ޗެލްސީގެ ކިޓް ސްޕޮންސަރުންގެ ގޮތުގައި ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން މަޝްހޫރު "ޓްރިވާގޯ" އިން ދީފިއެވެ.

ޓްރިވާގޯ އިއްޔެ ވަނީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެހެން ޕާޓްނަރުން ދުރަށް ދިޔަ ނަމަވެސް ޓްރެއިނިން ކިޓް ސްޕޮންސަރުންގެ ގޮތުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިދިޔަ ހޫނު މޫސުމުގައި ޗެލްސީއާއެކު ގިނަ އަހަރުތަކެއްގެ އެއްބަސްވުމެއްގައި ސޮއިކުރި ޓްރެވަލް ބްރޭންޑުން ބުނީ މިލްކުވެރިކަން 'ވީ އެންމެ އަވަހަކަށް' ބަދަލުކުރުމަށް ގޮވާލާއިރު، ކްލަބާއި ސަޕޯޓަރުންނާއި މުޖުތަމައަށް އެހީތެރިވުން ކުރިއަށް ގެންދިއުން މުހިންމު ކަމެއް ކަމަށެވެ.

ޗެލްސީއާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން ޓްރިވާގޯ ބުނީ "ދުނިޔޭގެ ޓްރެވަލް ބްރޭންޑެއްގެ ހައިސިއްޔަތުން އަހަރެމެން ގަބޫލުކުރަނީ މީހުން ގުޅުވައިދީ އެއްބައިވަންތަ ކަން ގާއިމް ކުރަން" މިހެންނެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި ކަސްޓަމަރުންނަށް އަދިވެސް ރަޝިއާގެ ހޮޓާތައް ދޭކަން ހާމަވުމާ ގުޅިގެން އެ ކުންފުނި ވަނީ އިތުރަށް ސަމާލުވާން ޖެހިފައެވެ. އެއީ ކުރިޔަށްއޮތް ތަނުގައި ޔޫކޭ އިން އެ ކުންފުންޏަށް ފިޔަވަޅު އެޅުން އެކަށީގެންވާތީ އެވެ.

ރޭގެ ނިޔަލަށް ޓްރިވާގޯ އަކީ ޗެލްސީގެ ވެބްސައިޓްގައި އާއްމުކޮށް އެ ކްލަބާ އެއްކޮޅަށް ތެދުވި ހަމައެކަނި ޕާޓްނަރުން ކަމަށްވާއިރު ކިޓް ސަޕްލަޔަރުން ނައިކީ ވެސް މަޑުކުރާނެ ކަމަށް ބެލެވެ އެވެ.

ޗެލްސީގެ ޖާރޒީ ސްޕޮންސަރުން ތްރީ އިން ޗެލްސީއާއި ގުޅުން ކަނޑާލިއިރު، ޒެޕް އާއި ހިޔުންޑައި ވަނީ ދުރަށް ދާން ވިސްނަމުންނެވެ. ޗިލްޑްރަންސް ޗެރިޓީ ޕްލޭން އިންޓަނޭޝަނަލް އިން ޗެލްސީއާ އެކު އޮތް ޕާޓްނާޝިޕްގެ ނިމުން ދެ މަސް ދުވަހަށް ވަނީ ގެނެސްފައެވެ. އެހެންކަމުން ޗެލްސީގެ މުސްތަގްބަލް އަދިވެސް އޮތީ ބަނަކޮށެވެ.