ހުޅުމާލޭގެ ދެވަނަ ފިޔަވަހި ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީ ކުރީ އެކަށީގެންވާ ޕްލޭނެއް ނެތި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން އެހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

މިދިޔަ ހަފްތާގައި ނައިބު ރައީސް ފައިސަލް ނަސީމް ހިޔާ ފްލެޓްގެ ރަށްޔިތުންނާއި ބައްދަލުކޮށް އެކި މަޝްވަރާތައް ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ. އެ ފަރާތްތަކުން ވަނީ ހިޔާ ސަރަހައްދުގައި ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ނައިބު ރައީސާއި ހިއްސާ ކުރައްވާފައި ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ މަތިން ރޭގަނޑު ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއުވާން ވިދާޅުވީ އެތައްހާސް ރައްޔިތުން ދިރިއުޅުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރިއިރުގައި ކުރީ ސަރުކާރުން އެކަށީގެންވާ ޕްލޭނެއްގެ ދަށުން އެކަން ކޮށްފައިނުވާ ކަމަށެވެ

"ހިޔާ ޓަވަރު ތަކުގައި މީހުން ދިރިއުޅެންގެށިއިރު، އެ ސަރަހައްދަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ގާއިމްކުރުމުގެ އެކަށީގެންވާ ޕްލޭނެއް ނެތުމާއި އެއްކޮށް، އެ ޕްލޭން ހަދައި އެކަން ތަންފީޒުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން މިދަނީ." މިއުވާން ވިދާޅުވި އެވެ.

ހިޔާ ސަރަހައްދު ތަރައްގީ ކުރުމަށް ހިޔާ ފްލެޓްގެ ޓަވަރު ތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުން ހިޔާލާއި މަޝްވަރާއާއި އެއްގޮތައް ސަރުކާރުން ޕްލޭންތައް އެކުލަވާލަމުންދާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރަށްޔިތުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޒުވާނުންނަށް އެކަށީގެންވާ ހިދުމަތް ތަކެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެގޮތުން ހިޔާ ފްލެޓްގައި ޔޫތު ސެންޓަރެއް މިހާރު ގާއިމްކޮށްފައިވާނެ ކަން ފާހަގަކުރެއްވެވި އެވެ.

"އުމުރުން ދުވަސްވީ މީހުން އެކީ އެއްތަން ވެލައި، ވާހަކަދައްކާ ހިތްހަމަޖައްސާލުމަށް، އެ ސަރަހައްދުގައި އެލްޑާލީ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ. އަދި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ގިނަ މަސައްކަތް ތަކެއް ކުރަމުން މި ދަނީ." މިއުވާން ވިދާޅުވި އެވެ.

ހިޔާގެ ރައްޔިތުން ޓަވަރުތަކުން ކަރަންޓު ކެޑި ލިފްޓްތައް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ނައިބު ރައީސްއާއި ހިއްސާކުރެއްވިކަން ފާހަގަކުރައްވަމުން މިއުވާން ވިދާޅުވި އެ މައްސަލަތައް ހައްލު ކުރުމަށް ވެސް މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އހ

    މިސަރުކާރައް ހިއްކާވެސްނުލެވުނެއްނު ހުޅުމާލޭން ތަނެއްވެސް

    60
  2. ހުސޭނުބޭ

    ކޮއްކޯ މަތިމައްޗަށް 10 އައިނު އަޅަންވީނު. އެއިރުން ފަހަރުގައި އެތަން ފެނިދާނެ

    61
    • Anonymous

      ތުންފިއްތީ ބުނަން ވާހަކައެއް. ތިކަހަލަ ގޮރުނުދޯރަކަށް ރައީސް ޔާމީންފަދަ މޮޅު ބޭފުޅެއްގެ މޭސްތެރިކަމަށް ފާޑެއް ނުކިޔޭނެ. އޭގެ މިސާލަކީ ކަލޯމެނަށް ސަޅި ކުރެހުމެއްވެސް ނުހެދިގެން މިއަދު އާއްމުކުރީ، ހުޅުމާލެ ދެވަނަ އަދި 3 ވަނަ ފޭސް ވެސް ހިއްކެވި ރައީސް ޔާމީންގެ ތަސައްވުރުގެ ކުރެހުން.

