑުހުޅުން އަތް ނެއްޓެންދެން އަތްޖަހާ.ވޯޓު ތި ދިން އެމްޑީޕީ މިގައުމު ފުޑާލައިފި،ހަނާވެއްޖެތޯ އަގު ބޮޑުވެއްޖެ ދީނަށް ފުރަސްދާރަ ކޮށްފި.އެމީހުން ފުރުވައިފި.ލިވާތު ކުޅެފި.އިންސާފު އޮޅާލައިފި.މޮޔަވޭތޯ ތި ދެވުނު ވޯޓަށް ދިވެހިންނޭ.އިންޑިއާ ރާއްޖެ އެއްކޮށް ހިބަކޮށްފި

    13
  66. މަހަށްދޭބަލަ

    ސަރުކާރު ހިންގަން ނޭނގެނީއޭ ކުރިން ވެސް މަމެން ބުނަމުންނޭ އައީ ރާއްޖެތެެރޭ ކުދި އާބާދީ ތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދު ތައް ޑަމްޕް ނުކުރާށޭ އެއިން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ ބަދަލުގައި މާލެ ސަރަރަހައްދުގައި އޮތް ފުށި ދިއްގަރު ފަޅު ހިއްކާ އެތަނުން ރާއްޖޭގެ އެންމެނަށް ގޯތި ކުއްޔަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދިން ނަމަވެސް މިއަށް ވުރެން ރަނގަޅުވާނެއޭ އެހެން ނަމަ ޖީއެސްޓީ ބޮޑު ކުރަން ނުޖެހޭނެއޭ މަހަށްދޭބަލަ އަމީރު މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...

    10
  67. މަރިޔަމް

    ތަރައްގީގެ މަސައްކަތްތަކަށް ހުއްޓުމެއްނާދެ. ޙުރިހާ ނިކަމެތިކަމެއް އާދައިގެ ރައްޔިތުމީހާއަށް . މިފެނިގެންދަނީ ދޯ އަނެއްދިވެހިރާއްޖެ. މީދޯ އެޖެންޑާ 19 އަކީ .

    13
    • ސޯލިހު ބެއްޔާ ތަރައްގީ އޮޅާލާ

      ތަރައްގީގެ ނަމުގައި އެކުރާ ކަމެއް ކޮއްގެނޯލަ ވޯޓު ލިބެނީ. އެހެވޭ ދެން ގައުމު އިނދަ ޖެހި ރައްޔިތުންގެ އަތާ އަނގަޔާ ދިމާ ނުވެ އެއްޗިސްގެ އަގު ދެ ގުނަ ބޮޑުވިއަސް. ހަމަ އެއީތަ ދިވެހި ރައްޔިތުން ބަނދަރާ ، މަގާ ނަރުދަމާ ހަދަން ބޭނުންވާ ގޮތަކީ؟ ގައިމު މީގެ ކުރިންވެސް މީހަކު މިތާ ވެރިކަން ކުރި. މިހެނެއް ނޫން ކަންކަން ވީ ކީ އެއް. މިގޮތަށް ރައްޔިތުން ނިކަމެއްޗެއް ނުވޭ

  68. ޒެލެންސްކީ

    ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަހަލަ ދަތި އިގްތިސޯދީ ހާލަތެއްގައި އޮއްވާ އިންފުރާސުޓްރަކްޗާގެ ކަންކަމެއް ނުހިންގާނެ. ތައުލީމާ ސިއްހަތު ފަދަ ޒަރޫރީ ކަންކަން ފިޔަވާ އެހެން ހުރިހާ ޕްރޮޖެކްޓުތަކެއް މިވަގުތަށް ސަސްޕެންޑް ކުރާނެ. ބަލާބަލަ ޔޫރަޕު ގައުމުތަކުންވެސް އެހެރަ އަޅާލާ ފިޔަވަޅުތައް ހަރަދު ކުޑަކުރަން. މިތާގަ ކަންކުރަނީ ސީދާ އޭގެ އިދިކޮޅަސް. ހަބޭހަށް ލޯނުވެސް ނަގަނީ މަގު ހަދާށޭ ބުރިޖޭ ކިޔާފަ ބަޖެޓުގައި ނެތްވަރު ދައްކައިން. ސިޔާސީ މީހުންގެ މުސާރައައާ އެމީހުންގެ މެޑިކަލް ސްކީމުތައްވެސް ހަމަ ހުރިގޮތަށް އެހުރީ!

