ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ފެށި މަސައްކަތް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުއްޓަވާލައްވާފައިވާ ކަމަށާއި، އެމަނިކުފާނު އަމާން ދެއްވައިފިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ، ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
"އަޅުގަނޑުމެނަށް ލިބުނު މަޢުލޫމާތަކީ، ގާސިމް އިބްރާހިމް މިހާރު އަމާން ދެއްވައިފިއޭ. ގާސިމް ވިދާޅުވެއްޖެ ކަލޭމެން ތިއުޅެނީ ތިމަންނާ ހަލާކު ކުރަންކަން ޔަޤީންވެއްޖެއޭ. އެހެންވީމަ ތިމަންނާ ނެތީމޭ މިހާރު ކަލޭމެންނާއެކު ތިމަސައްތަކުގައި އުޅޭކަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ގުޅިގެން މަސައްކަތް ކުރަމުން އައި އިދިކޮޅު ފަރާތްތަކާއި އިދިކޮޅު ލީޑަރުންގެ މެދުގައި ކޯޅުން އިތުރުވެ ގުޅުން ހީނަރުވެފައިވާކަމަށެވެ. އަދި އެ ފަރާތްތަކުން ފަހަތުގައި ތިއްބަވައިގެން ކުރާ މަސައްކަތަކީ، ރައްޔިތުން މަގުމައްޗަށް ނެރެ ހަމަނުޖެހުން ހިންގުވައި އެ ރައްޔިތުން ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ފޮނުވުން ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކާއި އެކު ކުރައްވަމުން ގެންދެވި މަސައްކަތްތަކާއި ގުޅިގެން ގާސިމްގެ ވިޔަފާރި ބަންގުރޫޓުވަމުން އަންނަކަން އެމަނިކުފާނަށް ވިސްނިވަޑައިގެންފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެމަނިކުފާނުގެ ދަރިކަލުން ހައްޔަރުކޮށްފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓުވެސް ޖުމްހޫރީ ޕާޓީއަށް ނުލިބޭނެކަމުގެ ވާހަކަފުޅުތަކެއް ގާސިމް ދައްކަވާފައިވާކަމަށެވެ.
ތިޔައީ ތެދަކަށްވެއްޖެނަމަ އަލްޙަމްދުލިﷲ! ޤާސިމަށް ވިސްނިވަޑައިގަންނަވަންވެއްޖެ އެްމްޑީޕީގެ ރޭވުން ވަރަށް ގޯސްކަމާއި ބޭނުންވަނީ ޤާސިމް ހައްދާލައިގެން އެމަނިކުފާނުގެ ކިބައިން މާލީ ނާޖައިޒު ފައިދާ ނެގުންކަން!
އަދުރޭއަށް ހޭލާހުއްޓާ ހުވަފެނެއް ފެނުނީތަ؟ ގާސިމް ހުންނެވީ ސާބިތުކަންމަތީ ރައްޔިތުންނާއިއެކު. ސަރުކާރުން ގާސިމްއަށް އެވަރަށް އަނިޔާކުރީމަވެސް އެމަނިކުފާނުގެ އަޒުމެއް ނުގުޑި. ދަރުބާރު ފެކްޝަން މީހުންނަށް އެކަން ހަޖަމު ނުވެގެން ފާޑުފާޑުގެ ވާހަކަ ދައްކަނީ. ރައްޔިތުން މިހާރަކު ގަބޫލެއްނުކުރާނެ ކަލޭމެން ތިހެން ދައްކާވާހަކަތަކެއް...
ގާސިމަކީ އޭނާގެ ރިމޯޓްކޮންޓްރޯލް ދިއްދޫ ބޮންތަށި ސަމީރުއާ ތިމަރަ ރިޔާޒުގެ އަތުގައިވާ މީހެކެވެ. އެދެމީހުން ބޭނުންވާހާ ގޮތަކަށް ގާސިމު ހަރަކާތްތެރިކުރުވަމުން ދެއެވެ. އަނެއްކާ ގާސިމަކީ އެހާ ހެދޭ މީހެކެވެ. އޮނަރަބަލް ގާސިމޭ ހަމަ ބުނާއިރަށް ހުންނާނީ ފިސާރި ފުއްޕާލާފައެވެ. ދެން އެހެންހުރެގެން ކިޔޭނުކިޔޭވެސް ނޭނގޭނެ. ތިޔަ މީހާއަށް އިތުބާރު ނުކުރަން އަދުރޭމެންނަށް ގޮވާލަން. އޭނާ އަމާންދިނަސް އަނެއްކޮޅަށް އެނބުރެން ސިކުންތެއްވެސް ނުނަގާނެ އަދިއެގޮތަށް އެނބުރިގަންނައިރު އިހު ފަހަރަށްވުރެ ނުލަފާކަމާ ޖައްބާރުކަމާ ލަދުހަޔާތްކުޑަކަން މާބޮޑުކޮށްލާ ކޮންމެ ފަހަރަކުވެސް.