  3. ޖާބިރު ފަރީދު

    ކަލޯ ކެރޭ ވަރަކަށް ދޮގު ހަދާތި، ވަޒީފާ އަކީ ތީ

    58
  4. ހެހެހ

    މިސަރުކާރުގެ އެބައޮތްތޯ ޕްލޭނެތް ، ތެދެއް ސްކޫލެއް އެޅިއަސް އަޅަންވާނީ ޓިނުން ، މިސްކިތެއް އެޅިއަސް ވަންޖެހޭނީ ވަގުތީ ތަނަކަށް ، ދައްކާނެ ވާހަކަ ހުސްވެ ކުރާނެކަމެއް ނޭނގޭތީ އަބަދުވެސް ކުރީގެ ސަރުކާރު

    57
  5. ކޮވިޑް

    ލޮލުގެ މައްސަލަ އުޅޭ މީހުނަށް ޕްލޭން ނުފެނުމަކީ އެކަށީގެން ވާކަމެއް. ފޭސް ޓޫ ގެ ޕްލޭން ބަލާލަން މިއުވާން ޑރ. މުއީޒް އާ ބައްދަލު ކޮށްލަން ކެރޭނެތޯ؟ ނެތް ދޯ އެ ހިތްވަރެއް؟ ރާއްޖެޓީވީގައި ދޮގު ހަބަރު ފޮނުވާ ފޮނުވާ އެންމެ ފަހުން ތިމަގާމަށް ޕްރޮމޯޓްވީ . އެހެން ވީމާ ދޮގެއް ހަދާލަން މިއުވާނަށް ނުވާނެ މާ ބޮޑު، އުންދަގޫ ކަމަކަށް .

    49
  6. އައްމަޓީ

    ކަލޯ ދުފާއެއްޗެއްސޭ ކިޔާބަލަ

    32
  7. ރުޕީސް

    ޔާމީނު ޕްލޭން ނުހެދިޔަސް ކަލޭމެންނަށް 4 އަހަރުން އެތާ އޭޓީއެމް މެޝިން ގަނޑެއް ބަހައްޓާލެވެން ވާނެ.

    31
  8. ހުސެން

    ކަލޭ ތި ވާހަކަ ދައްކަނީ ކަލޭގެ ސިކުނޑިންނެއް ނުން.މޮޔަ ރައީސަކު ކިޔާ އެއްޗެއް ތި ކިޔަނީ ކޮސް ޅޮސް ވެރިކަން

    29
  9. އެމީހާ

    އެތާގެ ޕުލޭނަށް ބައިނަލުއަޤުވީ އެވޯޑުލިބުނުކަން ހުރިހާދިވެހިން އެގެއެވެ އެކަމު މ... އަށް އެވަރުވެސް ނުވިސްނިގެން ބޭލުނީ އަމިއްލަސޯޓު. ދޮގުވެސް ހަދަންނޭގުނީމާ ވާނީމިހެން.

    39
  10. ގަބުޅިބާދަލާ

    ކަލޯ އަދިވެސް ކުރީސަރުކާރު ބަނދިދޯ ކިޔެނީ. އެކަންކުރަންހަވާލުވިމީހުން މިސަރުކާރަކީ. ޢާއްމުރައްޔިތުންނަށް ޖެއްސުންކޮށްދުއްޕާން ކުރުންނޫންކަމެއް މިފާއިތވި ހަތަރު އަހަރު ނިކުރޭ.ޕްލޭނެއް އޮތީމަދޯ ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓްތިޔާދެވުނީ. އީސީޝަރީފޫގެ މޮޅުކަމަކުންނޫން.އޮފީސްތައްބަދަލުކުރާއިމާރާތްވެސްތިޔާނިމުނީ ހަމަ ރައީސްޔާމީންގެ މޮޅު ޕްލޭނުން. އަދިވެސް ތިޔާއުޅެނީ ރައްޔިތުން ވާވައްދަންތަ.ހޭލާމިތީބީ ﷲ އިރާދަކުރެއްވިއްޔާ. ވޯޓްކައިރިވާކަންއެނގޭ. ލަދުކޮބައިޔޯ ތަރުޖަމާނޫ.

    33
  11. ބިން މުހައްމަދު

    ކަލޭމެންގެ ހަމައެކަނި ޕުލޭނަކީ ކުރީސަރުކާރޭ ކިޔާލަކިޔާލަ ތިބުން.....މި މުސީބާތުން ދިވެހިން އަވަށް ސަލާމަތްކުރައްވާށި. އާމީން.

