މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިގެން ވަދެ ނެގުނީ އެންމެ 25 ރުފިޔާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ މީރާއިން ވައްކަން ކުރީ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 08:30 ގައި ކަމަށް ފުލުހުން ބުނެއެވެ.

މީރާ ފަޅާލައިގެން ނެގީ އެންމެ 25 ރުފިޔާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓްރީގައި ހިންގާ މީރާގެ އިމާރާތަކީ ގަވައިދުން ފުލުހުން ފޯރިމަރަމުން އަންނަ އިމާރާތެކވެެ. އަދި އެތަނުގައި ކެމެރާތައް ވެސް ހަރުކޮށްފައި ހުރެއެވެ.

ނަމަވެސް ވައްކަން ކުރި މީހަކު ކެމެރާތަކުން ދެނެގަނެވުނު ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ފޯރިމަރަމުންދަނިކޮށް މީރާ ފަޅާލައި ވައްކަން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

މީގެ ކުރިން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ވެސް އެތައް ފަހަރަކު ފަޅާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަލުބެ

    ފިނޭންސް މިނިސްޓްރީވެސް ހިންގަމުންދާ މީރާގެ އިމާރާތަކީ ގަވައިދުން ފުލުހުން ފޯރިމަރަމުން އަންނަ އިމާރާތެކވެެ. އަދި އެތަނުގައި ކެމެރާތައް ވެސް ހަރުކޮށްފައި ހުރެއެވެ. ހާދަ ބޮޑު ޖޯކެކޭދޯ؟ ޑިއުޓީގަޑިގައި ފޯނުން ގޭމް ކުޅެންޔާ މިހެންވާނީި

    19
    1
  2. ދޮދި

    އެންމެ 25 ރުފިޔާ ހޯދަން ތިކަން ބަލާނެ ކަމެއް ނެއް...މަ ދީފާނަން ބަދަލުގަ 50ރ... ބިލިއަނުން ކާލީމަ ވެސް ބަލަން ހިނގާ ހަރަދު ބިލިޔަން ވިއްޔާ

    20
  3. މާޒިން

    ސިކިޔުރިޓީ ވަރުގަދަ ތަނެއް

    15
  4. ަސދސަ

    މީރާގެ ހިންގުމުގެ ކަންތައްތައް އިންތިޒާމް ކުރެވިފައިވަނީ ވަރަށް ހަރުދަނާކޮށް ކަމަށް ލަފާކުރެވޭ.
    އެހެން ތަނެއް ނަމަ ބޭންކ ނުކުރެވި ނުވަތަ ސޭފަށްނުލެވި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ.
    މުވައްޒަފުންގެ ޒިއްމާ ފުރިހަމަޔަށް އަދާކޮށްފި.

    15
    1
  5. އަކުރަމް ކަމާލު

    ޕޮލިހުން ސަވީސް ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނެކޯ ދެން ކީކޭ ބުނާނި ( އެކަމު އާއްމު ރައްޔިތަކު ސައިކަލު ތި އިމާރާތުގެ ދޮރުމަތީ މަޑުކޮށްލާއިރަށް ތިތާ ތިބޭ ފޮލިހުން ދުވެފާ ނިކުނާނެ

    14
  6. މުލި

    25 ރުފިޔާ ވަގަށް ނެގިމީހާ އަނދަގޮނޑިޖަހާ ބުރިން ހަންނަގާ ޖަލައްލާތި!!! މުޅ ގައުމުގެ މާލިއްޔަށް އެއްކޮށް ކައި ހުސްކުރި މުލިވަގުންތަށް ފިނިކޮޓަރީގައި ކުޅެން ބައިތިއްބާ!!

    4
    2
  7. ޟެން

    އެންމެ 25ރ ހޯދަން ތިވަރުގަ ހައި ސެކިޔުރިޓީ ތަނެއް ފަޅާލާކަށް ނުދާނެ ބަޔަކު، ނެގި ވަރު އޮޅުވާލަނީ ނުވަތަ މީ ރާވާގެން އެތެރޭން ހިންގި ކަމަކަށް ވެދާނެބާ؟ ޕޮލިހުންގެ ޕްރޮފެޟިނަލް ކަމާއި މެދު ޟައްކެއް އެމީހުނަށް ނެތަސް ރައްޔިތުންނަށް އެހެން ހީނުވާ ދަރަޖައަށް މިއޮތީ ކަންތައްގޮއްސަ.

  8. ނަންރީތި ހުސޭނު

    ގައުމުގަ ތަދުއެއްޗެއް ވަގައްވަދެވެސް ނަގާނީ ކިހިނެތް. މޯހަން މުތާމެން އަތުންކައިގެން އުޅޭ މިސަރުކާރުގެ ބޮޑެއްގެގެޔައް ވަންނަމަ،