ރާއްޖޭގައި ޕިއްޒާ ހަޓް ހުޅުވީ ރޭގެ ވަގުތެއްގައެވެ. މިއި ގިނަބަޔަކު އިންތިޒާރެއްގެ ނިމުމެވެ. ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑްތައް ރާއްޖެއަށް އައިސް ރާއްޖެއަށް އެ މީހުންގެ މީރު ރަހަތައް ގެެނެސްދިނުމެވެ.
މިއަދު ހެނދުނު 11:00 ޖެހިއިރު އާއްމުންނަށް ޕިއްޒާ ހަޓުން ވަނީ ހިދުމަތް ދޭން ފަށާފައެވެ. ރޭ އެތަން ހުޅުވިގެންދިޔައިރުވެސް އެ ސަރަހައްދު ވަރަށް ބާރުބޮޑުކަމަށް ވެއެވެ.
އަދި މިއަދު 11:00 ޖެހިއިރުވެސް އާއްމުންނަށް އެތަނުން ހިދުމަތްދޭން ފެށިއިރުވެސް ކިއު އެހާބޮޑެވެ. ޕިއްޒާ ހަޓު ހިމެނޭ ސަރަހައްދުގެ ދުވާރު މަތީގައި ގިނަ އަދަދެއްގެ މީހުން ތިބީ ކިއު ޖެހިގެންނެވެ. އެ ގަޑީގައި ޕިއްޒާ ހަޓަށް ދިޔަ 50 މީހަކަށް އެ މީހުންގެ ބްރޭންޑެޑް ޓިޝާޓްވެސް ވަނީ ދީފައެވެ.
ޕިިއްޒާއަކީ ދިވެހިންނަށް އެންމެ ކަމުދާ އެއް ބާވަތްކަމަށްވައިރު، ގިނަ ދިވެހިން ބުނަމުން ދަނީ މިފަހަރު ދޫކޮށްލާނީ ޕިއްޒާ ހަޓުގެ އަޖުމަ ބަލާފައި ކަމަށެވެ.
ޕިއްޒާހަޓުގައި ތަފާތު 20 ވައްތަރެއްގެ ޕިއްޒާ ލިބެން ހުންނާނެއެވެ.
ޕިއްޒާ ހަޓަކީ 1958 ވަނަ އަހަރު އެމެރިކާގައި ފުރަތަމަ ހުޅުވި ރެސްޓޯރެންޓެކެވެ. ޕިއްޒާ ހަޓް ހިންގާ ޔަމް ބްރޭންޑްސް އަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ ރެސްޓޯރެންޓް ހިންގާ އެއް ކުންފުންޏެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިހާރު 16000 އަށް ވުރެ ގިނަ ޕިއްޒާ ހަޓް ރެސްޓޯރެންޓް އެބަހުއްޓެވެ.
އެހާވަރު ނުވިއްޔާ އެތަނުން ޕިއްޒާއެއް ކާން ނުލިބޭނެ.. ލަދުން ބޯހަލާކު
ފޮނި ފަޤީރުން
ބެސްޓް ކޮމެންޓް
ދިވެހިން=ފޮނި ފަގީރުން
ސަދުން ބުނި ގޮތަށް ކައިލީގެ މި ކޮމެންޓްއަކީ މިހާތަނަށް އެންމެ ފުރިހަމަ ކޮމެންޓް
މަހު މުސާރައިން ދެކޮޅު ނުޖެހި އެހެންމީހުން ކައިރި ލާރިއަށް ކިޔާނެ، އެކަމް ރާއްޖޭގަ ތިބިއްޔާ ތިބިހާ ރެެސްޓޯރެންޓްެތަކާއި ކޮފީ މޭޒުތައް ފުރި ބާރުވެފައި. ދިވެހިން ވެއްޖެ ބޭކާރު ހަރަދު ކުރުން ހުއްޓައި ތިމާއަށް ލިބޭ މުސާރައިން ދެެކޮޅު ޖައްސައި ފަހަށް ރައްކާކުރަން ދަސްކުރަން. މަހަކު އެއްފަހަރު ނޫނީ ދެ ފަހަރަކު ކުޑަކޮށް އާއިލާއި ރައްޓެހިންނާ އެކު ހިންހަމަ ޖައްސާލަން މީހަކު ގޮސްދާނެ އެކަމް ހަފްތާއަކު 4 ފަސް ފަހަރު މިތަންތަނަށް އަރާ މީހުން އަތުގަ ލާރި ނެތޭ ބުނާތީ ހައިރާންވޭ.
އަމިއްލަޔަށް ޑޮކްޓަރަށް ދައްކަން ވީމަ އަތުގަ ލާރި ނުތިބޭ ދިވެހިން ރެސްޓޯރަންޓް ތަކުން ކާންވީމަ ލާރިމަތިން ވެރެނީބާ؟
ތި ކިއު ފެނުނު މޭރިބުރައުންހުޅުވިދުވަހުވިަސް މިހާރުކޮބާ ފުރަތަމަދުވަސްވީމަދޯ
?????