    44
  12. ސޫއޫދު

    ކަނޑުކޮހަކައް ކަނޑެއް ފަޅެއްނުހިއްކޭނެ ރ ޔާމިނަކީ އެތައްއަހަރެއްވަންދެން ރާއްޖޭގެ ތަރައްގީ ޕުލޭންކުރަން އުޅުނުއެއްމެއިސްމީހާ ދެންކީއްކުރާ ލިއުންތަކެއްތަ ނޭގޭމީހުން ކަރުދާސްގެންގުޅޭނީ

    33
  13. އަފީ

    ސިކުނޑިއެއް ނެތް ބުއްދިއެއް ނެތް ކިރުބޯ ވަރުގެ ކުޑަކުޑަ ކުއްޖަކު މިއޮތް ދައްކާ ވާހަކައެއް! ރައީސް އޮފީހުގެ ތަރުޖަމާނަކަށް ކިރުބޯ ވަރުގެ ތުއްތުތުއްތު ބުއްދިއެއްނެތް ވަރުގެ ކުދިން ލައިގެން ސޯލިހު ކޮން ސަކަރާތެއް މި ޖަހަނީ.

    28
  14. ގެމަނަ

    ކަލޭދުލުގެ އެއްވެސް ޕުލޭނެއްނެތި ދޮގުބަންޑެލި ފަޅާތިޔަލަނީ އެއްވެސް ކަހަލަ ހިފެހެއްޓުމެއްނެތި ވަޒީފާގެ ދަހިވެތިކަމުގަ .

  15. ޙަނދުކޭތަ

    ލޮލް ސުވަރުގެ ވަސްވެސް ޖެހޭނީ ސޯލިހު ހިތްހަމަޖެހޭ ވަރައް ދޮގު ހެދީމަކަމައް ތޯއްޗެ މީތިފަހަރު ހީހުރަނީ ވަރައް ގޮތްކުޑަ ފިރެހެނެއްމީ ހިއްޕަވާގެން ތޯއްޗެ ހުންނަނީ

  16. ާދަލޭކް

    ކޮއްކޯ ވަޒީފާގެ ދަހިވެތިކަމުގަ ތިވރު ވާކަށް ހެޔޮނުވާނެ..މިނޫންވެސް ދުވަހެއް ވާކަން ވިސްނަން ވެއްޖެ.ލޮލަށް މީހުން ގޮވީމަ އެއީ އަދި ކުޑަވަރެއް.

  17. ކޮބަޑި

    ދެން ކަލޭ ސަރުކާރުން ޕުލޭން ބަދަލުކޮށްފަ އަލުން ހުޅުވަންވީނު ތިހާ ގަޓުހުރިއްޔާ ކަލެއެކޭ ފިރުއަުނެކޭ ހުރި ތަފާތު އަމިއްލަޔަށް ނިދަންއޮށޯވެ ހިޔާލުކޮށްލަބަލަ އިންޑިއާ ގަޑިން 4:00 ގަ .

  18. Anonymous

    ފައްކާ ރޯނުއެދުރެއް މީ.

    18
  19. ޒާ

    ކަލޭ ކިޔާނެ އެއްޗެއްނޭނގޭނަމަ ސުނީތާއާއެކު އިންޑިއާއަށްގޮސް އަންހެން ހެދުން އަޅައިގެން ނަށާބަލަ. ކިހާބޮޑު....

    17
  20. Anonymous

    ކަލޭމެންނަށް ކުރެވޭނެ ކަމަކީ ޕްލޭނުކޮށް ޖަލްސާކޮށް ކުރެހުން މޮޅުކޮށް ދައްކާ ކުރާނެ ވާހަކަ ދެއްކުން. މިހިސާބުން ނިމުނީ. ރައްޔިތުންނާ ހަމައަށް ބޮޑެތި ކަންކަން ގެެނައުމުގެ ގާބިލުކަމެއް ނެތް. އެކަކުންޏެއް ހޮރުކޮޮށްނާނީ އެކަކުންޏެއްގެ ފެންވަރުން. ކަލޭމެންގެ ފެންވަރު ވޭތުވެދިޔަ ފަސްއަހަރު ފެނި ތަޖުރިބާކުރެވިއްޖެ. ދެން ފުދިއްޖެ

