ބިދޭސީންނަކީ މިހާރު ރާއްޖޭގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަމުން އަންނަ ބައެކެވެ. ބަލާލި ކޮންމެ ދިމާލަކުން އަދި ކޮންމެ ގެއަކުން ފުރަތަމަ ފެނިގެން ދާނީ ބިދޭސީއެކެވެ. މަގުމައްޗަށް ނުކުމެ ހިނގާލިޔަސް، ފިހާރައަކަށް ވަނަސް ފެންނަން ހުންނާނީ ބިދޭސީއެކެވެ. މުސްކުޅި މައިންބަފައިންނާއި ދަރިން ބެލުމުގެ ޒިންމާ ވެސް ހަވާލު ކުރަނީ ބިދޭސީއަކަށެވެ. ރާއްޖޭގެ ލޭނާރު ކަމަށްވާ ދިވެހި ކާބަފައިންގެ ސަގާފީ މަސައްކަތް މަސްވެރިކަމުގައި ވެސް ދިވެހިންނަށް ވުރެ ބިދޭސީން ގިނައެވެ. މިއީ މިހާރު ދިވެހިންގެ ހާލަތެވެ.

ކާބަފައިންގެ ޒަމާނަށް ލޯ ހުޅުވާލާ އިރު، ފެނިގެންދާނީ އޭރު ދިވެހިންގެ ހީވާގި މުރާލި ކަމެވެ. އެއްވެސް މީހެއްގެ އެހީއެއް ނެތި ހުރިހާ މަސައްކަތެއްގައި ދިވެހިން މަސްއޫލުވެ އުޅޭ ތަނެވެ. ގައުމަށްޓަކައި، ގައުމުގެ ތަރައްގީ އަށް ދިވެހިން ކުރި މިންނެތް މަސައްކަތެވެ. މިހާރު ރާއްޖޭގެ ތަރައްގީ އަށް ވެސް ވިސްނަނީ ބިދޭސީންނެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ވެސް އިސް ސަފުގައި ތިބެނީ ބިދޭސީންނެވެ. އެމީހުންގެ ސަބަބުން ދިވެހިން ދިރިއުޅުން ފަސޭހަވެ އަރާމުގައި ދުވަސްތައް ހޭދަ ކުރެވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހައުސިން ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްތަތުގައި ބިދޭސީން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ އަނެއް ފަރާތަށް ބަލާއިރު އެމީހުންނާ ހެދި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ގެއްލި، މުޖުތަމައުގައި ކުރާނެ ކަމެއް ނެތި ޒުވާނުން މަގުފުރެދިގެންދެއެވެ. ބަންދު ދުވަހެއް ލިބުނަސް އާއިލާއެކީ ހިތްހަމަ ޖައްސާލަން މަގުމައްޗަށް ނުކުތަސް ނުވަތަ ދުއްވާލަން ނުކުތަސް ބިދޭސީންގެ އުނދަގޫ ބޮޑެވެ. ގުރޫޕް ހަދާލާފަ ޕާކުތަކުގައި، ބީޗު ސަރަހައްދުގައި ނުވަތަ މަގުމަތީގައި އެމީހުން އޮންނާނެއެވެ. އިށީންނާނެ ތަންކޮޅެއްވެސް ހޯދާލަން އުނދަގޫވާނެއެވެ.

ބިދޭސީންނަކީ ދިވެހިންގެ ގައިގެ އެއްބައި ކަމަށް ބަލައިގަނެގެން ހަމަ ތިބެން ވީހެއްޔެވެ؟ އެމީހުންނާ ނުލާ ދިވެހިންނަށް ނޫޅެވޭނެ ކަމަށް ގަބޫލުކޮށް ލޯމަރާލައިގެން ހަމަ ތިބެންވީ ހެއްޔެވެ؟ އެމީހުންގެ ކިބައިން ސަލާމަތްވުމަށް ހިންދަމާލައި ތެދުވާނެ ހަމަ އެކަކުވެސް ނެތީ ހެއްޔެވެ؟

