ދިވެހިން ކޮރަޕްޝަނާއި މެދު ދެކޭގޮތާއި ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތްގޮތް ބަލަން ދިރާސާއެއް ކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އޭސީސީ އިން ވަނީ އެދިރާސާ ކޮށްދޭނެ ފަރާތެއް ހޯދަން އާއްމުކޮށް އިއުލާން ކޮށްފައެވެ.

އިއުލާނުގައި ވިދާޅުވެފައި ވަނީ ދިރާސާ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސެޕްޓެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކޮމިޝަނަށް ވަޑައިގެން، ޓެކްނިކަލް ޕްރޮޕޯޒަލް އާއި ފައިނޭންޝަލް ޕްރޮޕޯޒަލް ވަކި ވަކިން ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

ޓެކްނިކަލް ޕްރޮޕޯޒަލްތައް ހުޅުވުން މިބައްދަލުވުމުގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

މި ބީލަމާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) ވެސް ވަނީ އިއުލާންގައި ހިމަނާފައެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ޖެހޭނީ ޓާމްސް އޮފް ރިފަރެންސްގައި ވާ ގޮތަށެވެ.

ޓީއޯއާރުގައި ބުނެފައިވާ ގޮތުގައި މިދިރާސާގައި ރާއްޖޭގައި ފާއިތުވި ފަސް އަހަރު ކޮރަޕްޝަނަށް އައިސްފައިވާ ބަދަލުތައް ބަލާނެއެވެ. އަދި އެންމެ އާއްމުކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅަށް ކުރެވިދާނެ ކަންކަން ވެސް މިދިރާސާގައި ބަލާނެއެވެ.

އޭސީސީ އިން އަމާޒު ހިފާފައި ވަނީ އޮކްޓޯބަރ މަސް ތެރޭގައި ދިރާސާފަށައި ދެމަސް ދުވަހުގެ ތެރޭގައި މިދިރާސާގެ މަސައްކަތްތައް ނިންމުމަށެވެ.

ކޮރަޕްޝަނާއި މެދު ދެކޭގޮތާއި ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތްގޮތް ބަލަން ދިރާސާއެއް ކުރަން ނިންމިއިރު އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޮރަޕްޝަންގެ ބޮޑެތި އެތައް މައްސަލައެއް ފެންމަތިވަމުން އަންނައިރު ވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅިދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒާ

    ކޮރަޕްޝަނަކީ ނިކަމެތިމީހާގެ މައްޗަށް ހުކުމް ތަންފީޒުކުރާ، ސިޔާސީބާރުއޮތް މީހާ ދައުލަތް ލޫޓުވާލިޔަސް އެފައިސާގާމަތިީ ނިދާމެށިން ގުޅައިގެން އަރާމްކުރާ އެއްޗަކަށް ކިޔާނަމެއް.

  2. އަބުދުﷲ

    16 އަހަރު އަޑުއަރުވާފަ މުސާރަ އަދި އެހެނިހެން ތަކެތި ހޯދައިފި. ކަރެޕްސަން އެއްގޯސްވެ ހެވާނުބައި ވަކިނުވާވަރައް މުޖުތަމައު އެއާއެކުވެއްޖެކަން ޔަގީންވީމަ ސާވޭއެއް ކުރީމަ ތިތިބީ މުސާރަ ހަލާލުވެފަ. !!!! ވެރިން ކަރެޕްޓްވީމަ ކޮމިޝަން އަކައް އެކަން ނުހުެްޓުވޭނެ.!!!!! ތިޔަ ކޮމިޝަން އުވާލުމުން ރައްޔިތުންނައް މާލުއިވާނެ. !!!!!

  3. ކެހުރި

    ކޮރަޕްޝަނަކީ ނިކަމެތިމީހާގެ މައްޗަށް ހުކުމް ތަންފީޒުކުރާ، ސިޔާސީބާރުއޮތް މީހާ ދައުލަތް ލޫޓުވާލިޔަސް އެފައިސާގާމަތިީ ނިދާމެށިން ގުޅައިގެން އަރާމްކުރާ އެއްޗަކަށް ކިޔާނަމެއް. އެއިީ ކޮރަޕްޝަނަކީ. އެވަރިއިނގޭ މިހާރު.

  4. Anonymous

    ކޮރަޕްޝަނެއް ރާއްޖެއްކު ނެތް. މަތީފަޑީގައި ތިބޭމީހުން ގުޅިގެން ބަދަލު ދިނުން މިސަރުކާރުގައ އޮތީ. ބަދަލު ދީ ސަރުކަރުގެ ޚަޒާނާވެސް ހުސްކޮއްފި. މިކަން ބަލާނެ މުވައްސަސާއެއްނެތް ހުރިހައި ބާރެއް ސަރުކަރު މުށުތެރޭގައި.

  5. އެންނާ

    ވެރިކަމައް އަންނަ ކޮންމެ ބައެއް ކޮރަޕްސަން ހިންގާ،
    ދި އެންޑް

  6. މަގޭޚިޔާލުމީ

    ކޮރަޕްޝަނާމެދު ދެކޭގޮތް ބެލުން، ވައްކަންކުރުމާމެދު ދެކޭގޮތް ބެލުން، ޒިނޭ ކުރުމާމެދު ދެކޭގޮތް ބެލުން، މީހުން މެރުމާމެދު ދެކޭގޮތް ބެލުން. މީ ކުރެވިދާނެ ކަންކަންތޯ؟ މިއީ ކަނޑައެޅިގެން ޙަރާމް ކަންތައް. އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ ދުނިޔޭގައި އަދުލު އިންސާފު ޤާއިމް ކުރަން. މިކަންކަމާމެދު ދެކޭގޮތް ބަލާފަ ބަޔަކަށް ފެންނަ ގޮތަކަށް ކަންތައް ކުރާކަށްނޫން.