    20
    1
  21. ޢަލީ

    ކަލޭމެންނަށް ކުރެވޭނެ ކަމަކީ ޕްލޭނުކޮށް ޖަލްސާކޮށް ކުރެހުން މޮޅުކޮށް ދައްކާ ކުރާނެ ވާހަކަ ދެއްކުން. މިހިސާބުން ނިމުނީ. ރައްޔިތުންނާ ހަމައަށް ބޮޑެތި ކަންކަން ގެެނައުމުގެ ގާބިލުކަމެއް ނެތް. އެކަކުންޏެއް ހޮރުކޮޮށްނާނީ އެކަކުންޏެއްގެ ފެންވަރުން. ކަލޭމެންގެ ފެންވަރު ވޭތުވެދިޔަ ފަސްއަހަރު ފެނި ތަޖުރިބާކުރެވިއްޖެ. ދެން ފުދިއްޖެ

  22. ޝަކީލާ

    ކަލެއަށް ތިމަގާމު ދީފަ ތިހިރީ ދޮނގު ޚަބަރެއްވިޔަސް ސަރުކާރުން ބުނާއެއްޗެއް ބުނިގޮތަކަށް ބުނަން.ވީމާ ތެދެއް ދޮނގެއް ނުބަލާ އެމީހުން ބުނި އެއްޗެއް މީޑިޔާ ކުރިމަތީގަ ބުނާތި.ތީ ކަލޯގެ ވަޒިފާއަކީ.މާ ގިނަދުވަހެއް ނެތް.އަހަރެއްހާ ދުވަސް އޮތީ.ކިތެންމެ މޮޅަށް ރައްޔިތުންނަށް އޮޅުވާލާ ބުހުތާން ދޮނގު ހެދިޔަސް.

  23. ހގފދގ

    މިސޮރު މިއީ ނަރަކައިގެ އެންމެ އަޑިން ދަމާ ނެގި ސޮރެއްތަ؟ ދޮގު ހެދުމުގެ މާސްޓަރެއް މިއީ.

  24. Anonymous

    ޖިންނިން ބޭނުން ކޮށްގެން ކުރާ މަސައްކަތަކަށް ޕްލޭނެއް ބޭނުމެއް ނޫން...25 ބުރީގެ ޓަވަރުތައްވެސް އެހެރީ ކުރެހުމަކާ ނުލާ ޖިންނިންގެ ބާރުގަ އަޅުވާފަ..ދެން ލަލަލާ

  25. މުފައްކިރު.

    ކޮސް ވާހަކަ ނުދައްކާ. ރައްޔަތުން ނަށް މިހާރު ޙަގީގަތް އެގޭ.

  26. މަބޭ

    ތިޔަވާހަކަ ދެއްކިއިިރު މިހުވާނު ހުރީ ހަމައިގަތޯއެބަބަލަންޖެހޭ

  27. ދި އަން ޕްލޭން ކިޑް

    ހުރިހާއެންމެނެއް މިސްޓޭކެއް ނުހަދާނެ. ެ ާ

  28. ޜަނާ

    ބަޔަކު ނުބައި ނުކުރިޔަސް ތިމާމެންގެ މޮޅުވާހަކައާ ރޭވުންތެރި ކަމުގެ ވާހަކަ
    ދެއްކިދާނެ އަބަދުވެސް ތަޔަށްވުރެ މަމޮޅު ކިޔުން ނޫން ކަމެއް ނުކުރޭ.

    2
    1
  29. އަލީ

    ޕްލޭނެއް އޮވެގެންތާ އެތަނަށް މީހުންވެއްދީ ތަޅާފޮޅައިގެން

  30. ޗޯޓާމޫ ބަޅީބާތު

    މިމީހުންގެ ޕްލޭނަކީ ކުރީސަރުކާރު ކިޔުމާ ސުލޫކީ މައްސަލަބެލުން ވާހަކަދައްކަން އެބައުޅޭ ދައްކަންނޭންގުނަސް

  31. ގުއިދައިތަ

    މިނޫނިއްޔާ ނުހުންނާނެ އޮޅުވާލުމާއި ދޮގުހަދައިގެން މުސާރަ ހޯދާ މީހެއް. މީނާގެ ވަޒީފާގެ މަސްއޫލިއްޔަތުގަ އޮންނަނީ ރައްޔިތުންނަށް ހަޤީޤަތް އޮޅުވާލުމާއި ދޮގު ވާހަކަ ދެއްކުން.