ވިސްނާލާށެވެ. ރާއްޖޭގެ އަސާސީ ހިދުމަތްތައް ގާއިމު ކުރެވެނީ ރާއްޖޭގެ އާބާދީއަށް އަމާޒުކޮށެވެ. ކާބޯތަކެތި އެތެރެ ކުރެވެނީ ދިވެހިންގެ އާބާދީއަށް ނިސްބަތްކޮށެވެ. ރާއްޖޭގެ ފުޑްސެކިއުރިޓީ ރިޒާވްކުރެވިފައި އޮންނަނީ ރާއްޖޭގެ އާބާދީގެ މައްޗަށެވެ. ބޯހިޔާވަހިކަން ވެސް އޮތީ އެގޮތަށެވެ. އެހެންކަމަށް ވާނަމަ 100،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ރަސްމީ ހިސާބުތަކުން ދައްކާ މި ގައުމުގެ ވަސީލަތްތަކުން އިތުރަށް ހޭދަ ކުރަން ޖެހުމަކީ ކުޑަ ބުރަޔަކަށް ނުވާނެއެވެ.

މުސާރަ ނުދީގެން ހުޅުމާލޭގައި ބިދޭސީން މުޒާހަރާ ކުރަނީ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަވެސް މިހާރު އޮތީ ބޮޑު މައްސަލައަކަށްވެފައެވެ. ފާއިތުވީ ފަސް އަހަރުގައި ގަވައިދާ ޚިލާފަށް އެތައް ހާސް ބިދޭސީން ރާއްޖެ އެތެރެވެފައިވާއިރު ރާއްޖޭގައި ބިދޭސީން ތިބި ޖުމްލަ އަދަދެއް ސަރުކާރަށްވެސް ނޭނގެއެވެ. ސަބަބަކީ އެއްވެސް ލިޔެކިޔުމެއް ހުށަނާޅާ ގަވައިދާ ހިލާފަށް އެތައް ބިދޭސީން ރާއްޖެ އެތެރެވުމާއި އިމިގްރޭޝަނަށް ނޭނގި ފިލައިގެން ރާއްޖެއިން ދިޔުން ފަދަ ކަންތައް ކުރަމުން ދިޔައީމައެވެ. ނަމަވެސް މި ސަރުކާރުން ދަނީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެފަދަ ފަރާތްތައް ހޯދުމަށްފަހު އަނބުރާ ގައުމަށް ފޮނުވަމުންނެވެ.

ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކުރުމުގައި މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ އިހުމާލު ވަރަށް ބޮޑެވެ. އެގޮތުން ބައެއް މުއައްސަސާތަކުގައި ލިބިފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށް ރާއްޖެއަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކުރާ މީހުން ފާހަގަކޮށް އެފަދަ ފަރާތްތަކާމެދު ދަނީ ތަހުގީގެއް ހިންގަމުންނެވެ.

"ކަނޑައެޅިގެން މީގެތެރޭގައި އެބަތިބި، އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވި ތަހުގީގުވެސް ކުރެވެމުން އެބަދޭ، މަގާމުގައި ލިބިފައިވާ އޮތޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ދިވެހިރާއްޖެއަށް، މިއޮތް ލޫޕްހޯލްގެ ތެރެއިން، ގާނޫނާއި ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކޮށްލާކަން ފާހަގަކުރެވިފައި އެބައޮތް." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

ގަވައިދަށް އުޅޭ ބިދޭސީންގެ ތެރެއިންވެސް ބައެއް މީހުން މަސްތުވާ ތަކެތީގެ މައްސަލަތަކާއި އެހެނިހެން ކުށްތަކަށް އަރައިގަނެއެވެ.

ބިދޭސީންތަކެއް މިސްކިތެއްގައި ރޯދަ ވީއްލަނީ. --- ވަގުތު އިމޭޖަސް

މި ސަރުކާރު ވެރިކަމަށް އައި ފަހުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 900އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. ޝައްމާން ވިދާޅުވި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރު ކުރުމަށް ނުވަތަ ފޮނުވާލުމަށް މިދިޔަ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގި، އެމީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައި ތިބި މީހުންކަން ކަށަވަރު ކުރުން ކަމަށް ވިދާޅުވިއެވެ.

