ބަހްރައިންގެ ބޮޑުބޮޒީރު ޝެއިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ވަހާރަވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރު ފުޅެވެ.

ބަހްރައިންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެމަނިކުފާނު އަވަހާރަވެފައިވަނީ އެމެރިކާގައި ހުންނަ މަޔޯ ކްލިނިކް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބަހްރައިންގެ ބޮޑު ވަޒީރު މިއަދު އަވަހާރަވިއިރު އެމަކުފާނަކީ ދުނިޔޭގައި ހުންނެވި ވެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑު ވަޒީރުއެވެ.

ބޮޑު ވަޒީރު ޚަލީފާއަކީ ބަހްރައިންގެ ފުރަތަމަ ބޮޑު ވަޒީރެވެ. އެ ގައުމުގެ ބޮޑު ވަޒީރު ކަމަށް އެމަނިކުފާނު ވަޑައިގަތީ 1970 ގައެވެ. އެއަށް ފަހު މުޅި އުމުރު އެެ މަގާމުގައި ދެމިހުންނެވިއެވެ. އެއީ ގާތްގަނޑަށް 50 އަހާރާއި 296 ދުވަހުގައެވެ.