ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިވާނެ ކަމަށް މެޗު ނުނިމެނީސް ސައުދީ އަރަބިއްޔާގެ ކުޅުންތެރިއަކު، ކެޕްޓަން ލިއޮނަލް މެސީ ގާތުގައި ބުނުމުން އެކަމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗު ސައުދީން، އާޖެންޓީނާގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މި މެޗުން މޮޅުވެ އާޖެންޓީނާގެ ތާރީހުގެ ބޮޑު ރިކޯޑެއް ކަމަށްވާ 36 މެޗުން ބަލި ނުވެ އޮތް ރިކޯޑް މުގުރާލާފައި ވަނީ ވެސް ސައުދީއެވެ. ސައުދީވެފައި ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ އޭޝިއާގެ ޓީމަށެވެ. މިއީ އެތައް ބަޔަކަށް ސިހުން ގެނުވި ނަތީޖާއެކެވެ.

މެސީ އާއި ބުލައިހީ ދަނޑު މަތީގައި.

އާޖެންޓީނާ މޮޅު ނުވާނެ ކަމަށް މެޗު ނިމުމުގެ 40 މިނެޓު ކުރިން މެސީ ގާތުގައި ބުނެފައި ވަނީ ދަނޑުމަތީގައި ކުޅެން އަރާ ހުރި ސައުދީގެ ޑިފެންޑަރު އަލީ އަލް ބުލައިހީއެވެ.

ގްރޫޕް ސީގައި ހިމެނޭ އާޖެންޓީނާ އާއި ސައުދީ ކުޅުނު މެޗުގައި ލީޑް ނަގައި ކުރި ހޯދީ އާޖެންޓީނާއެވެ. މި ލިބުނު ޕެނަލްޓީއަކުން މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ މެސީއެވެ.

އެކަމަކު، ދެވަނަ ހާފްގެ ކުރީކޮޅު ސައުދީގެ ސަލާހް އަލް ޝެހްރީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެހުމާއެކު، އަލް ބުލައިހީ ވަނީ މެސީ ކައިރިއަށް ގޮސް ވަރުގަދަ މެސެޖެއް ދީފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ސައުދީގެ ސަލީމް އަލް ދައުސާރީ އިތުރު ލަނޑެއް ޖަހައި ސައުދީ އަށް ލީޑް ނަގައި ދިނުމާ އެކު ވެސް އަލް ބުލައިހީ ކުޅުންތެރިންނާ އެކު އުފާ ފާޅު ކުރުމުގެ ބަދަލުގައި ދިޔައީ މެސީ ކައިރިއަށެވެ.

މެސީ ކައިރި އަށް ގޮސް، އޭނާގެ ބުރަކަށީގައި ދެތިން ފަހަރަކު ޖަހާލުމަށް ފަހު، މެސީ އަށް ބަހުގެ ހަމަލާތަކެއް ދިން ތަން އާންމުވެފައިވާ ވީޑިއޯ އިން ފެނެއެވެ. އޭރުގައި މެސީ ކައިރި އަށް ގޮސް "ކަލޭމެން މޮޅެއް ނުވާނެ" ކަމަށް ދެ ފަހަރެއްގެ މަތިން އަލް ބުލައިހީ ބުނެފައިވެއެވެ.

އާޖެންޓީނާ އާއި ސައުދީ ކުޅުންތެރިން ދަނޑު މަތީގައި.

އޭރު މެޗު ނިމެން ސާޅީހަކަށް މިނެޓު އޮތެވެ. އެންމެ ފަހުން މެޗު ވެސް ނިމުނީ ބުލައިހީ ބުނި ގޮތަށެވެ.

މެސީ ގާތުގައި، ސައުދީ ކުޅުންތެރިޔާ އެހެން ބުނުމާ އެކު ހެން، އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ ޕަޕޫ ގޮމޭޒް އާއި ލައުޓާރޯ މާޓިނޭޒް ގޮސް މެސީ ހިމާޔަތް ކުރާ ތަން ފެނެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނީ ސައުދީ އަރަބިއްޔާގައި ތިބީ މޮޅު ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެއީ ބޯޅަ ހިފަހައްޓައިގެން ގޯލަށް ނުރައްކާ ކުރުމުގެ ރޫހުގައި މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އާޖެންޓީނާ އިން އެމީހުން ހުއްޓުވޭތޯ ބެލި ކަމަށް ވެސް މެސީ ބުންޏެވެ.

މެސީ ބުނި ގޮތުގައި މުބާރާތް ފެށުނީ އާޖެންޓީނާ އިން ހީކުރި ގޮތާ ހިލާފަށެވެ. އެކަމަކު، ކޮންމެ ކަމެއް ވެސް ވާނީ ސަބަބަކާ ގުޅިގެން ކަމަށް ވެސް މެސީ ބުންޏެވެ.

މެސީ ބުނީ ކުރިއަށް ހުރި މެޗުތަކުން މޮޅުވުމުގެ ފުރިހަމަ ބާރެއް އާޖެންޓީނާގައި އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް ވެސް މެސީ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނނނ

    ހޫ.......މަވެސް ބުނިން މަގޭ ދަރިގާތު އިން ޝާ ﷲ މޮޅުވާނީ ސައުދީ އޭ....ޔަޤީން ސައުދީ މީހާ ބުނެފަ އޮންނާނީ އިރަދާޔާ ލާގެން މެސީ އަށް އެ ބުނި އެއްޗެއް ގެޓް ނުވީ ތޯ އެއްޗެއް....

    45
    5
  2. އަލީ

    ކަލޯ މަގޭ ގޭއެންމެން ގާތު މެޗުފެށުމާއިއެކު ބުނިން ސައުދީ ޓީމަކީ މޮޅުޓީމެއްކަމާއި މެޗުން މޮޅުވާނެކަމަށް އަދި ފަހުހާފުގައި ކޯޗުގެ މޮޅުކަންވެސް ފެންނާނެކަމަށް މެސީވެސް މިބުނީ މިހެންތާ ﷲ އެންމެމޮޅަށް ދެނެވޮޑިގެންވާނީ "މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނީ ސައުދީ އަރަބިއްޔާގައި ތިބީ މޮޅު ކުޅުންތެރިންތަކެއް ކަމަށެވެ. އަދި އެއީ ބޯޅަ ހިފަހައްޓައިގެން ގޯލަށް ނުރައްކާ ކުރުމުގެ ރޫހުގައި މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އާޖެންޓީނާ އިން އެމީހުން ހުއްޓުވޭތޯ ބެލި ކަމަށް ވެސް މެސީ ބުންޏެވެ."

  3. ބޭހޭކަމެއް ނޫން

    މެސީ އަށް ވުރެ ގިނަ ގޯލު ޖެހި މީހަކު ނުހުންނާނެ 😠😠ހުރޭ ދޯ🤧🤧
    އެކަމަކު ސައުދީ މޮޅު ވެއްޖިއްޔާ ރަނގަޅީ ❤️

    • ވާނުވާ

      ކަލޭ މެސީއަށް ތިޔަ ތާޢީދުކުރަނީ 2014 ވަނަ އަހަރު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން މަރަން އިޒްރޭލުން ދިން ހަމަލާތަކަށް ހިއްވަރު ދިނުމަށް މެސީ އިޒްރޭލަށް 1 މިލިޔަން ޑޮލަރުދިނީމަ އެކަމާ އުފަލުންތަ. ޔަހޫދީ ކަލޭގެއަށް ސަލާމް..