40 އަހަރަށް ވުރެ ގިނަ ދުވަހު ރ. އަލިފުށީގައި ކުޑަކުދިންނަށް ގުރުއާން އުގަންނައިދިނުމުގައި ހޭދަކުރި މުދައްރިސް ނިޔާވެއްޖެއެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޒަހީން "ވަގުތު"އަށް ވިދާޅުވީ، އެންމެން ދަންނަ ފާތުމަތު ޔޫސުފް ކުޑަކުދިންނަށް ގުރުއާން އުގަންނައިދެމުން އަންނަތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

މިހާރު މުދައްރިސް ބަލިވެގެން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި، ބަލި ވުމާއި ހަމައަށްވެސް އޭނާ ގެންދިޔައީ ގުރުއާން އުގަންނައިދެމުން ކަމަށް ޒަހީން ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ބަލިވެ އުޅުއްވާތާ އަހަރެއްހާ ދުވަސް މިވީ. އެންމެ ފަހު ދުވަހާ ހަމައަށްވެސް ހަމަ އުގަންނައިދެއްވުމުގައި އެ އުޅުއްވީ" ޒަހީން ވިދާޅުވިއެވެ.

މުދައްރިސް ނިޔާވި އިރު އޭނާގެ އުމުރަކީ 74 އަހަރެވެ.

ނަން ހާމަނުކުރުމަށް އެދި މުދައްރިސް ކައިރިއަށް ގުރުއާން އުގެނުމަށް ދިޔަ މީހަކު "ވަގުތު"އަށް ބުނީ އެ މުދައްރިސަކީ ހިތްހެޔޮ މީހެއް ކަމަށާއި، އަދި އެންމެ ހަނދާންވާކަމަކީ ޤުރުއާން ކިޔަވައިދިނުމުގެ އިތުރަށް މުދައްރިސް ދެއްވާ ނަސޭހަތްތައް ކަމަށެވެ.

"އެއްވެސް މީހަކު ނުކިޔާނެ ނަމުންނެއް. ހަމަ އެންމެން ވެސް މުހާތަބްކުރާނީ މުދައްރިސްއޭ ކިޔާފަ. ވަރަށް މީހުން ގަދަރު ކުރާ އަދި ލޯބިވާނެ މުދައްރިސް ދެކެ." އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަޅުގަނޑާއި އިންޑިޔާއިން ބައްދަލުވި .. ފާތުމަތު ޔޫސުފު އާއި ފާތުމަތު ޔޫސުފުގެ ދޮށީ އަންހެން ދަރިފުޅު އެއީ ހިތް ހެޔޮ ކަމުގެ ލާމަސީލު މިސާލެ ދެމައިންނަކީވެސް. ބައްދަލުވި ފުރަތަމަ ފަހަރުންވެސް އެއީ ވަރަށް ހިތްހެޔޮ މީހެއް ކަން ދެނަގަނެވުނު.. މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި..އާމީން

    25
  2. Anonymous

    رحمها الله رحمة واسعة

    11
  3. ރަން ރީނދޫ

    إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها واعف عنها

    13
    • Anonymous

      انا لله وانا اليه راجعون
      اللهم اغفر لها و ارحمها !

  4. އަލީ

    އިންނާﷲ ވައިންނާއިލައި ރާޖިއޫން .. މައްޔިތާއަށް ހެޔޮރަހުމަތް ލައްވާށި.
    އާމީން

    14
  5. ދިވެހި ޒުވާނުން

    މިތިބަ ޝޭޚުން ކުރީ ކޮންކަމެއް ނިކަން ދެކިބަލަ ދައްތަގެ ޚިދުމަތް

    14
    2
  6. Unknown

    إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها واعف عنها.