ރިއަލް މެޑްރިޑުގެ ޑިފެންޑަރު ނަޗޯ ގަބޫލު ކުރާގޮތުގައި އޭނާ އަށް ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި އަރަން ފުރުސަތު ލިބެންޖެހޭ ވަރަށް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
ސްޕޭންގެ ޑީފެންޑަރު ނަޗޯ ފެރްނާންދޭސް ބުނާގޮތުން އޭނާގެ ކްލަބުގައި އެެއްކޮށް ކުޅޭ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެން އޭނާ ހުރީ ކެތް މަދުވެފައެވެ.
ވޯލްޑް ކަޕުގެ ކުރިން ސްޕޭން ކުޅޭ އެންމެ ފަހު އެކުވެރި ކަމުގެ މެޗުގައި ތުނީސިއާ ބަލިކުރި މެޗުގައި ނަޗޯ ކުޅެން އަރާފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ގަބޫލު ކުރާގޮތުގައި އެ މެޗުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި އަރަން ފުރުސަތު ލިބެންޖެހޭ ވަރަށް އޭނާ އަށް މަސައްކަތް ކުރެވުނެވެ.
"އަހަރެން އުއްމީދު ކުރަން ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެން ފުރުސަތު ލިބޭނެ ކަމަށް، ސްޕޭން އިން ވިސްނަން ޖެހޭނީ ރޮނާލްޑޯ ހުއްޓުވުމަށް، ހުރިހާ އެއްމެނަށް ވެސް އެނގޭނެ އަހަންނަށް ކުޅެން އެންމެ ފަސޭހަ ވަނީ ޑީފެންސުން މެދަށް، ނަމަވެސް ފުލް ބެކެއްގެ ގޮތުގައި އަހަރެން ބޮޑު މެޗުތައް ކުޅެފައި ވާނެ" ނަޗޯ ބުންޏެވެ.
ރޮނާލްޑޯ ރިއަލް މެޑްރިޑުގައި ކުރިޔަށް އޮތް ތަނުގައި ކުޅޭނެ ކަމާއި މެދު ޝައްކު އުފެދިފައި ވާއިރު މިދިޔަ މަހު ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ރޮނާލްޑޯ ވަނީ އޭނާގެ ކުރިމަގާއި ބެހޭގޮތުން ބަހެއް ބުނެފައެވެ.