ފުރަތަމަވެސް ހަނދާނަށް އަންނަނީ، "ވަގުތު" ނޫހުގައި މަސައްކަތް ކުރަން ފެށި ފަހުން ފުރަތަމަ ލިޔުނު ލިޔުމެވެ. "ތޮއްޖެހިފައިވާ މާލެ، ޖިންސީ ގުޅުން ހިންގާ ހާއްޔަކަށް" މި މަޢުލޫއަށް އެދުވަހު ލިޔުނީ މާލޭގައި އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެކެވެ. ރަސްފަންނު ސަރަހައްދުގައި ކުރިން ހުރި ވެސްޓް ޕާކް ތެރޭގައި ހާމައަށް ޖިންސީ ގުޅުން ހިންގަން ބަޔަކު ތިބި ވާހަކައާއި އެވާހަކަ އެވަގުތު ޑިއުޓީއަށް އިން ފުލުހެއްކައިރީ ބުނުމުން އެކަމާ އަޅާނުލި ވާހަކައެވެ. އެދުވަހު މީސްމީޑިޔާގައި މިވާހަކަ ނޫން ވާހަކައެއް ދެކެވުނު ތަނެއް ނުފެނެއެވެ. ނަމެވެސް މިއަދު އެކަމުގެ މަތިން ހަނދާންނެތިއްޖެއެވެ. އަނެއްކާވެސް ކަންކަން މިދަނީ ތަކުރާރުވަމުންނެވެ.
މީގެ ދެދުވަހެއްހާ ކުރިން ފޭސްބުކް ސްކްރޯލް ކުރަމުން ދަނިކޮށް ފެނުނު ޕޯސްޓެއް ހިއްސާ ކޮށްލާނެވެ.
މިޕޯސްޓްގައި ބުނެފައިވަނީ އަޑު ފައްގަނޑެއް އިވުމުން ހަދަމުންދާ އިމާރާތަކަށް މި ޕޯސްޓް ލިޔުނު ފަރާތުން ވަތް ކަމަށެވެ. އެމީހާ ހީކުރީ މީހަކަށް ނުރައްކާތެރި ކަމެއް ދިމާވެގެން އުޅެނީ ކަމަށް، މި މިޕޯސްޓްގައި ބުނެފައިވެއެވެ. އަދި އެތަނަށް ވަނުމުން ފެނުނީ، ޅަ އުމުރު ފުރައިގެ ދެ ކުދިން ޖިންސީ ގުޅުން ހިންގަން ތިއްބާ ކަމަށާއި ރޭޕް ކުރަނީ ތޯ އަހާލި ކަމަށް މި މީހާގެ ޕޯސްޓްގައި ބުނެފައިވެއެވެ. އަދި އެވަގުތު އެއަންހެން ކުއްޖާ މިއީ ހިތުން ރުހުމުން ކުރާ ކަމެއް ކަމަށް ބުނި ކަމަށާއި އޭގެ ޖަވާބުގައި ހަދަމުންދާ އިމާރާތެއްގައި އެގޮތަށް އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނި ކަމަށްވެސް މިޕޯސްޓްގައިވެއެވެ.
މިޕޯސްޓްގައި މިއޮތީ ލައްކަ ވާހަކަ ދައްކާފައެވެ. ފިކުރު ހިންގަން ޖެހޭ ގިނަ ވާހަކަތަކެއް މިޕޯސްޓްގެ ޒަރިއްޔާއިން ލިބިގެން ހިނގައްޖެއެވެ. ކުލީ ކޮޓަރިތަކުން ފެށި އެ އަމަލުތައް ގޭގޭ ދޮރާށި ދަށުން ހިތްއުފާ ކުރަން ހަދާފައިވާ ޕާކްތަކުން ފެށިގެން ގޮސް މިހާރު މި ވަނީ މަގުތަކާއި ހިސާބަށް ޖިންސީ ގުޅުން ހިންގުން އާއްމުވެފައެވެ.
ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު މިއަދު ވެއްޓިފައިމިވާ ފުން ވަޅުގަނޑުގެ އިޙްސާސް ހަމަ ރަނގަޅަށްވެސް ކުރެވިއްޖެއެވެ. މީގެ ކުރިން މިގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ޒިނޭ ކުރުމަކީ ރާއްޖޭގައި އާއްމުކަމަކަށް ނުވާއިރު، ގާތްގަނޑަކަށް ފާއިތުވި 2 އަހަރެއްގެ ތެރޭގައި މިކަންވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މިވާހަކަ ދައްކާ މީހާއެވެ. މިކަންތައް ހުއްޓުވަން މަސައްކަތް ކުރާ މީހަކީ، "އަމިއްލަ ކަންކަން" އޮޅި އެހެން މީހުންގެ ދިރިއުޅުމަށް އަތްބާނާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފައެވެ.
މިވާހަކަ މިގޮތަށް ދެއްކުމުން ކިތަންމެ ބަޔަކު ޒުވާބު ކުރާނެކަންވެސް އެނގެއެވެ. "ރާއްޖޭގައި ފިރިހެނަކު، އަންހެނަކަށް ވެގެން، ހުއްޓުވާނެ މީހަކު ނެތް!" މި ސުރުޚީގެ ދަށުން ލިޔުމެއް ލިޔެގެންވެސް 6 ވަރަކަށް މީހުންވަނީ ގުޅުން ކަނޑާލާފައެވެ. ނަމަވެސް ބަސް ބުނަން ޖެހޭ ހާލަތެއްގައި އެކަމެއް ހައްދުން ނެއްޓުމުގެ ކުރިން ބަސް ބުނަން ވާނެތާއެވެ.
ޙައްލު ކުރަން ކުރާނީ ކޮން ކަމެއް؟
މިއޮތް ލައިގަންނަނީ ކްރިސްޓިއަނުންގެ ވެލެންޓައިންސް ޑޭ އެވެ. މިދުވަހު މާލޭގެ ގެސްޓް ހައުސް ތަކުގެ ރޫމްތައް ނިކަން ފުލްވާނެއެވެ. ގެސްޓް ހައުސްތަކުންވެސް ބޭނުންވަނީ ވިޔަފާރި ކޮށްލަންތާއެވެ. ލޯބިވެރިންނަށް ގެސްޓް ހައުސް އިން ޖާގައެއް ނުލިބިއްޖެނަމަ، ނުވަތަ އެއަށްުވުރެ އެދުވަސްވަރު "ބްރޯކް" ނަމަ ދެން "ކަންތައް" ކުރަން ފަށަނީ އާއްމު ތަންތަނުގައެވެ. ކަމާބެހޭ އިދާރާތަކުން މިދުވަހު އާއްމުކޮށް މީހުން އެއްވެ ނޫޅޭ އެކަމަކުވެސް އާއްމުތަން ތަން ބޮޑަށް ބެލެހެއްޓުމަކީ ކުރަން ޖެހޭ ކަމެކެވެ. މީގެ އިތުރުންވެސް ގެސްޓް ހައުސްތަކުންވެސް ރޫމް ދޫކުރާއިރު، އެއީ ކައިވެނިކޮށްގެން އުޅޭ ފަރާތެއްތޯ ބެލުންވެސް މުހިންމެވެ. ދެން އޮތީ އެންމެ މުހިންމު އެއް ކަންތަކެވެ. މައިންބަފައިންގެ ޒިންމާއެވެ. ޙަޤީޤަތުގައި ކުއްޖާ މަގުން ކަސިޔާރު ވެގެންދަނީ މައިންބަފައިންނަށް އެކުއްޖާ އުޅޭ ނޫޅޭ ގޮތް ބެލެން ޖެހެއެވެ.
ކޮންމެޔަކަސް އާންމުވެފައި މިވަނީ ބޮޑު ބަލިމަޑު ކަމެވެ. ލަދުވެތި ކަމެކެވެ. ގޯސްކަމެއް ގިނަ ފަހަރު ފެނި އެކަމެއް އާއްމުވިޔަސް އެކަމަކީ އަދި ރަނގަޅު ގޮތެއް ނޫނެވެ. މިކަމާމެދު ފިޔަވަޅު އަޅަން ޖެހެއެވެ.
މިއީ ފަހު ޒަމާނުގެ އަލާމާތެއް.
