ރަޝިއާ އަސްކަރިއްޔާގެ ފްލައިޓެއް 14 މީހުންނާއި އެކު މެޑިޑަރޭނިއަމް ކަނޑަށް ގެއްލިއްޖެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.
ސީރިއާގެ ލަޓަކިއާ ޕްރޮވިންސް ކައިރިން ފްލައިޓް ގެއްލުނީ އެސަރަހައްދަށް އިސްރާއީލްގެ ފައިޓާ ޖެޓްތަކަކުން ހަމަލާ ދެމުން ދިޔަ ވަގުތެއްގައެވެ.
ނަމަވެސް ރަޝިއާގެ ފްލައިޓަށް އިސްރާއީލުން ހަމަލާ ދިނީކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީ އިން ބުނީ ސީރިއާ އާއި 35 ކިލޯމީޓަރު ދުރުން ކަނޑުގެ ސަރަހައްދުން ފްލައިޓް ދަތުރު ކުރަމުން ދަނިކޮށް "ފްލައިޓާއި ވަނީ ގުޅުން ކެނޑިފައި." ކަމަށެވެ.
ގެއްލުނު ފްލައިޓަކީ ސަވައިލަންސް ސިސްޓަމްތަކާއި ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދޭ ސިސްޓަމްތައް ހަރުކޮށްފައި ހުރި ފްލައިޓެކެވެ. މިއީ ވަގުތުން ވަގުތައް ސީރިއާގައި ހިނގާ ކަންތައްތައް ރަޝިއާ އަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ފްލައިޓެކެވެ. ފްލައިޓްގައި ހަރުކޮށްފައި ހުރި ރާޑަރު ސިސްޓަމްތަކުގެ އެހީގައި ސީރއާ ސަރަހައްދު ރަޝިއާގެ އަސްކަރިއްޔާ އަށް މޮނީޓާ ކުރެވެމުން ދާނެއެވެ.
ފްލައިޓް ގެއްލުނީ ސީރިއާ ގަޑިން ރޭގަނޑު 22:00 ހާއިރު އެވެ.
އިސްރާއީލުން ފާއިތުވި ހަފްތާއެއްހާ ދުވަހު ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެގައުމުން ހަމަލާ ދެނީ ސީރިއާގައި ހުރި އީރާންގެ އަމާޒުތަކަށެވެ.
ރަޝިއާ ސިފައިން ސީރިއާ އަށް ދިއުމާއި އެކު ތަޖުރިބާކާރުން މީގެ ކުރިން ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ އެމެރިކާ އިން ނުވަތަ އިސްރާާއީލް އިން "އޮޅިގެން" ނަމަވެސް ރަޝިއާގެ އަސްކަރީ އުޅަނދަކަށް ހަމަލާ ދީފާނެތީއެވެ. އެފަދަ ހަމަލާއެއް ރަޝިއާ އަށް އަމާޒުވެއްޖެނަމަ ރަޝިއާ އިން ރައްދު ހަމަލާދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ކުރިން ފެށިގެން ދެމުންނެވެ.
الحمدالله
މެޑިޓަރޭނިއަން