    12
  69. ޙަދިސައިބު

    ފިނޭސް މިނިސްޓަރ ކަން ކުރާފެންވަރު ތިބޭފުޅާގެ ރަގަޅުވާނީ ރަށަޢް ގޮސް ދަންޑުވެރިކަން ކުރަން!

  70. ނާނި

    ބަނގުރޫޓް ނުވިއްޔާ ދެރައެއްނު، ރައީސްކަންކޮށްފަ ފައިބާ ތިބޭ މީހުނަށް މަހަކަށް 3 ލައްކަ ރުފިޔާ، މިއިންލާރިއެއް އުނިކުރާކަށް އަމީރަކަށް ނޭނގޭތަ؟
    އަމީރު ތިހުރީ ބުރާންތި އަރާފަތަ؟
    ނިކަމެތި ރައްޔިތުން ފެލަން ހާދަވަރެކޭ އަމީރު ތިޔަހުރީ، ތިވަރުގެ ނާޤާބިލު ނުވިސްނޭ ބުރާންތިން މަޤާމުތަކަށް އިސްކުރީމަ ވާގޮތް މީ

  71. ވ

    ރައްޔިތުން ފެލާފަ ބޮޑުންގެ މުސާރަދޭން. ފެއިލް ސަރުކާރު.

  72. ޫހުސެން

    އެމް ޑީ ޕީ އަށް ސަލާމް ! ތިއަށްވުރެ ތާހިރުވާނެ ހުރިހާ ރައިޔަތުން ނަށް ތިމަންނަމެން (ސިޔާސީމަގާމުތަކުގަ ތިބިމީހުންގެ) ދަރިން ބޭރުގައުމުތަކުގަ ބޭތިއްބުމަށާ، ފެމިލީ އިންޝުަރަންސް އަށް ލާރިދެއްކުމަށާ' ކާރު އާއީ އެދުއްވަން ޕެޓްރޯލް ގަންނަން ފައިސާދިނުމަށާއި ' ބިރަކާނުލާމަޖާކުރުމަށް ފައިސާ ދޭންވާނެ ކަމަށް އަންގާ އިއުލާން ކުރިކަން ރައިޔަތުންނަށް ސީދާގޮތުގަ އެންގުން ' ކީއްކުރަން ނުސީދަލަށް ބުނަނީ!

  73. 2023

    2023ގަ ވޯޓު ދޭނީ ރައީސްގެ 1އަހަރުގެ މުސާރައިގެ 16% ދިނީމަ ދެން. ނާންނާތި ވޯޓު ހޯދަން.

  74. ކަބުލޮ

    ދޮގުފަށެއްހަދާ މިނިސްޓަރެއް ރާއްޖެ ބަގުރޫޓްވިއްޔޭ ބުނިއްޔާ ވާނެކަމެއް އޮނނާނެތަ ރައްޔިތުން ފެލައިގެން ޤައުމުހިންގީމާ ވާނީ ކިހިނެއް ބުރުމާއަށް ފައްޔާޒުގެ ބޭބެއަށް ބޮޑެތިކުންފުނިތަކަށް މާފުކޮށް އެތައް އެތައް ބިލިޔަން ބެހީ ރައްޔިތުން ފެލައިގެން ސަރުކާރު ހިންގާނެކަމެއްނެތް

