މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގައި 1.9 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އިއްޔެ އާންމު ކުރި މިފްކޯގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެކުންފުންޏަށް ވަނީ އެއް ބިލިއަން ރުފިޔާގެ ސާފު ގެއްލުންވެފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަރުމުދަލަށް ވުރެ ކުންފުނީގެ ދަރަނީގެ ނިސްބަތް 955 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ. ކުންފުނީގެ ހަރު މުދަލުގެ އަގު 2021 ވަނަ އަހަރާ ހަމައަށް ހުރީ 961 މިލިއަން ރުފިޔާގައެވެ. އަދި، އެ އަހަރާއި ހަމައަށް ކުންފުނީގެ ދަރަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހުރި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގައި ބުނެފައިވާ ގޮތުގައި މިފްކޯ މިހާބޮޑަށް އަޑިއަޅާލާފައިވަނީ މިފްކޯއަށް މަސް ގަންނަން ސަރުކާރުން ކަނޑައަޅާފައިވާ އަގު ތަކަކީ ބޭރުގެ މާކެޓުތަކަށް މަސް ވިއްކެން ހުންނަ އަގުތަކަށްވުރެ ބޮޑު އަގު ތަކަކަށް ވުމުންނެވެ.

އަދި، މަސް ގަންނަ ބައެއް ފަރާތްތަކުން އެކިއެކި ސަބަބުތަކާ ހުރެ ގަންނަ މަހުގެ ޝިޕްމެންޓުން ބައެެއް ދޫކޮށްލުމާއި ޝިޕްމެންޓުގައި ހުންނަ މަހުގެ ސައިޒާއި ބާވަތްތައް ތަފާތުވުމުގެ ގެއްލުން ލިބޭ ކަމަށް ބުނެފައި ވެއެވެ. މަހުގެ ބާވަތާއި ސައިޒު ދިމާނުވުމުގެ ސަބަބުންނާއި ކޮލިޓީ ދަށްވެގެން ބަލައިނުގަތުމުގެ ސަބަބުން 2016 ވަނަ އަހަރާއި 2021 ވަނަ އަހަރާއި ދެމެދު އެކްސްޕޯޓު ކުރި 394 ޝިޕްމެންޓަކުން ޖުމުލަ 290 މިލިއަން ރުފިޔާގެ ގެއްލުން އެކުންފުންޏަށް ވަނީ ލިބިފައެވެ.

މިގޮތުން، ކޯލްޑް ސްޓޯރޭޖްތަކުގައި މަސް ރައްކާކުރާއިރު މަހުގެ ސައިޒާއި ބާވަތްތައް ވަކިން އެނގޭނެ އިންތިޒާމެއް ބަހައްޓާ ބެލެހެއްޓުމުގައި އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވުމަކީ ކޮލިޓީއަށް އެހާބޮޑު އަސަރެއް ކުރުމަށް މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި، މިފްކޯގެ މަސް ބޯޓުތަކުގައި މަސް ރައްކާކުރެވޭނެ އެންމެ ޒަމާނީ ވަސީލަތްތައް ނެތްކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންތާކު. ހަމަ ކައިނަގަނީ. ތި ތަނުގެ ވެރިންނަށް ތިބޭ މީހުން މަސްވިއްކާއިރު އެމީހުންގެ އަމިއްލަ ވިޔަފާރީގެ ގޮތުގައި އަދި އެހެން ބަޔަކަށްވެސް މަސްވިއްކާ. ކައި ހުސްކުރަނީ

    17
  2. Anonymous

    ތިޔަ ކުންފުނި އުވާލާ.

  3. ޢެސޮރު

    ޙުސްބޭކާރު ވާހަކަ ކުންފުނި ހިންގަން ތިބި މީހުންގެ ނާގާބިލްކަން ބޭރުކުރާ ޝިޕްމެންޓް ތަކުން އެވަރަށް ގެއްލުންވެގެންދިޔައިރު އެކަން ހައްލު ނުކުރެވުނީ ކީތްވެގެންބާ 6 އަހަރުތެރޭ 290 މިލިއަން އަހަރަކަށް 48މިލިއަން ކުންފުނިން ބޭރުކުރި ޝިޕްމެންޓުން ގެއްލުންވީ އިރު ކޮބާ ގެނެވުނު ހައްލައެއް ކާލަ ކާލާ ތިބީ

