އިންޑިއާގައި ރޭޕް ކޭސްތައް އިންތިހާއަށް ގިނަވާތީ އެ މައްސަލަ "ސުއަ މޮޓޯ" މައްސަލައެއްގެ ގޮތުގައި އިންޑިއާގެ ސްޕްރީމް ކޯޓުން ބަލަން ފަށައިފިއެވެ.
އިންޑިއާގެ ސްޕްރީމް ކޯޓުގެ އުތައްމަ ފަޑިޔާރު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެކަނިވެސް ރޭޕްގެ 24000 ވުރެން ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށާއި މިއީ ރިކޯޑް އަދަދެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަތައް ސުޕްރީމް ކޯޓުން އިސްނަގައިގެން ބަލަން މިފެށީ މިއީ ނުރައްކާ ހިސާބަކަށް ކުޑަކުދިން އަދި އަންހެނުން ރޭފް ކޮށް މަރަމުންދާތީ ކަމަށެވެ.
އިންޑިޔާގައި ރޭޕުކުރުމަކީ އާއްމު ކަމަކަށް ވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.
އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަށް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ.
އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އިންޑިއާގައި ދުވާލަކު 100 ރޭޕް މައްސަލަ ރިޕޯޓް ކުރެއެވެ. އަދި ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުން ޤާނޫނުތައް ހަރުކަށިކޮށް ރޭޕް ކުރާ މީހުންގެ އަދަބު ބޮޑުކުރި ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނާންނަކަމަށް ދިރާސާތަކުން ދައްކައެވެ.
ސަބަބަކީ އަދަބު ދެވެނީ ކުށް ކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށް ވާތީ ކަމުގައި ވެސް އިންޑިއާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އިންޑިޔާ ސުޕްރީމް ކޯޓުން އިސްނަގައިގެން މައްސަލަބެލޭތަ. ތިގޮތް ގޯސްވެގެން އަހަރެމެންގެ ގައުމުގަ ބަދަލުކުރަނީ.
އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގާވެސް ސްޕްރީމްކޯތަށް އޮންނަ ބާރެއް .ރައީސް މީހާ އަށް ވުރެވެސް މަޖިލީހަށް ވުރެވެސް ސްޕްރީމްކޯތްގެ ބާރު ދުނިޔޭގެ ހުރިހާތަނެއްގާ ވެސް މަތިވާނެ. އެންމެ ފަހުބަސް ބުނުމޭ އެބުނާ ސަބަބަކީ އެއީ
ތިން ބާރު ވަކިވާން ޖެހެނީ މިހެންވެ. އަހަރުމެން ގައުމުގަ މި ފެންނަނީ ހުރިހާ ބާރެއް މުށުތެރެއަށް ލާއިރު ރައްޔިތުން އަތްޖަހާތަން