އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ފްލައިޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.
އެ ފްލައިޓުން 189 މީހުން ދަތުރުކުރިއިރު މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އިންޑޮނީޝިޔާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ފްލައިޓުގައި ތިބި ފަސެންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓާއި ކޮންޓްރޯލް ޓަވަރުގެ ގުޅުން ކެނޑުނީ ހެނދުނު 06:30 ހާއިރު އެވެ. އެއީ ފްލައިޓް ޖަކާޓާ އިން އުދުއްސާލިތާ 13 މިނެޓް ފަހުންނެވެ. ވެއްޓިފައި ވަނީ ބޮއިން-737 މެކްސް-8 މަރުކާގެ ފްލައިޓެކެވެ. މިއީ 2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މިމޮޑެލްގެ ފްލައިޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.
މި ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެގައުމުގެ ކަމަބެހޭ ފަރާތްތަކަށް މި ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް އަމުރު ކުރައްވާފައެވެ.
ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލަޔަން އެއާ އަކީ އިންޑޮނޭޝިއާގައި އެންމެ ފަހުން އުފެއްދި އެއާލައިނެވެ. ލަޔަން އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންޑޮނޭޝިއާގެ ޑޮމެސްޓިކް މާކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫން
انا لله وانا اليه راجعون
ހިތާމަވެރި ހާދިސާއެއް. މިހާދިސާގައި ދުނިޔެދޫކުރި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވަން.
انا لله وانا اليه راجعون
انا لله وانا اليه راجعون
انا لله وانا اليه راجعون
އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫންްް
އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫންްް
انا لله وانا اليه راجعون
ތި ބޯޓަށް ކިޔަންވީ ލަޔަން އެއްނޫން. ‘ކައު’(ގެރި)