ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނޮޅިވަރަމް ދާއިރާާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބަލައިގަތީ 33 މެމްބަރުންގެ ވޯޓާއެކު އެވެ.

ނުފެންނަކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ދެ މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ ގޮތުން މިހާރު ވަނީ ބަހުސް ކުރަން ފަށައިފަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ މިހާރަކަށް އައިސް ބީއެމްއެލްގެ އެކައުންޓްތަކުން އެކި ގޮތްގޮތަށް ފައިސާ ގެއްލެމުންދާ އިރު އެ މައްސަލަ ބީއެލްއެމްއެލް އަށް އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ ފައިސާ ނުލިބި އަދި ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.

އަދި އެހެން ބޭންކުތަކަށް އެ މައްސަލަ ކުރިމަތި ނުވެ ބީއެމްއެލްގެ އިތުބާރު ގެއްލިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ހަމަ އެކަނި ބީއެމްއެލްގެ ކަސްޓަމަރުންނަށް ސްކޭމް ކޯލުތަކާއި ލިންކުތައް މެދުވެރިކޮށް އިއާދަ ނުކުރެވޭފަދަ ބޮޑެތި މާލީ ގެއްލުންތަކުގެ މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅަމެވެ." ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޫސަ

    ރައްޔިތުންގެ ފައިސާ ފޭރެނީ. ބޭންކުގައި ހުރި ފައިސާ ގެއްލުމުން ދުވަހަކުވެސް އެ ފައިސާއަށް ބޭންކުން ޒިންމާވާކަށް ނުޖެހެ. އާއްމު އޮފީހެއްގައި މަސްކަތް ކުރާ މަސައްކަތް ކުރާ މީހަކު ހިސާބުތައް ބެލެހެއްޓުމުގެ ތެރެއިން އެއްލާރި މަދުވިޔަސް އެއީ ފައިސާއަށް ޚިޔާނާތްތެރިވުން. ބޭންކުން މީހުންގެ ހައްޤުތައް ރައްކާތެރި ނުކުރެވޭނަމަ ތިކަން ހުއްޓާލަންވީނު. އެކަމަކު ބޭންކް އޮފް މޯލްޑިވްސް ވަރަށް މޮޅަށް ދަންނަ ދެތިން ކަމެއް އޮންނާނެ. އެއީ ރިބާ ކެއުމާއި، ރިބާގެ މަޅީގައި މީހުންޖެއްސުމާއި، ރިބާ ލޯނަށް ކަނޑަން ވާވަރަށްވުރެ އިތުރަށް މަހަކު ދެފަހަރު ނޫނީ ތިންފަހަރު ވެސް ފައިސާ ކެނޑުން. މޮސްޓާ ވެސް މި ރިބާ ލޯނު ހުއްޓުވަން ޤަރާރެއް ހުށައރޅިނަމަ އަދި ވަރަށް ރަނގަޅުވާނެ.

    14
  2. ދޯހަޅި

    ތިޔަ ކަމަކީ ބީ.އެމް.އެލް ގެ މުވައްޒަފުންގެ ބައިވެރިވެގެން ހިންގާ ބޮޑު ޖަރީމާ އެއްގެ އިތުރުން ބޮޑް ޚިޔާނާތެއް.

    15
  3. Anonymous

    ބީއެމް އެލް ނޫނީ ބޭންކެއް ރާއްޖޭގައި އޮޕަރޭޓު ނުކުރަނީ ތޯ ހަމަ އެކަނި ތި ބޭންކުގެ އެކައުޓުތަކުން ވަގަށް ލާރި ނެގޭގޮތްވަނީ..؟

    އެމް.އެމް. އޭގެ ހުއްދަ އޮންނަ 11 ބޭންކް އެބަހަރި، އަދި ކާރޑު،އޭޓީއެމް، އޮންލައިންބޭންކިގ ވެސް ލިބޭ އެ ބޭކުތަކުންވެސް، (ދަ ސޯކޯލްޑް ޑިޖިޓަލް ބޭންކް އެވެސް) ކީއްވެ ތިބޭންކްގެ މައުލޫމާތު، ލިބެނީ..