އާއްމު ސިއްހަތާއި އިގްތިސާދީ ގޮށްރާޅަކަށް ރާއްޖޭގައި ބަންގަލާދޭޝް މީހުން މިއޮތީވެފައެވެ. ކޮންމެވެސް ބައެއްގެ އިހުމާލާއި އަމިއްލަ އެދުމުގެ ހިތިރަހަ ލާންޖެހިފައި މިވަނީ މުޅި ދިވެހި ރައްޔިތުންގެ އަރުގައެވެ. ދާދި ފަހުންވެސް ދަރިންބަލަން ގޭގައި ގެންގުޅުނު ބިދޭސީއަކު އެ ކުއްޖާއަށް އަނިޔާކޮށް އިހާނެތިކޮށް ހެދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި މިނޫނަސް މައިންބަފައިން މުސްކުޅިވުމުން އަޅައިލުމުގެ ބަދަލުގައި ބިދޭސީންނާ ހަވާލުކުރުމުގެ ނަތީޖާއަކަށް ވަނީ އެމީހުން ހިތަށް އެރި ގޮތަކަށް އެމީހުންނާ މެދު އަމަލު ކުރުމެވެ. ތަނުގެ އަހުލުވެރިންގެ ނެތް އިންސާނީ ކަރާމަތަކާއި އިންސާނީ ހައްގެއް އޮންނަން ޖެހެނީ ރާއްޖޭގައި އެކަނި ހެއްޔެވެ؟ ބަންގްލަދޭޝް މީހުން ނެތް ނަމަ، ދިވެހިންގެ އަތް "ބަނދެވިދާނެ" ކަމަށް ހީކުރާނީ ވަރަށް ބޮޑު މޮޔައެކެވެ.

މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް ބަލާލާއިރު އުފާވެރި މަންޒަރެއް ފެނިގެންދެއެވެ. ސަރުކާރުން ބުނަމުންދަނީ ކުރިޔަށް އޮތް އަހަރުތެރޭ ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. ބިދޭސީންގެ އާބާދީ ކުޑަކުރުމަށް އިހުލާސްތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ފުރަތަ މަކަމަކީ ސަރުކާރުގެ އިހްލާސްތެރި ނިޔަތެވެ. ބިދޭސީންނަކީ ރާއްޖޭގައި އުޅޭބަޔަކަށް ނުވާނޭހެން ގެންގުޅޭ ބަޔަކަށް ހެދުމެވެ. ބައެއްގެ ވިޔާފާރި މުދަލަކަށް ބިދޭސީން ވިޔަނުދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ތިބަޔަކުއައިތާކަށް ފޮނުވާލަންވީ ކިހާދެރަކަމެއްތަ ހުރިހާވެސް މައްސަލައަކީ އެއްވެސްސަރުކާރަކުން މިކަންހުއްޓުވަން ނޫޅޭތީ

    28
    3
  2. Anonymous

    ނާާ--

  3. Anonymous

    މީގެ އިތުރަށްވެސް ގިނަ ބިދޭސީން(ބަންގާޅުން) ނަކީ ފާޑެއްގެ ވަހަކާއި އެކު އުޅޭ ބައެއް. މިސްކިތަށް އެރިޔަސް ގިނަ މީހުން ދާނީ ސެންޓުކޮޅެއްވެސް ޖަހާ ނުލައި. ދެން އޭގެ ހުރިހާ އުނދަގުލެއް މިވަނީ އަހަރުމެން މައްދިވެހިންނަށް.