ތިޔަކަހަލަ މީހުންގެ ޒާތީ ކަންކަމާ ބެހި އުލެންޏާ މަރާލަންވެސް ފަހަކަށް ނުދާނެ. ތިއީ ފަރުދީ މިނިވަންކަން . ތާހިރު ދިރިއުޅުން. .ހައްގު މިންވަރު. ތިކަހަލަ އެތަށްކަމެއް. ތަރައްގީއޭ ޑިމޮކްރަސީއޭ.މަރާލާފަ މަގުމައްޗަށް ވެއްޓިފައި އޮތަސް އަޅައެއް ނުލާނެ. ޖާހިލިއްޔަ ޒަމާން ދެއްތޯ
މިލިޔުން ލިޔުއްވި ލިޔުންތެރިޔާއަށް ތާއީދު ތިގޮތުގަ ދެމިހުންނާނެކަމަށް ހީކުރަން
އަހަރެމެން، އެމީހުން ކިޔަނީ ހައްދު ފަހަނައެޅި މީހުން
ހޫނ ،އަހަރެމެން ރާއްޖެ އިސްލާހު ކުރަން ﷲގެ ހުކުމްތައް ގާއިމުކުރަން ނުކުންނަ ދުވަސް ވަރަށް ގާތްވެއްޖެ.ޑިމޯކުރެސީ އުވާލާ އިސްލާމީ ޝަރީއަތް ގެންނަ ދުވަސް. އިރާދަ ކުރެއްވިއްޔާ އިސްލާހު ކުރާނަން.
ތިވާނީރަށުގައި ނުކިއެވިގެން މާލޭގައި ކިވަންއައިސް ހުރި މޮޅަށްކިޔަވާކުއްޖަކަށް ކޮޔާނޭ މިއޮތީ ފަހުޒަމާނަށް އެޅިފައި މާމަމެން ބުނެ އުޅުނު ވާހަކަތައް މިފެންނަނީ ބުރާސްފަތިދުވަހުގެރޭ ތިޔަމަންޒަރު އަދިމާސާފުކޮށްފެންނާނެ ތިވެސްވާނީ ފަރުދީޒިންމާޔަކަށް ތިޔަކުއްޖާގެ މައިންބަފައިން ނުހުއްޓުވަނީ މިހާރުކަމެއްވާއިރަށް ބުނާވާހަކައަކީމީ މުއަށްސަސާއެއްގެ ޒިންމާއެއްނޯވޭ މުސްކުޅިއަކުކިޔާދިން ވާހަކައެއް ހަނދާންވަނީ އެއްދުވަސްވަރެއްގައި ގަނޑުވަރުކޮޅުގައި ޒުވާނަކު އަންނަނީ މުސާރިބަލާއެކަނި ހަގުބޭކްލުން ރަސްގެފާނަށް ދަންނަވަނީ މިޒުވާނާ އަންނަނީ މުސާރިބަލާ އެކަނި ރަސްގެފާނު ވިދާޅުވަނީ މާބާރަށް ތިވާހަކަ ނުދަށްކާށޭ އެސޮރަށް އަޑުއިވިއްޖެއްޔާ މުސާރަބަލާވެސް ނާންނާނޭ މިފެންނަނީ ހަމައެހެން ބަރާބަރަށް މުސާރަނަންގަވާ ފަރުދީޒިންމާ
ޔާމީނު ސަރުކާރުގަ ދެޖިންސުގެ ޒުވާނުން އެއްކޮށްގެން ނިވާކަންކުޑަ ހެދުމުގަ ޝޯބާއްވަމުން ދިޔައިރު މިހެންވާނެކަން އެންމެނަށްވެސް އިނގޭ. ވެރިކަމުން ބޭލިއިރު ގައުމަށްދީފަހުރި ގެއްލުން ތިޔަހަރީ.
