ފަލަސްތީނަށް ނިސްބަތްވާ ބަޔަކު އިސްރާއީލުގެ އުމުރުން 19 އަހަރުގެ ކުއްޖަކު މިދިޔަ ބުރާސްފަތި ދުވަހު މަރާަލުމާއި ގުޅިގެން އިސްރާއީލުން ފަލަސްތީނުގައި ހާއްސާ އޮޕަރޭޝަނެއް ފަށައިފިއެވެ.
ރިޕޯޓްތަށް ބުނާ ގޮތުގައި އިސްރާއީލުން މި އޮޕަރޭޝަން ފެށީ މި އަންހެން ކުއްޖާގެ މަރުގެ ޒިންމާވާ ފަރާތަށް ހޯދުމަށެވެ. އިސްރާއީލުން މި އޮޕަރޭޝަން ފަށާފައިވަނީ ފަލަސްތީނުގެ ރާމަﷲގައިއެވެ. އިސްރާއީލުގެ ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި އަންހެން ކުއްޖާ މަރާލީ ފަލަސްތީނަށް ނިސްބަތްވާ ބަޔަކު ދުރާލާ ރާވައިގެންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން އިސްރާއީލުގެ ސިފައިނާއި ފަލަސްތީނުގެ އާންމު ރައްޔިތުނާއި ދެމެދު ވަނީ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިންގާފައެވެ.
މި ކުރިމަތިލުން ހިގަން މެދުވެރިވީ ރާމަﷲގެ އަވަށެއް އިސްރާއީލުގެ ސިފައިން ރެއިޑު ކުރަން އުޅުމުންނެވެ.
މި އޮޕަރޭޝަން ފަށާފައިވާއޮރު އިސްރާއީލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ރާމަﷲ ގައި ހިންގި ކުރިމަތިލުންތަކެއްގައި އިސްރާއީލުގެ ސިފައިން ލައިވް ވަޒަން ބޭނުން ކުރުމުގެ ސަބަބުން މިމަހު ކުރީކޮޅު ވަނީ 30 މީހަކު ވަނީ ޒަހަމްވެފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.
މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 245 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.
މީދެން ދުނިޔެއަށް ޖެހިފައިވާ މުސީބާތެއްނު އެއްވެސް ބަޔަކަށް މިބައިގަނޑަކަށް ބާރެއްނުފޯރުވޭ !
ޔާﷲ އިސްރާއީލު ނެތިކުރަށްވާ ފާންދޭ،