  75. އަންތަރީސް

    ބލއނނ ތިމަންނަމެނައް މިކަމެއް ނުވާނެއޭ ބުނެ އިސްތިފާދީބަލަ، މިހާއުވެސް ސަރުކާރުގެ ކުންފުނިތަކުން އެގެންދަނީ ޕާޓީގެ އައުވާނުންނަށް ދުވާލަކު 10 ވަރަކަށް މީހުނަށް ވަޒީފާ ދެމުން . އަމީރުމެން ކިޔާއެއްޗަކާ ކުރާ ޢަމަލަކާ ދިމައެއްނުވޭ ކަލޭމެނަށް ކުޅެވޭނީ އެންމެ ކުޅިއެއް ވެރިކަމުން އިސަތއުފާދީފަ ތި އެއްމެން ރަގަނޅުވާނީ އެކުޅިޔާދިމާލަށް ދިޔުން.

  76. ކަކުނިބޯ

    މީނަމިކިޔަނީ އަރަތެއް ނޫންތަ؟ ދަރަނިނަގާގެން މިއަހަރު ނިމޭއިރު ކޮވިޑްގެހާލަތުން އަރާގަނެ އިޤްތިސާދު ރަނގަޅުވާނެޔޯ ހަރަދުތަށް ކުޑަނުކޮށްފިއްޔާ ސިވިލްސަރވަންޓުންގެ މުސާރަކުޑަކުރަންޖެހޭނެޔޯ ސިޔާސީ މުސާރަަ މާސަޅިޔޯ. ޢިންފުލޭޝަން މަށްޗަށްދަނި %1 އިންނޯ ޖެނެރަލް ޖީއެސްޓީ %2 އިން މަތިކުރާއިރު މިމައްސަލަ އަދުރޭއަށް ދިރާސާކުރެވިދާނެކަމަށް ފެނޭ

    1
    1
  77. ރާއްޖެތެރެ

    ރައްޔިތުން ފެލަނީ އެމްޑީޕީ މީހުންނަ ސިޔާސީ ބޮޑެތި މުސާރަދެނީ.

  78. 7878

    މިމީހުންނަށް ދެން ވޯޓުދޭނީ ގައުމަށް ހަރާމްކޯރު މީހުން. ޔާގުންޑާވެސް ކާފަ މިހާލަތަކަށް ދުއްވައެއްލާ

    1
    1
  79. ބަބޫ

    މިތިބަ ބީތާއިންތަކާ މުޅިދުނިޔެ ބަނގުރޫޓުނުވަނީސް ރާއްޖެ ބަނގުރޫޓް ނުވާނެ. އެވަރަށް މިތަނުގައި ޓުއަރިޒަމް އެބައޮތް. ކަލޭމެންގެ ވެރިކަމެއްގައި ކޮއްމެ ފަހަރަކު ހައެއްކަފަހަރަށް ލާރިޖަހާތީ ތިހެން ތިވަނީ. 2009 ވަނަ އަހަރުވެސް ތާއްޖެ ބަނގުރޫޓްވާން ދިޔަކަމަށް ވިކިލީކްސްއިން އެގުނު

  80. އާވިމް

    ބަލަ ރައްޔިތުންތަ ގައުމު ބަގުރޫޓުކުރަނީ؟! ތި ބޮޑެތި މުސާރަދީފަތިބި ބޭނުނުން ނުހިފޭ ސިޔާސީ މީހުން ވަކިކޮށްބަލަ! ކިހާ ދެރަކަމެއް.

  81. ޒީރޯ ޓޮލަރެންސް

    ފޮނިކެނޑީ ކޮވިޑްގަ މާރަނގަޅަށް މެނޭޖުކުރެވުނީއޭ ކިޔާ! އެންމެ 3 މަސް ފުރަބަންދުކޮށްގެން މިއޮތީ ޤަޢުމު ލަންކާއަށްވުރެ ދެރަވަރުވެފަ. ލަންކާ އެހާލަތައްދިޔައީ އަހަރަކަށްވުރެ ގިނަ ދުވަސް ބަންދު ކޮށްފަ އޮވެ ކޮރަޕްޝަން އޮތީމަ! ލަންކާވެސް ޓެކްސް ރައްޔިތުންނަށް ނުކަތާވަރަށް ބޮޑުކުރިނަމަ އަދި ދުވަސްކޮޅަކަށް އުޅެވުނީސް! މިޤަޢުމު ކޮރަޕްޝަނާ ފަސާދައިގެ ސަބަބުން މިވަނީ ބަނގުރޫޓުވެފަ!