ތީފޭކެއް. ސަރުކާރުން އޭނަ ބޭނުންވާ ކަންތައްކޮށްދިނީމަ އަނެއް އަތަށްއެނބުރެން ފަށާނެ. ދަރި ޖަލުން ސަލާމަތްވެ ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ސަލާމަތް ވުމުން ރައީސްކަމުގެ އިހްސާސް ކުރެވޭ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ނޭޅޭނެއޭ ބުނި ބްރިޖް މިހާރު މިދަނީ އެޅި ނިމެމުން ނޫންތޭ. ދެން ތަމެން ރަނގަޅު ވާނީ މަމެން ޕިންކީންގެ ވެެރިކަން ވައްޓާލަން ނޫޅެ ރަންރީނދޫ ބޮޑޭ ގޮވައިގެން އޭނާ ކުރު ސޯޓް ބުރި ލައްވައިގެން އޭނާ ގޮވައިގެން ހުޅުދޫ ދިގު ފަރަށް ގޮސް ބޮލި ހިލިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. ދަގަ ބޮލިހިލަން. ބޮލިހިލާދޯ.
އަސްލުވެސް ރަނގަޅު ވާނީ ސިޔާސީ ދާއިރާގައި ނޫޅުނީޔާ އަައްނި އަށްވެސް ވަކި ރަގަޅު ގޮތެއް ވިތަ، އަދި ނެއް އެކަކަށް ވެސް ރަގަޅު ގޮތެއް ވެފަ. މިއީ ވަރަށް ވާހަކަ!
ތީގެމާނައަކީ ތިމީހުން ބަލިވީ
ވަރަށް ބޮޑު މަހުޖަނަކަށް ވެވުނީމަ، ދެން ނުވެ އޮތްކަން ކޮއްލާ ހިތްވުމަކީ ވެދާނެކަމެއް. ވީމާ އެކަން ހޯދޭތޯ އުޅުލުމަކީ ގޯސް ކަމެއް ނޫން. އެކަމަކު ހައްދުފަހަނަޅާގޮސް އެކަން ހުއްޓަން ޖެހޭހިސަބަށް ދިޔައީމަ އަިދިވެސް ލިބޭތޯ އުޅެ ބަނގުރޫޓު ވެގެންދާއިރުވެސް ނެއެނގުނީމަ ކަމަކު ނުދާނެ.
ތީމަކަރެއްކަން ދަންނާތި، ތީން ވެރިކަމާ ނުކުޅެޔެއް ނުހުންނާނެ،
އަވަހަށް ގެނެސް ޖަލައްލާ،
މީނާގެ އަހުދާވަޢުދަކީ އަހަރެމެން ޤަބޫކުރާއެއްޗެއްނޫން،
ގާސިމު އިދަޖައްސާފަ ސަރުކާރުން އެހެން މީހަކައް އެފުރުސާތު ދޭންވީ ޒުވާނަކައް ބަލަ ގާސިމުބުނި ތިމައްނަގެ ރިޒޯޓް މިހުޅުވުނީ އުމަރުޒާހިރު ގާދިންކަމުންނޭ ވޯރޑްބޭންކުން ލޯން ލިބުނީމައޭ މީ ސަރުކާރުން ކޮއްދިން ކަމެކޭ އެވާނީ ރައްޔިތުންގެ ފައިސާ އަކައްނޫނަތަ.
މިމީހާއަކީ ސިޔާސީގޮތުން ކާކުބާ؟ ފިލަކުކުޅެޢް ގެ ފެންވަރުވެސް ހުރިމީހެއްނޫން
ތީތެދެއްވިޔަސް އަދުރޭ ބުނީމަ ގަބޫލެއްނުކުރެވޭ.