    20
    5
  4. ޙަސަނާ

    މި5 އަހަރުވެސް ނިމިގެން ހިގައިދާނެ ކުރީ5 އަހަރުވެސް ނިމިގެންދިޔައީ އާރަބަރުހުރި މިނިސްޓަރު ފައްޔަޒުވެސް ބުނީ 1އަހަރު ތެރޭ ހައްލެއްނުގެނެވިއްޖެނަމަ އިސްތިއުފާވެސްދޭނަމެ އިސްތިއުފާއެއްވެސް ނުދެވުނު އިތުރައްވީ ގޯސް ބަންގުލަދޭސް ބަންދުކޮއްފަ ދެންމިތަނައް އެތެރެ ކުރަންފެށީ ކަފަރުން ހިންދޫން ބުޑިސްޓުން ނަސޯރާއިން މުޅިމާލޭގަ ފަހިޝް އަމަލުތައްވީގިނަ މިސަރުކާރު އައިއްސަވެސް ކަމެއްހައްލުނުކޮއް އަނެއްކަވެސް ބަންގުލަދެސް ހުލުވާލީ ހުޅުވަލުމައެކު މިހަތަނައްވެސް 20 ހާސް އެތެރެވެދާނެ އެތެތެވަނީ ކޮރަޕުސަނުގެތެރޭން އޯޕަންވިސާގަ މިނިސްޓަރައް އެގިލައްވާތޯ އޯޕަންވިސާ ކުޑަމިނުން އެވަރު އެގިފައޮތުންމުހިންމު..ގަވައިދުން ކޯޓާއެއްހޯދަން އުލުނަސް އެނުލިބޭ އެއައްވުރެ މާފަސޭހަ އިން ބިދޭސީންވެސް ކޯޓާހޯދާ..

    21
    1
  5. ނޭވާހޮޅި

    ދިވެހި ރައްޔިތުން ކަންނެތް ވެފައި ގޮތެއް ފޮތެއް ނެތިއްޔާ މި ނޫން ގޮތެއް އެ މީހުންނަކަށް ނޯންނާނެ.

    21
    3
  6. ކކކކ

    ބިދޭސީއަކަސް މުސްލިމުން ވިއްޔާ އެއީ އަހަރުމެން މުސްލިމުންގެ އަޚުން.

    24
    8
  7. އިބްރާހިމް

    ބަލަ މުއްސަންތިންނަށާއި ވިޔަފާރިވެރިންނަށް ކުޑައެއްޗެއްދިނީމައި މަސައްކަތްކޮށްދޭނެބަޔަކު ތިބެންނުޖެހޭނެތަ؟

    7
    1
  8. ސާމް

    ބިދޭސީންނަށަ ދިވެހި ރަށްވެހިކަންދީ ދޭސީންނަށް ހަދާލީމާ އެއޮތީ މައްސަލަ ހައްލުވެފަ. މިތާ ދިވެހިންގެ ތެރޭ ނެތޭ މަސައްކަތް ކުރާނެ ބަޔަކު. ވީމާ އެމީހުން ކޮންމެވެސް ތަނަކުން ގެންނަންތާ ޖެހޭނީ.