  82. ނުބެހޭ މީހާ

    ފާޑެއްގެ ޒުވާނުންގެ މަރުކަޒޭކިޔައިގެން ރަށްރަށުގަ ތަނެއްހުޅުވާފަ އެތަނަށްވެސް ނުބައްދަލު ވާވަރަށް މީހުންނަގާފަ، ކޮބާ ބޭނުމެއް، ޚަރަދު ކުޑަކުރަން މިކަހަލަ ބޭކާރު މަސައްކަތް ހުއްޓުވާބަ، ސިޔާސީ މަގާމުތަށް މަދުކޮށްފަ އެމީހުންގެ އެލަވަންސްތައް ދަށްކޮށްބަލަ، އޭރުން ގައިމު ބޮޑުތަނުން ޚަރަދު ކުޑަވާނެ،

  83. ސަޢީދު

    ރާއްޖެ ބަނގުރޫޓު ވަނީއޭ ކިޔާފަ ރައްޔިތުން ބަނގުރޫޓު ކޮއްލަނީ. އެއީ ރިޔާސީ އިންތިހާބަށް ޚަރަދުކުރަން ފައިސާ ހޯދަންކަމަށް އަޅުގަނޑު ގަބޫލުކުރަނީ

  84. ކަރަންކާ

    ވެނުމަސް ވެނަށް ކާންދޭން އުޅޭ ސަރުކާރެއްދޯ މީ؟

  85. އަންނި

    ކިތައްމެ ގިނަ ޓެކުހެއް ނެގިޔަސް ވާނެކަމެއް ހަރާމް.50% ނެގިޔަސް ވަނެކަމެއް ނެތް. ކޮންމެ ދެމިހުނަށް ޕާޓީއެއް ހަދާފަ އެޕާޓިތަކަށް މިލިޔަނުން ފައިސާދެނީ ޓެކުހުން. ތިއޮށް ޕީޕީއެމް، ޕީއެންސި އަކީވެސް ހަމަ 1 ޕާޓީއެއް .އެކަމަކު 2 ޕާޓީއަށް ފައިސާ އެބަދޭ ޓެކުހުން. ދެން ރައީސް ކަމެއް ކޮށްފިއްޔާ، މަޖްލިސް މެންބަރުކަން ކޮށްފިއްޔާ އެމިހުން އެއްކަމެއް ނުކުރިއަސް ދައުލަތުން އެބަ ޚަރަދު ކުރޭ. ރައްޔިތުން ދައްކާ ޓެކްސް ހަމަ އެގޮތަށް ތަޅާ ހުސްކުރަނީ. އެކަން ވެއްޖެ ހުއްޓާލަން. ރައީސްކަން ކޮށްފަ ފައިބާ މިހަކުވެސް ހަމަ މަސައްކަތް ކޮށްގެން އާމްދަނި ހޯދަންޖެހޭނި.

