ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018" ގެެ ފޮޓޯގްރަފީ އަދި ވީޑިޔޯ ގްރަފީ ޕާޓްނަރަކަށް ނާން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.
ކޮކޯ ބޮޑު ހިތި ރިސޯޓުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގެ ތެރެއިން މި އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒެވެ. އަދި ނާން މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ޝިނާންއެވެ.
ނާން މޯލްޑިވްސް އަކީ ޒުވާނުތަކެއް އިސްވެ ތިބެ ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުންޏަކީ މިވީ އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑެތި އިވެންޓްތަކުގެ ފޮޓޯ އަދި ވީޑިޔޯ ގްރަފީ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެގޮތުން މިދިޔަ އަހަރު ހައިރައިޒް އިން އިންތިޒާމްކޮށްގެން ބޭއްވި ސަޓާ އެވޯޑް ހަފްލާގައިވެސް ފޮޓޯ އަދި ވީޑިޔޯ ގްރަފީ ޕާޓްނަރަކީ ނާން މޯލްޑިވްސް އެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އިތުރު ޕާޓްނަރުންނަށް ބަލާއިރު،
ގޯލްޑް ޕާޓްނަރ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ސިލްވަރ ޕާޓްނަރ: އެލައިޑް އިންޝުއަރަންސް
ޕްރިންޓިންގް ޕާޓްނަރ: ޕްރިންޓްލެބް
ފޮޓޯގްރަފީ ޕާޓްނަރ: ނާން މޯލްޑިވްސް
އޮންލައިން މީޑިއާ ޕާޓްނަރ: ސަން އޮންލައިން
ޓްރެވަލް މީޑިއާ ޕާޓްނަރ: މޯލްޑިވްސް އިންސައިޑަރ
ޑިޖިޓަލް ޕާޓްނަރ: ކޯޑްފްލައި
އެޑްވަޓައިޒިންގް ޕާޓްނަރ: ބްލަކް
މިއީ އެ އެވޯޑް ހަފްލާ ބާއްވާތާ ހަތް ވަނަ އަހަރެވެ. ކޮންމެ އަހަރެއްގައިވެސް އެވޯޑް ހަފްލާ އާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަޓާޓޯއިން ރާވައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން، ގެސްޓްހައުސް އެޑިޝަން، ޓްރެވަލް ކޮންފަރަންސްގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ ހިމެނެއެވެ.
ނާން އަކީ ވ ސަޅި ބިޓެއް. ތިނަދޫ ބިޓެއް. ހުޅުމާލެ ފޮޓޯ ޝޫޓް ކާންޓް ފޮގޮޓް