އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާއެއް ކަމަށްވާ އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސް އަކީ އިންޑިއާ އަމިއްލަ ބާރު ހިންގާ ޖަޒީރާ ރަށް ތަކެކެވެ.
2008 ވަނަ އަހަރު ނިމެން އުޅެނިކޮށް އިންޑިއާ އިން ވަނީ މި ދެ ޖަޒީރާގައި ހިމެނޭ ތިން ރަށެއްްގެ ނަން ބަދަލު ކޮށްފައެވެ. އެގޮތުން އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސް ގައި ހިމެނޭ ނެއިލް އައިލެންޑް ގެ ނަން ވަނީ ޝަހީދު ދްވީޕްގެ ނަމަށް އަދި ރޯސް އައިލެންޑް ސުބާސް ޗަންދުރަ ބޯސް ދްވީޕްގެ ނަމަށް ބަދަލު ކޮށްފައެެވެ. އަދި މީގެ އިތުރުން ހޭވްލޮކް އައިލެންޑްގެ ނަން ވަނީ ސްވަރާޖް ދީޕްގެ ނަމަ ބަދަލު ކޮށްފައެވެ.
މިތިން ރަށުގެ ނަން ބަދަލު ކޮށްފައިވަނީ އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ނޭތާޖީ ސުބާސް ޗަންދުރަ ބޯސް ގެ ސަރުކާރުގައި ދެވަނަ ބޮޑު ހަނގުރާމާގައި އިނގިރޭސީންގެ އަތް ދަށުން އިންޑިއާ މިނިވަންވިތާ 75 އަހަރު ފުރުމާއި ދިމާކޮށެވެ.
މި ތިން ރަށުގެ ނަން އިންޑިއާއިން ބަދަލު ކުރި ސަބަބެއް އޭރު އެހާ ބޮޑަކަށް މީޑިއާއަށް ހާމަ ނުކުރެއެވެ. ނަމަވެސް ދާދި ފަހުން އިންޑިއާގެ ނޫހަކުން ވަނީ މި ތިން ރަށުގެ ނަން ބަދަލު ކުރި ސަބަބު ސާފު ކޮށްދީފައެވެ.
ރިޕޯޓްތަށް ބުނާ ގޮތުން މިހާރުގެ ބޮޑުވަޒީރު މޯދީގެ ސަރުކާރުގައި އިންޑިއާގެ މި ތިން ރަށުގެ ނަން ބަދަލު ކުރީ މި ތިން ރަށް ވީހާވެސް ބޮޑަށް އިންޑިއާ ވަންތަ ކުރުމަށާއި މި ތިންރަށް ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ޖަޕާނު އަތުން މިނިވަން ކުރުމަށް ފަހު ތިން ރަށުގެ ނަން ބަދަލު ކުރަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޝުބާސް ޗަންދުރަ ބޯސް އޭރު ލަފާދީފައި ވަތީ ތާރީހީ އެނިންމުން ފުރިހަމަ ކުރުމަށެވެ.
kurumba maldives
ނޭޓާޖީ އިންޑިއާގެ ބޮޑުވަޒީރު ކަން ކުރެއްވީ ކޮން އިރަކުތޯ
އައްޑޫގެ ނަންވެސް ބަދަލުކުރުމުގެ މަގުމަތީގަ ވަނީ، މޯދީ ނެތަސް އެކަން ކުރާނެ! ނަމަކަށް "ގެރިމޯދީ މިތުރު އަންނީ ސިޓީ" ނުވަތަ "މޯދީ ސިޓީ"