    6
    8
  9. ހަކީމް

    މިދިޔަ ސަރުކާރުން ތިޔަކަން ހައްލު ކުރަން ފެށި މަސަކަތް މިސަރުކާރުން ފުންޑާލީ

    2
    6
  10. އަހައްމަދޫ

    ގައިމުވެސް މިސްކިތްތައް ވަރައް ފަޅުފިލުވާ ބަޔެއްމީ

    10
    2
  11. ސަވާފު

    މި ދިވެހިރާއްޖޭގައި ނޫނިއްޔާ ކޮން ޤައުމެއްގަތޯ ހަމައެއް ލަމައެއްނެތި ހިތަށް އެރިގޮތަކަށް މިގޮތަށް ބިދޭސީންނަށް އުޅެވެނީ! ދިވެހިން އެންމެ ގިނައިންދާ ދެ ޤައުމު ކަމަށްވާ އިންޑިޔާގައި ނޫނީ ސްރީލަންކާގައި އެތަނަށް ދާ ބޭނުން ފިޔަވައި އެހެންކަންކަމުގައި ޓެކްސީ ގަނެގެން ޓެކްސީ ދުއްވުމާއި ފިހާރަތައް ގަނެގެން ނުވަތަ ކުއްޔަށް ނަގައިގެން ވިޔަފާރި ކުރުމާއި ނުވަތަ އެކިއެކި ވަޒީފާ އަދާ ކުރުންފަދަ ކަންކަން އެޤައުމުތަކުގައި އޮންނަ ޤަވާޢިދާއި ޚިލާފަށް ކުރާކަށް އެޤައުމުގައި ނުހުރެވޭނެ. އެފަދަ ކަމެއް ބިދޭސީއަކު ކޮށްފިނަމަ ކުރަން އޮންނަ ޖުރުމާނާއެއް ކޮށް ޑީޕޯރޓް ކުރާނެ. މިޤައުމުގައި ހަދާ ހެން ޤަވާޢިދުގެ ތެރެއަށް ވައްދާށޭ ކިޔާފަ ބިދޭސީ ކުށްކުރި މީހާ ފޮނުވާ ނުލާ ޤައުމުގައި ނުބަހައްޓާނެ.
    މިޤައުމުގެ އެކި ސަރުކާރުތަކުން ބިދޭސީން ހިތުހުރި ގޮތަކަށް މިޤައުމުގައި އުޅެމުންދާއިރު އަޅާނުލާ ދޫކޮށްލާފައި ހުރުމުގެ ސަބަބުން ބިދޭސީންގެ މަސްއަލަ މިވަނީ މިޤައުމުގައި ބޮޑު ޤައުމީ މަަސްއަލައަކަށް ވެފައި.
    މިމަސްއަލައަށް މިސަރުކާރުން އަވަސް ޙައްލެއް ގެނެސް
    ދެއްވުމަށް ބޭނުންވޭ.

    12
  12. Anonymous

    ދިވެހިން ދިވެހިން ދެކެ ލޯބި ނުވާތީ ، ކަމޭ ނުހިތާތީ މިހެން ވަނީ! ޒަމާނުނއްސުރެން ބޭރުން އަންނަ މީހާ އަށް މާ އިތުބާރު ކުރެވޭތީ! މި ބޭރު މީހުން ނަށް ވަޒީފާ ދީފަ ދިވެހިންނަކަށް ވަޒީފާ އެއް ނެތް! ބޭރު މީހުން އުޅޭތީ މަހަށް ވެސް ދިވެހިން ނުގެންދަނީ! ބޭރު މީހާ މާ ރގަޅުވާށނޭ ކިޔާފަ! އެކަމަކު އެމީހުން ނޫޅޭ ނަމަ ކޮންމެ ގޮތެއް ވިޔަސް ދިވެހި މީހާ އަށް ފުރުސަތު ލިބޭނެ!

  13. ޙުސޭނު

    ދިވެހިންގެ ވިޔަފާރި ތައް މިއޮއް ބަނގުރޫޓު ވަމުން ދަނީ، އެއާ ކާރގޯ ގަ ވެސް ތިޔަބައިގަނޑު ބޮޑު ނެޓްވޯކެއް ހަދައިގެން މަސައްްކަތްކުރޭ .ނަމެއްގަ ހަދާފަ އޮންނަ ރޫލްސް ތަކެއް އެތާވެސް އޮންނަނީ.

  14. ފަޔާ

    މިރާއްޖޭގެ ރައްޔިތުންގެ މިނިވަން ކަމަށް ނުރައްކާވެފައިވާ ''މިރާއްޖޭގައި ހަމައެއް ލަމައެއްނެތި ހިތުހުރި ގޮތަކަށް ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބޮޑު މަސްއަލަ އަށް'' ދާއިމީ ޙައްލު ރައްޔިތުން އިންތިޚާބު ކޮށްފައި މިހާރު ހުންނެވި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެނެސް ދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ.
    ބިދޭސީންގެ މިމަސްއަލައާއި ބެހޭގޮތުން ހޯމް މިމނިސްޓަރ ދައްކަވާފައިވާ ވާހަކަފުޅުން މިދެންނެވި އުންމީދު އާވާން ފަށައިފި. ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭ ވަރަށް މާތްﷲގެ ވާގިފުޅާއެކު މިމަސައްކަތް މިސަރުކާރުން ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށްބޮޑަށް އުންމީދު ކުރަން.