    އޯޓީޕީ އަކީ އޭގެ ފަހުން ލިބޭ އެއްޗެއް.. ކުރީން އެމީހުން އަތުގައި އޮވެ ބޭންކު ފައިސާ ނަގަން އުޅުނީމަ އޯޓީޕީއާއި ޖެހެނީ..! އޭގެކުރިން އެމައުލޫމާތު ލިބުނީ ކާކުގެ އިހްމާލުންތޯ

    ބޭރުގައި ބޭނުން ނުވެސް ކުރާ ކާޑުން 750ޑޮލަރު ނެގީ ކިހިނެއް؟ ހަމަ ގައިމުވެސް މަގޭ އަތުން ދުވަހަކުވެސް ނުލިބޭނެ، އިންޓަރނެޓުގައި ބޭނުންވެސް ނުކުރަން އެކަމަކު ކާޑު އެއްކޮށް ދޮވެލީ! މީ ހަމަ ނިކަމެތި ކަސްޓަމަރުންގެ އިހުމާލު ތޯ؟

  4. ވިސްނާ

    އޭޓީ އެމް މެދުވެރިކޮށް އަޅުގަނޑު އެކައުންޓުން ނަގަން އުޅުނު 2000 ރުފިޔާ އަދިވެސް ނުލިބިގެން މި އުޅެނީ .. މި އަދައް މީ 3 ދުވަސް.. ވަގުތުން އެކައުންޓުން ލާރި ކެޑިއްޖެ އޭޓީ އެމް އަކުން ލާރިއެއް ނުނިކުން...ބޭންކަށް ދިޔައީ މަ ބުނީ.. ގުޅާށޯ ކޯލް ސެންޓަރަށް..ކޯލް ސެންޓަރަށް ގުޅުމަކީ އަލަށް މީހަކު ވިހަން އުޅުމަށް ވުރެން އުދަގޫ ކަމެށް ތީ..

    14
  5. ނިޔާ

    މޮޅު ވަާހަކަ ނުދައްކާ. މި ފައިޓް އަކީ މީނަ ޔާ ހެދި ފެށިގެން އުޅެ ކަމެއް. ޓުރާސްޕޯޓް އިން ޑޮމެއިން ކުޅި ކުޅެން ހަދައިގެން. ނަހުލާ ކާރީ ވައިޖަހނީ އެންމެ ބާރު ގަދަވާނީ މާލޭ ގަ އެންސީ ޔޯ. ރުވާނެއް މަރުވެގެން އެދިއައީ މީނަ ޔާ ހުރެ.

    1
    3
  6. ައަހަރެން

    އޮޅިގެން ލޯނުތަކަށް ފަައިސާ ވަންނަނަމަ ކިހާ ރަނގަޅު ދޯ....

  7. ގަލަން

    ބޭކާރު ކަންތަން. މުޅިންވެސް މަޖީލީހައް ކުއްލި މައްސަލަގޮތުގަ ވައްދަނީ ތާކުންތާކު ނުޖެހޭ ކަންތައް. ފުރަތަމަ ހޭލުންތެރި ވާންވީ އަހަރުމެން އޭރުން އެކައުންޓް ތަކުން ރުފިޔާ ނުފެއްލޭނެ

  8. ސަރީ

    ދައުލަތުގެ ބަޖެޓުން ވައްކަން ކުރަނީ.. މީހުންގެ އެކައުންޓުތަކުން ވައްކަން ކުރަނީ.. ރޯމާދުވާލު މީހުން ގަޔަށް ވަޅިޖަހާ މަރަނީ.. ގައުމުގެ ހުރިހާކަމެއް ބޭރުބަޔަކަށް ދީ ނިންމަނީ.. ލޯނު ނަަގަމުންގޮސް ގައުމު ދަރަނީގައި އަވަދިވަނީ.. ބިޔަ މަޝްރޫ ހިންގަންނޭގޭ މީހުންނަށްދީ މަޝްރޫތަށް ފޭއިލް ކުރަނީ.. ޖީއެސްޓީ ބޮޑުކޮއް ރައްޔިތުންގެ ޖީބު ފެލަނީ.. ދެން ކީއްކުރަން ހުންނަ ރައީސުލް ޖުމުހޫރިއްޔާއެއްތޯ..؟

  9. ޒަރީ

    ކީއްކުރާނީ.. ސޭކުސްތާނުގެ ހާލަތު މިހިރަ ފެންނަނީ.. ގައުމު ދަނީ މަޑުމަޑުން ނިމެމުން.. ކަފުން ކުރަންޖެހޭނެ ދުވަސްކޮޅަކުން މުޅި ގައުމު.

  10. Anonymous

    ތަންކޮޅެއްކުރިން މީހުންބުނޭ އައްޑޫ އަކީ ވައްކަމާއި މާރާމާރީ ހިންގުން އެންމެ ބޮޑު އަތޮޅޭ، އާބާދީ ބޮޑުވީމަ ތަފާތު ކުއްކުރާމީހުން ގިނަހެންހީވަނީ، ބ މާޅޮހަކީ 200 މީހުންގެ އާބާދީ އެއް އޮންނަ ރަށެއް ޕީސްބޯކުދިންނާއި ވައްކަން ކުރާ 10 ވަރަކަށް ކުދިންއުޅޭކަމަށްވަނީ، ނިސްބަތުންބަލާއިރު ބޮޑު އަދަދެއް