ވެރިކަމުން ފޭބުމުގެ ކުރިން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އިރާޤާއި އަފްޣާނިސްތާނުން ބާލަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމައިފި އެވެ.
އެމެރިކާގެ ދިފައީ ވުޒާރާ ޕެންޓަގަން އިން ބުނީ އަފްޣާނިސްތާންގައި މިހާރު ތިބި 4500 އެމެރިކާ ސިފައިން 2500 އަށް މަދުކުރަން އަދި އިރާޤުގައި މިހާރު ތިބި 3000 ސިފައިން 2500 އަށް މަދުކުރަން ޓްރަމްޕް ވަނީ ނިންމާފައެވެ. އިރާޤާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލާނީ އަންނަ ޖަނަވަރީ މަހުއެވެ. ޓްރަމްޕްގެ ރިޔާސީ ދައުރު ނިމޭނީ ޖަނަވަރީ 21 ވަނަ ދުވަހު އެވެ.
އެމެރިކާގެ އެކްޓިން ސެކްރެޓަރީ އޮފް ޑިފެންސް ކްރިސް މިލާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިރާޤާއި އަފްޣާނިސްތާންގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރަން ނިންމީ އެމެރިކާ އިން އެދެގައުމުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީއަށް ބަލާފައި ސިފައިން މަދުކުރުމުގެ ފިޔަވަޅު އެޅުން އެއީ މިހާރު ކުރަން ޖެހިފައި އޮތް ކަމަކަށް ވުމުންނެވެ.
އިރާޤާއި އަފްޣާނިސްތާންގައި އެމެރިކާ ސިފައިން ކުރަމުން އަންނަ ހަނގުރާމަ އެއްކޮށް ނިންމާލައި ދެގައުމުގައި ތިބި ސިފައިން އަނބުރާ ގައުމަށް ގެންދިއުން އެއީ 2016 ވަނަ އަހަރު ވެރިކަމަށް އައުމަށް ޓްރަމްޕް ވެފައި އޮތް ވައުދެކެވެ. އެހެންނަމަވެސް ދެގައުމުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ވެރިކަމުގެ ދައުރު ނިމެން ވާއިރަށް ވެސް އަނބުރާ ގައުމަށް ގެންދެވޭ ވަރެއް ނުވިއެވެ.
އެމެރިކާ ސިފައިން އިރާޤާއި އަފްޣާނިސްތާނުން ބޭލުމަކީ އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ އިސް އޮފިސަރުން ބޭނުންވާ ކަމެއް ނޫނެވެ. ސަބަބަކީ އެދެގައުމުގެ އަސްކަރިއްޔާ އަށް ހަމައެކަނި ދޫކޮށްލުމަށް ފަހު އެމެރިކާ ސިފައިން އެގައުމުތަކުން ފައިބައިފިނަމަ ހާލަތު ގޯސްވެ ހަނގުރާމަވެރިންގެ ބާރު ގަދަވެގެން ދާނެ ކަމަށް ބެލެވޭތީއެވެ.
އެމަރިކާ ގޮސްފިނަމަ އިދިކޮޅު ހަނގުރާމަވެރިން ބާރު ގަދަވެދާނެތީޔޭ...އެމަރިކާ އޮއްވާ އިރާގު ހަނގުރާމަވެރިން
ގަދަވީ ސީރިއާގައި ގަދަވީ..ތާލިބާނުން ގަދަވީ؟؟
ފޮނިބާސަ ނުކަނޑާބަ...މާގަދަވެގެން.. ކަލޭމެން ދެކެ ޖެހިލުމެއްނުވެޔޭ ރަންކޮޅާ...
ވީމާ ޓްރަމްޕް ރަނގަޅީ. ބައިޑެން އަރައިފިއްޔާ ގަބޫލު ކުރާނީ ސިފައިންގެ އިސް މީހުންގެ ބަސް. އެމީހުން ބޭނުންވަނީ ކޮންމެސް އެއްޗެކޭ ކިޔައިގެން އެތާ ތިބެން. ޓްރަމްޕް އަލުން ހޮވަމާ
އެމެރިކާއިން އަފްގާނިސްތާނަށް އެންމެ ފުރަތަމަ އަރައިގެންއިރަށްވުރެ ބޮޑަށް މިހާރު ތާލިބާނުންގެ ބާރުގަދަ ކަމަށް އެމެރިކާއިން ޓްރޭނިން ދީފަ ތިބި އަފްގާން އާރމީ ސަފައިން އެބަ ބުނޭ. މިހާރުވެސް ވެރިރަށް ކާބުލް ފިޔަވައި ގިނަ ތަންތަން އަލުންވަނީ ތާލިބާނުންގެ ބާރުގެ ދަށުގައި.