ސެނަގަލްގެ މަޝްހޫރު ފުޓުބޯޅަކުންތެރިޔާ ސާޑިއޯ މާނެ، ސައުދީގެ އަލް ނަސްރާއި ގުޅިއްޖެއެވެ.

މަނޭ އަލްނަސްރާ ގުޅިފައިވަނީ 37 މިލިއަން ޔޫރޯއަށެވެ. މަނޭ އަލްނަސްރާ ގުޅިފައިވަނީ އޭނާ މިހާރު ކުޅެމުން އަންނަ ޖަރުމަނުގެ ބަޔާންއިން އޭނާ ފޮނުވާލަން ބޭނުން ވެފައިވާތީއެވެ.

ސައުދި އަރަބިއްޔާގެ ފުޓުބޯޅަ ލީގު މިހާރު ދަނީ ބާރު މިނެއްގައި ކުރިއަރަމުންނެވެ. އެގޮތުން ޔޫރަޕުގައި ކުޅެމުން ދިޔަ ގިނަ ކުޅުންތެރިން ތަކެއް ވަނީ ސައުދީ އަރަބިއާގެ ޓީމުތަކާ ގުޅިފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނަލްޑޯ، ބުރޮޒޮވިޗް، ފޮނަނަ، ޓަލިސްކާ، އެލެކްސް ޓެލެސް ވަނީ އަލްނަސްރާ ގުޅިފައެވެ.

މަނޭ ފުޓްބޯޅާ ހަޔާތަށް ބަލާއިރު، އެންމެ ގިނަ ދުވަހު ކުޅެފައިވަނީ އިންގުލޭންޑުގެ ކްލަބެއް ކަމުގައިވާ ލިވަޕޫލަށެވެ. މަނޭ ވަނީ 7 އަހަރު ދުވަހު ލިވަޕޫލް އަށް ކުޅެ ދީފައެވެ. 7 އަހަރު ދުވަސް ތެރޭ މަނޭ ވަނީ ލިވަޕޫލް އާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ އެ ޓީމުގައި ހުރެގެން ޓީމަށް ޗެންޕިއަންސް ލީގު، ފީފާ ކުލަބް ވޯލްޑް ކަޕް، ޕްރިމިއާ ލީގު، ޔޫއެފާ ސުޕާ ކަޕް، އެފްއޭ ކަޕްގެ އިތުރުން ލީގު ކަޕް ވެސް ކާމިޔާބު ކޮށްދީފައެވެ.

މިކާމިޔާބުތައް ހޯދުމުގައި މަނޭ ވަނީ މުހިންމު ރޯލެއް އަދާ ކޮއްފައެވެ.

މަނޭ އަކީ ގައުމަށް ގިނަގުނަ ކާމިޔާބީ އެއް ހޯދާފައިވާ ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް މަނޭ ވަނީ އޭނާގެ ގައުމު ސެންޓްރަލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެ އެޕްރިކާގެެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ މަގާމް 2 ފަހަރު ހޯދާފައެވެ. އަދި މީގެ އިތުރުން އެފްރިކާ ކަޕް ވެސް އޭނާ ވަނީ ހޯދާފައެވެ.

މަނޭ އަލްނަސްރާ ގުޅުނު އިރު މަނޭގެ އުމުރުން ވަނީ 31 އަހަރު ވެފައެވެ.
މަނޭގެ ކެރިއަރުގައި މަނޭ ވަނީ 5 ޓީމަކަށް ކުޅެފައެވެ. އެޓީމުތަކަކީ
މެޓްޒު، ސަލްސްބާގު، ސައުތްއެންޕުޓަން، ލިވަޕޫލް، ބަޔާންއެވެ.
މަނޭ ވަނީ 492 ލަނޑު އޭނާގެ ކެރިއަރުގައި ޖަހާފައެވެ.