މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އަދި ރާއްޖެ އިން މުދާ ބޭރު ކުރި މިންވަރު ދަށް ވެއްޖެއެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 4.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިސްބަތް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް ދަށް ވެފައެވެ.
މި އަހަރުގެ ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓު ކޮށްފައި ވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، 16 ޕަސެންޓު ދަށްވުމެކެވެ.
މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޑިއުޓީގެ ގޮތުގައި 287 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 281 މިލިިއަން ރުފިޔާއެވެ. އެހެންކަމުން އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، ދެ ޕަސެންޓު އިތުރުވެފައެވެ.
ޥެރިކަން ކުރަންނޭގޭބަޔަކާހަވާލް ކުރީމަވާނީ މިހެން
ވައްކަމާއި ގޮތް ނޭނގޭ މަރުތަކާއި ދިވެހިން އެކި ދިމަދިމާލުން އެއް ޖިންސުން ކައިވެނި ކުރުމާއި މިކަންކަން ނޫން އެހެން ހުރިހާ ކަމެއް ދަނީ ދަށަށް. ބޮޑު މުސީބާތެއް މިއޮތީ.
ވެރިކަންކުރަންވެސް ނޭގޭ، ވެރިކަން ލިބުނީމަ އުޅެންވެސް ނޭގޭ ބައެއް
ގާބިލު ކަމެއް އިލްމެއް ހޖލްމެއް ނެއް މީހުން ނާ ވެރިކަން ހަވާލު ކޮއްގެން ތިބޭ ، ފުއްޖަހާގެން ކޯޓުފަޓުލޫނުހަ