  86. ހަމްދު

    އެމްޑީޕީ މީހުން މިރާއްޖޭގެ ވެރިކަމަށް އައިއިރު މިރާއްޖޭގައި އޮތީ އިގްތިޞާދީ ގޮތުން ފުދުންތެރިސަރުކާރެއް. ބަދަލުދިނމުގެ ނަމުގައި އާއި އެކި ނަންނަމުގައި އެކްޓިވިސްޓުންނަށާ ފައިސާވެރީންނަށާ ދީ ސަރުކާރުގެ ބައިތުލްމާލު ފޫ އަޅުވާލައިފި. މުޅީން ދޮވެލައިފި. ރާއްޖެއިން ބޭރަށް މުޅި އެމްޑީޕީ އެއްކޮށް ދަތުރުކުރީ މުޅި ބައިތުލް މާލު ހުސްވާވަރަށް.މިހާވަރަށް ދައުލަތުގެ ވެރީން ދަތުރުކުރި ސަރުކާރެއް އަދި ނައާދޭ. ވެރިކަންކުރަން ނުދަންނަ ލަޔާގަތެއް ޤާބިލިއްޔަތެއްނެތް ތަނެއްދޮރެއް ބުޑެއްނެތް ބަޔަކު މިރާއްޖޭގައި ރައްޔިތުން ޙާލުގައި ޖައްސަން ވެރިކަމުގައި ބައިތިއްބާނެކަމެއްނެތް. ޤައުމު ދެވަނަ ސްރީލަންކާ ވުމުގެ ކުރީން މިރާއްޖޭގެ އަމްދަނީ ރަނގަޅު ކޮށް ކޮޅަށް ޖެހޭނެ ބަޔަކާ މިޤައުމު ވަވާލުކުރޭ.

  87. އަޙްމަދު

    ކުރީގެ ވެރިކަމުގައި ހިންގިފަދަ ދެތިން މަޝްރޫޢެއް ނޫނޭ މިސަރުކާރުން ހިންގަނީ. މުޅިރާޖޭގައި ކުރަމުން އެއަންނަ މަސައްކަތްތައް 60 ބުރިޖާ 100 ޓަވަރަށްވުރެ މާގިނަ، އަނެއްކާ ޔާމީނުގެ ވެރިކަމުގައި އެއިން ކަމެއް ނިމުނީއެއް ނޫން، ބުރިޖުގެ މަސައްކަތް ނުނިމޭ، ދަރުމަވަންތަ ނުނިމޭ. ފުލެޓުތައް ކިރިޔާ އަޅަން ފެށީ، މިއިން ކޮންމެ ކަމެއް ކުރުމުގެ ގާބިލުކަން ލިބުނީ، އޭގެ ކުރީ ސަރުކާރުން ރާއްޖެއަށް ގެނައި އިގުތިސާދީ ބަދަލުގެ ސަބަބުން، ދައުލަތަށް ލިބޭ ޢާމްދަނީ އެއްތައް ބިލިޔަނެއް އިތުރުވުމުން. ޔާމީ ކުރީ ހުސް ޚަރަދު ދައުލަތަށް ޢާދަނީ ވަންނާނެ އިތުރު މަގެއް ހުޅުވާފައެއް ނެތް

    1
    2
  88. ކޫރީ

    ދެން ލެޕުޓޮޕަކުންނާއި ރިސޯޓަކުން ސަރުކާރުހިންގަން ބުނި މީހުން މިއުޅޭގޮތަކުން މިގައުމުދޫކޮށް ދާނީ ހަމައެކަނި ރަށްޔަތުންނެއް ނޫން ގައުމުގަ އުޅޭޖަނަވާރުތަށްވެސް ތިބީ މިސަރުކާރުގެ ބަނގުރޫޓުން ސަލާމަތްވުމަށް ގައުމުދޫކޮށް ދާންޖެހޭ ހިސާބުގަ.

  89. ށަނސާރޭ

    ދެންމާދަމާ އަނެއް 7 ވަޒީފާދީ ބޭރުމީހުންނައް 2ލައްކަރުފިޔާގެ އޭރުނއިގްތިސާދްރަނގަޅުކުރާނެ އެމީހުންގެ އެޑްވައިޒް މަތިންނޭކިޔާފަ އިއްޔެގެނޫހު ގައޮއްމާހިންގުންތެރިކަމާއެކު ހިންގަމުންދާވާހަކަ ލަންކާޔައްވީހެނެއްނުވާނޭކިޔާފަ ބަލަމިއަދުމިވީ ކިހިނެއްތޯ ކުއްލިޔަކައް މީގެން އެނގެނޫ ހަސްވެސްނެއްކަން ދެންރައްޔިތުން އަތުން ފައިސާ ހުސްވީމަ ވަންނާނީކޮންވަލަކައް ކާށިދޫވަލައް