އިންޑޮނޭޝިއާގެ ދެކުނުގައި އޮންނަ ސުމަޓްރާ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މިރޭގެ ވަގުތެއްގައި މި ބިންހެލުން އައިސްފައިވަނީ، ސުމަޓްރާ އާއި އެރަށުގެ ހުޅަނގުގައި އޮންނަ ރަށެއް ކަމަށްވާ ޖާވާއާއި ދެމެދުގެ ސަރަޙައްދަކަށެވެ.
ބިމުގެ 10 ކިލޯމީޓަރު އަޑިން، އައި މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.0 އަށް އަރާއިރު، ބިންހެލުމުގެ ލޮޅުންތައް އެ ސަރަޙައްދަށް އައިސްފައިވާކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
ނަމަވެސް މި ބިންހެލުމުގައި މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އިންޑޮނޭޝިއާއަށް އެޤައުމުގެ ގަޑިން 19:38 ގައި އައި މި ބިންހެލުމުގެ ސަބަބުން، ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާއަކީ، މިހާތަނަށް ދުނިޔެއަށް އައި އެންމެ ބާރުގަދަ ބިންހެލުން އައި އެއް ސަރަޙައްދެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ރެކްޓަރ މިންގަނޑުން 9،1 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި އެޤައުމުން އެތައް ބަޔަކު މަރުވިއިރު، ބިންހެލުމަށްފަހު އުފެދުުނު ގެއްލުން ބޮޑު ސުނާމީގައި ރާއްޖެ ހިމެނޭގޮތަށް ދެކުނު އޭޝިއާ ސަރަޙައްދުގެ ގައުމުތަކުން އެތައް ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.
2004 ވަނަ އަހަރު ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމަކީ، މިދިޔަ 50 ވަރަކަށް އަހަރުތެރޭގައި ވެސް ދުނިޔެ ދުށް އެންމެ ގެއްލުން ބޮޑު އެއް ބިންހެލުމެވެ.
މާމިގިލި އަށް ވެސް ލޮޅުމުގެ އަސަރު އިހުސާސް ކުރެވުނު..
ހަމަ އަސްލުތަ ކީއްވެ ކުރިން ނުބުނީ؟؟؟؟??