މިއީ އޭ މިބުނާ ލާދީނީ ބައިގަނޑުގެ ފެންވަރު ހުންނަ ވަރު. ކަލޭ މާ ތާހިރެއްނު ނަޝީދު ވެރިކަމުގަ ކޮންމެ ރެޔަކު ދަންވަންދެން ޑީޖޭ ބާއްވާ ވާހަކަ ދައްކާނަމަ. ކަލޭ ކާކަށް ކޯއްޗެއް އޮޅުވޭތޯ ތިއުޅެނީ
މިކަންވެސް ހައްދުން ނައްޓާ މިންވަރަށް ފެށިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި. ޚިތާނީ ކެމްޕޭނޭ ކިޔައިގެން އޮންނަ މަޖާ ގަނޑުގެ ތެރެއިންވެސް ދެޖިންސުގެ ޒުވާނުން އުޅެނީ ކޮންމެވެސް ޖިންސީ މަސައްކަތެއްގައި. މިކޮމެންޓް ޖަހާލާނެ ހިތްވަރު ވަގުތު ނޫހުގައި އެބަހުރިތޯ..
އެހެންތަ. މާ ހަނދާން ހުރޭ ކަލޭމެންގެ ރޫޙާނީ ލީޑަރުގެ ބޯންޖެހޭ ބޮވެންޖެހޭ ބިރަކާ ނުލާ ދުވަސްވަރު މިކަން ވެސް އާއްމު ނުކުރެވިގެން ތެޅި ފޮޅުނު މިންވަރު. ކަލޭގެ ކޮމެންޓް މިތާ ޖަހައިފި އެއްނު. މަގޭ ކޮމެންޓެއް މިހާރު ނޫހަކު ނުޖަހާ.
ފެނުނު މީހާ ވަގުތުން ފުލުހައް ގުޅިނަމަ އޭރުން އޭނާގެ ޒިންމާ ނެގުނީ އއްނު
މަގުތަށް މަތީގަ ހިމާރު ތަކެއްފަދައިން ޒިނޭ ކުރަމުން ދާނެއެވެ. އެތަންފެންނަ މީހާވެސް ބުނާނީ އެހެންމީހުނަށް އުދަގޫނުވާ ގޮތަށް އެއްފަރާތަށް ޖެހިލާއިގެން ކުރާށެވެ. މިއީ ޤިޔާމަތް ވުމުގެ އަލާމާތް ތަކުގެ ތެރެއިން ވާކަމެކެވެ.
މިކަން ހައްލު ކުރަން ބަޔަކު ނިކުންނަން ވީއެވެ.
ޢެ ދެމީހުން މައްސަަލަނެތީ އޯކޭ ދެން ކަލޭމެން ކޮން މައްސަލަހުންނަނީ.
މުސްލިމުން މިކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭނެ އިންޝާﷲ ކުޑަމިނުން ހެޔޮދުޢާ ކުރަންޖެހޭނެ މިކަންކަން ހުއްޓުވަން
އެމީހުން ޖެލެސް ވަތަރޫ ހޫންނަނީ.
ސުބުޙާނައްﷲ
ވަގުތު ނޫސް އިން ގެންނަ މިފަދަލިޔުން ތައް ކިޔައިގެން ވެސް އެތައްބަޔަކު.މަގުފުރެދިގެންދާނެ.ނޫސް ތަކަކީ 18 އަހަރުނުވާ ކުދަކުދިންވެސް ކިޔާއުޅޭ އެއްޗެއް.ތިހާ ޑިޓެއިލްކޮއް ތިގޮތަށް މަންޒަރުސިފަވާ ގިތައްގެނެސްދެނީ މީހުން ވަހުށީ ކުރުވަން ކަމަށް ބެލެވެނީ.ނޫނީ ތިލިޔާމީހާގެ ވަހުށީ ކަން ބިޑީ.
މާތްﷲގެ ގަދަފަދަ ކޯފާގެ އެތިފަހަރު އެކަލާނގެ އޯގާވަންތަ ކަމާ ރަޙްމަތްވަންތަ ކަމުން މިގައުމަށް ނާރަނީ، މިގައުމުގައި ނުބައިނުލަފާ ފާޙިޝް ޢަމަލުތައް ކުރެވެމުންދާއިރު އެކަމާ ހިތް ބުރަވެ، ކަންބޮޑުވެ، އެކަން އިސްލާޙުކުރަން އިޚްލާޞްތެރި ކަމާއިއެކު އުޅޭ ތިޔަކަހަލަ މާތްމީހުންގެ ސަބަބުންނެވެ.
