ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް އޫދް އަލް ސަބަޔާ އިން އަޟްހާ އީދާއި ދިމާކޮށް ހާއްސަ ގިފްޓް ޕެކްތަކެއް ނެރެން ތައްޔާރުވެއްޖެއެވެ.
ކޮންމެ ހާއްސަ ދުވަހަކާއި ދިމާކޮށް އޫދް އަލް ސަބަޔާއިން ކަސްޓަމަރުންނަށް ހާއްސަކޮށް އެކި އެކި ޕްރޮމޯޝަންތަކާއި، އެކި އޮފަރތައް ކުރިއަށްގެންދެއެވެ.
އޫދް އަލް ސަބާޔާއިން ބުނީ މިފަހަރު އީދަށް ހާއްސަކޮށް ގިފްޓް ޕެކްތަކެއް މިރޭ 8:00 ޖަހާއިރު ނެރޭނެ ކަަމަށެވެ. މިއިން ކޮންމެ ގިފްޓް ޕެކެއްގައި އިންނާނީ ދެ ފުޅި އަތަރެވެ.
300 ރުފިޔާގެ އަގުހުރި މި ގިފްޓް ޕެކް ވެގެެން ދާނީ އީދު ދުވަހު ހަދިޔާ އަކަށް ރަހުމަތްތެރިއަކަށް ނޫނީ އާއިލާ މީހަކަށް ނުވަތަ ހަޔާތުގެ ބައިވެރިވާއަށް ދޭން އެންމެ ރަނގަޅު ހަދިޔާއަށެވެ.
އޫދް އަލް ސަބާޔާއިން ބުނީ، އީދުގެ ދުވަހުގެ ނިޔަލަށް މި ގިފްޓްޕެކްތައް އެ ބްރޭންޑްގެ މައި ފިހާރަ، މިރިޔަސް މަގުގައި ހުންނަ ފިހާރައިން ލިބޭނެ ކަމަށެވެ.
އޫދް އަލް ސަބާޔާއިން މިހާރު ދަނީ ކޮވިޑް-19ގެ އާ އާއްމު ހާލަތާއެކު، އާ ވައްތަރުތަކުގެ އަތަރް ގެނެސް ވިއްކަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެންމެ ފަހުގެ އަތަރު ރާއްޖެއިން ލިބޭނެ ތަނަކަށް އެތަން ވާނެއެވެ.
މިހާރުވެސް އޫދް އަލް ސަބާޔާއިން ދުނިޔޭގެ މަޝްހޫރު އެތައް ވައްތަރެއްގެ އަތަރާއި އޮއިލްގެ އިތުރުން، އަމިއްލަ ވައްތަރުތަކުގެ ލޯޝަނާއި، ޕާފިއުމް، އަދި އަތަރާއި، އެއާ ފްރެޝްނާ ވިއްކަމުންދެއެވެ.
މި ބްރޭންޑްގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އޫދް އަލް ސަބާޔާގެ ނަމްބަރަކީ 9495757 އެވެ.