  4. މާކޮސް

    ތިތާ މެރީނާ ބޮޑަކަށް ހުންނަމީހާވެސް ހަމަކަނީ.......
    ސިޔާސީ ބޭކާރު މުވަންޒަފުން އެވަރު ގިނަ

    11
  5. ދިވެހި ދިދަ

    ކޮބާ ފައްޔާޒު އިކޮނޮމީ...ބަލަ ގޯނިބޭ ކުޑައައްޔައްވެސް އެނގޭ 5ރުފިޔާއަށް ގަންނައެތި 1ރުފިޔާއަށް ވިއްކިމަ ގެއްލުންވާނެކަން..އެކަމު ސޯލިހު އައްޔަންކޮށްފަތި ރުޑިންނަކަށް އެވަރު ނޭގޭ.ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ބޮޑުއަގުގަ މަސްގަންނަނީ..އަމާ ކެވިއްޖެއެއްނު...ހުސްވަގުން.މިސަރުކާރުގަ..ތިތާތިއުލޭކަލޭ ގޯތިމީހުނަށް ހުރިހާކަމެއް.

  6. މޫސަބޭ

    ތިޔަތަނަކީ ކޮންމެ ސަރުކާރެއް އިތަސް ވައްކަން ކުރުމުގެ ރަންނެޑަލް ހޯދާނެ ތަނެއް.
    ތިތަނުގެ ނަހައި ޙަވާލުވެގެން ބެންކޮކަށް ދާމީހާ ކަންތައް ކުރާގޮތް ބަޔަކު ރަނގަޅަށް ބަލާލިއްޔާއެނގޭނީ. މިގައުމުގައި އަނާނާތްތެރިންނަކަށް އެއްވެސް ޖާގައެއް ބެތް. ސިޔާސީ ޕާރޓީތަކުން ވެރިކަން ޖާމިޔާބުކުރާ ބަޔަކު އިންތިޚާބު ކާމިޔާބުކުރަން ކުރާ ހޭދައިގެ އަގު ދައްކާނީ ސަރުކާރުގެ ކުންފުނިތަކުން. ތަރައްޤީގެ މަޝްރޫޢު ގިނަކަމުގެ ވާހަކަ ވަރަށްގިނަވާނެ. އަނެއްކޮޅުން ގައުމުގެ ދަރަނި އޮތީ ކިހާވަރެއްގައިތޯ ވިސްނާ ބަޔަކުނެތް. މިގައުމުގައި ހުރި ރަސ

  7. މޫސަބޭ

    ތިޔަތަނަކީ ކޮންމެ ސަރުކާރެއް އިތަސް ވައްކަން ކުރުމުގެ ރަންނެޑަލް ހޯދާނެ ތަނެއް.
    ތިތަނުގެ ނަހައި ޙަވާލުވެގެން ބެންކޮކަށް ދާމީހާ ކަންތައް ކުރާގޮތް ބަޔަކު ރަނގަޅަށް ބަލާލިއްޔާއެނގޭނީ. މިގައުމުގައި އަނާނާތްތެރިންނަކަށް އެއްވެސް ޖާގައެއް ބެތް. ސިޔާސީ ޕާރޓީތަކުން ވެރިކަން ޖާމިޔާބުކުރާ ބަޔަކު އިންތިޚާބު ކާމިޔާބުކުރަން ކުރާ ހޭދައިގެ އަގު ދައްކާނީ ސަރުކާރުގެ ކުންފުނިތަކުން. ތަރައްޤީގެ މަޝްރޫޢު ގިނަކަމުގެ ވާހަކަ ވަރަށްގިނަވާނެ. އަނެއްކޮޅުން ގައުމުގެ ދަރަނި އޮތީ ކިހާވަރެއްގައިތޯ ވިސްނާ ބަޔަކުނެތް. މިގައުމުގައި ހުރި ރިސޯރޓްތައް އެހުރީ 99 އަހަރަށް ބަޔަކަށް ދީފައި. އޭގެވެސް ބޮޑުބަޔަކީ ބިދޭސީ ކުންފުނިތައް. ޑޮލަރެއް ގަންނަން ދާ މީހަކަށް ފެންނާނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ބަޑިހިފައިގެން ހުރި ފުލޫހެއް. އެފުލުސްމީހާއަށްވެސް ޑޮލަރު ދުވާ ވާރުކަމުން ޑޮކަރު އަތުވާވަރެއް ނުވޭ.....
    ހިތާމައިގެ ކޮޅެއްނެތް!!!!!