ޓިކަންތަކެއްހައްލެއް ނުކުރެވޭނެ.ތިކަންތައް ހައްލުކުރެވޭނީ ފުލުހުންގެ އިދާރާ ތަންކޮޅެއް ޒިންމާދާރުކުރުވައިގެން.އަމާބުނީތީ ފަރަށްދާ އުސޫލުން ކޮލަމާފުށީގައިވެސް ފުލުހުން ބައިތިއްބާފައި ހުންނަނީ.ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދުކޮށްގެން މީރު ކާއެއްޗެހިދީފަތިބެނީ.1500 މީހުންހަމަނުވާ ކުޑަ އާބާދީގަ ވައްކަމާ މަސްތުވާތަކެތި އިންތިހާއަށް.ފުލުހުންތިބެނީ މީރުކޮށް ކައިގެން ކޮޓަރި ތަކުގަ.އިރު އޮއްސުމުން ނައިޓް ފިޝިން އަށް.ދުވާލު އަދި ރޭގަނޑުވެސް އެމީހުން ލޮލަކަށްނުފެނޭ.ކުށް ކުރަނީ އެއްބަޔެއް.އެކަންތައްހުއްޓުވަން އެމީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއްނުލިބޭ.ސުވާލަކީ ސަރުކާރުން އެހާބޮޑެތި ޚަރަދުކޮށްގެން އެމީހުން ބޭތިއްބުމުގެ ބޭނުމަކީ ކޮބާހެއްޔެވެ.
މިލިޔުންލިޔުއްވި ފަރާތަށްޝުކުރިއްޔާ މިކަމަކީ މިއިސްލާމީގައުމުގައި ހިންގާކަމެއް ހިތާމައަކީ
މިފަދަކަންތައްތައް ހުއްޓުވަންތިއްބަވާބޭފުޅުންވެސް މިފަދަކަންކަންނުބައްލުވާ ކަންހިގާއިރުވެސް
ކަމުގެ މައުލޫމާތު ދެއްވާބޭފުޅާ މާޔޫސްކުރައްވާ ނުބައްލަވާކަން އަދި ދީނަށްޓަކާ،ގައުމަށްޓަކާ
އަބަދުއަޑުއުފުއްލަވާ ޝެއިޚުބޭފުޅުންވެސް ދީނާޚިލާފު މިފަދަބަދުއަޚުލާޤީކަންތައްހިނގާކަމަށް
ނުބުނުއްވާ މިފަދަކަންކަމާކަންބޮޑުވެއުޅުއްވާތަންނުފެނި ކޮންމެވެސް ސިޔާސީކަމެއްގައިކަމެއް
ބޮޑުވެގެން އުޅުއްވާމަންޒަރުފެންނާތީ ލިޔުންތެރިޔާ ލިޔުއްވާފައިވަނީ ވަރަށްވެސް ރަގަޅުލިުޔުއްވުމެއް" ކޮންމެއަކަސް އާމުވެފައިމިވަނީ ބޮޑު ބަލިމަޑުކަމެއް ލަދުވެތިކަމެއް ގޯސްކަމެއް ''މިކަމާމެދު ފިޔަވަޅުއަޅުއްވަން މިހާރުވެސް ލަސްވެއްޖެ ކަމުގެޒާތުން ހޭލުންތެރި
ކުރެއްވުމަށް ލިޔުއްވިލިޔުންތެރިޔާއަށް ހިފެހެއްޓުމެއްނެތި އަދިވެސްޝުކުުރުދަންނަވަން ހުސް ސިޔާސީ ލިއްޔުއްވުން ނުލިޔުއްވާ ހޭލުންތެރިކުރުވުމުގެ މިފަދަ މުހިއްމުލިޔުއްވުންތައްވެސް
ވަގުތުނޫހުން ލިޔުއްވާކަން ފާހަގަކޮށް ޝުކުރުދަންނަވަން ﷲ ތިނޫހުގެ ލިޔުންތެރިންނަށް
ރަހުމަތްލެއްވުންއެދި ދުއާކުރަން